އުމުރުން 16 އަހަރުގެ ޓިކްޓޮކް ތަރި ސިޔާ ކައްކަރްއަށް އަމިއްލައަށް މަރުވެއްޖެއެވެ. އޭނާ އަމިއްލައަށް މަރުވެފައި ވަނީ އޮންލައިން ޕްލެޓްފޯމްތަކުގައި ލިބެމުންދިޔަ އިންޒާރުތަކާއިހެދިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސިޔާއަކީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޓިކްޓޮކްގައި މަޝްހޫރުކަން ހޯދަމުންދިޔަ ކުއްޖެކެވެ. އޭނާގެ ފޮލޯވާސް މިލިއަނަށްވުރެ މައްޗަށް އަރައެެވެ.

އޭނާގެ މެނޭޖަރ އަޖްރުން ސަރިން އާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، ސިޔާ ދަންޖެހިގައި ހުއްޓާ ފެނުނީ ނިއު ދިއްލީގައި ހުންނަ އޭނާ ދިރިއުޅެމުންދާ ގޭގައެވެ.

"މިއީ ކޮންމެވެސް ޕާސަނަލް ކަމެއްގައި ދިމާވި ކަމެއް،މަސަައްކަތުގެ ގޮތުން އޭނާ ދިޔައީ ވަރަށް ރަނގަޅު ހަރަކާތްތެރިވަމުން". ސަރިން ބުނެފައިވެއެވެ.

އިއްޔެގެ ވަގުތެއްގައި އޭނާ ދަންޖެހުނުއިރު، އޭގެ ކުރީރޭވެސް ސިޔާ އާއި ސަރިން އާ ވާހަކަދެއްކި ކަމަށް ސަރިން ވަނީ ބުނެފައެވެ. އެގޮތުން އާ ޕްރޮޖެކްޓެއްގެ ވާހަަކަދެކެވުނު ކަމަށާއި، އޭނާގެ އަޑު ހުރީ އާއްމުކޮށް ހުންނަ ގޮތަށް ކަމަށް ވަނީ ބުނެފައެވެ.

"އަހަރެންނާއި އަހަރެންގެ ކުންފުނި ފޭމް އެކްސްޕާޓްސް އިން ވަރަށް ގިނަ އާޓިސްޓުންނާއެކު މަސައްކަތް ކުރަން، ސިޔާ އަކީވެސް އެފަދަ މޮޅު ކުއްޖެއް" ސަރިން ބުނެފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ސިޔާ ހަމައެކަނިމަ މަޝްހޫރީ ޓިކްޓޮކްގައި އެކަންޏެއް ނޫނެވެ. އޭނާ އިންސްޓަގްރާމްގައި އާއި ސްނެޕްޗެޓްގައިވެސް މަޝްހޫރެވެ.

އެހެން ނަމަވެސް އޭނާއަށް އިންޒާރުތަކެއް ލިބެމުން ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސިޔާ މަރުވުމުގެ ގަޑިތަކެއް އިރު ކުރިންވެސް އޭނާ ޓިކްޓޮކްއަށް ވިޑިއޯއެއް ލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

................................................................................................................................................................

ދިރާސާތަކުން ދައްކާ ގޮތުގައި އަމިއްލަ އަށް މަރުވުމުގެ ހާދިސާތައް ގިނައިން ހިނގަނީ ނަފްސާނީ މައްސަލަތައް ކުރިމަތިވެގެންނެވެ. ދަން ޖެހުން ފަދަ ކަމެއް ކުރަން ހިތައް އަރާނަމަ ނުވަތަ ނަފްސާނީ އުނދަގުލެއް ވާނަމަ ލަސްނުކޮށް އެކަން އެހެން މީހަކާއި ހިއްސާކޮށް ނަފްސާނީ އެހީތެރިކަން ހޯދަން ވާނެއެވެ.

ހިލޭ ކައުންސިލިން ދޭ ތަންތަނުގެ ތެރޭގައި ދަމަނަވެށި ނަންބަރު:3318901 ސޮސައިޓީ ފޮ ހެލްތް ސައިންސަސް (ޝީ) ނަންބަރު:3318804 ،7976325 ޔޫތް އެންޑް ސްޕޯޓްސް ސެންޓަރު ނަންބަރު: 3313755 ،3323860 ޖުވެނައިލް ޖަސްޓިސް ޔުނިޓް ނަންބަރު: 3306691 ހިމެނެއެވެ.

އަމިއްލަ އަށް މަރުވުމަކީ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ޙަރާމް ކުރައްވާފައިވާ ކަމެކެވެ.