އިންޑިއާގެ ޖަރްޚާންދުގެ ޕަލަމޫ ޑިސްޓްރިކްޓުގައި ކައިވެނި ކޮށްގެން އެނބުރި ގެއަށް ދިއުމަށް ކާރެއްގައި އައި ދެމަފިރިއަކު ބްރިޖަކުން ވެއްޓިއްޖެއެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުން، އެ ކާރު ބްރިޖުން ވެއްޓިފައި ވަނީ ކޯރެއްގެ ތެރެއަށެވެ. އެވަގުތު އެ ކާރުގައި ކައިވެނިކޮށްގެން ތިބި ދެމަފިރިންނާއި އިތުރު ބަޔަކުވެސް ތިއްބެއެވެ.
އެ ކާރު ކޯރަަށް ވެއްޓުމާއެކު އާއްމުންގެ ގިނަބަޔަކު ވަނީ އެ މީހުންނަށް އެހީތެރިވުމުގެ މަސައްކަތް ފަށާފައެވެ.
މިހާރު މީސް މީޑިއާގައި ވަނީ އެ ކާރުގައި ތިބި މީހުން ސަލާމަތް ކުރުމަށް އާއްމުން މަސައްކަތް ކުރަމުންދާ ވީޑިއޯއެއް އާއްމުވެފައެވެ. އެ ވީޑިއޯގައި ހުދު ކުލައިގެ އެ ކާރު ފެންނަނީ އެއްބައި އަޑިއަށް ގޮސް އޮންނަ ތަނެވެ. އަދި އެ ވީޑިއޯގައި އެއް ބަޔަކު އެ ކާރު އެ މީހުންނާއި ގާތް ކުރުމަށް ކާރުގައި ވަލެއް އޮޅާ މަންޒަރުވެސް ފެނެއެވެ. އަދި އެ ވާގަނޑު ބޭނުންކޮށްގެން އެ މީހުން އެ ކާރު، އެ މީހުންނާއި ގާތް ކުރެއެވެ.
पलामू के सतबरवा मंदिर से शादी कर लौट रहे नवविवाहित जोड़ा गाड़ी सहित नदी में गिरे. शुक्र है ग्रामीणों की मदद से सभी को सही सलामत बाहर निकाला लिया गया. pic.twitter.com/pBk47CqvlW
— Akash Singh (@akashonweb) June 21, 2020
ރިޕޯޓްތައް ބުނާގޮތުގައި، އެ ކާރުގައި ތިބި އެންމެން ދަތުރު ކުރަމުން ދިޔައީ،އޭގައި އިން އަންހެން މީހާގެ ވިލޭޖަށެވެ. އެ ދަތުރުގައި އެ މީހުންގެ ކާރު މަލޭ ކޯރަށް ވެއްޓުނީ ބުރިޖު މަތިން އަރި އަޅާލައިގެންނެވެ. އަދި އެ ކޯރުގެ އޮއިވަރު ހުރިގޮތުން، އެ ކާރު ވަރަށް ބޮޑަށް ކޯރު ތެރެއަށް ދަމާގަތް ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެއާއެކު އާއްމުން ވަނީ އެ ކާރުގައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން އެ މީހުން އޭގައި ތިބި މީހުން ސަލާމަތްކޮށްފައި ވަނީ ކާރު ބިއްލޫރިގަނޑު ތަޅާލައިގެންނެވެ.
މި ހަދިސާގައި އެ މީހުންނަށް މާބޮޑެތި ގެއްލުންތަކެއް ވެފައި ނުވާ ކަމަށް ވެއެވެ.