ވަޒީފާއަކީ މަތިންދާބޯޓުގެ ޕައިލެޓެވެ. މަޝްހޫރު ޔޫޓިއިބް ތަރިއެއްގެގޮތުގައެވެ. އަދި މިއީ ދެކުދިންގެ މަންމައެކެވެ. ރީތޫ ރަތީ ޓަނެޖާ ނަމަަކަށް ކިޔާ މި އަންހެން މީހާއަށް ހުރިހާ ކަމެއް ހާސިލް ކުރެވުނު ނަމަވެސް، ދިރިއުޅުމުގައި އެ ހިސާބަށް އައިސްފައި ވަނީ ވަރަށް ގިނަ ކަންކަމާއި ކުރިމަތިލުމަށްފަހު އެވެ.

އޭނާ ހިއުމަންސް އޮފް ބޮމްބޭއަށް ދިން އިންޓަވިއުއެއްގައި ވަނީ، މީހުންގެ ދުލުގައި އަންހެނުންނަކީ ބޮޑު އުނދަގުލެއްގެ ގޮތުގައި މީހުން ސިފަ ކުރާ ކަމް ބުނެފައެވެ. އަދި އެފަދަ ސޮސައިޓީއެއްގައި ވަކި ދާއިރާއަކުން ކުރިއަށްދާން އުޅުމަކީ ފަސޭހައެއް ނޫން ކަމަށް އޭނާ ބުނެފައި ވެއެވެ.

ޓަނެޖާ ބުނީ، އޭނާ މާބޮަޑަށް ކިޔެވުމުގެ ބަދަލުގައި އަވަހަށް ކައިވެނި ކުރުމަށް ގާތްތިމާގެ މީހުންނަށް އޮތީ ހީވެފައި ކަމަށެވެ. އެހެން ނަމަވެސް އޭނާގެ މައިންބަފައިން އޭނާ ސްކޫލަށް ފޮޮނުވުމަށް ވަރަށް މަސައްކަތް ކޮށްފައި ވެއެވެ. ސްކޫލްގައި އުޅުނުއިރު، ރަހުމަތްތެރިއަކު އޭނާގެ ގާތުގައި އޭނާ ޕައިލެޓަކަށް ވުންވަރަށް ސަޅިވާނެ ކަމަަށް ބުނި ބުނުމުގައި އޭނާ ވަނީ ހިފަހައްޓާފައެވެ.

"އަހަރެން އެމެެރިކާގައި އޮތް ޓްރެެއިނިންގ ޕްރޮގްރާމެއްގައޮ ބައިވެރިވުމަށް އެޕްލައި ކުރިން، އަށް މަސް ފަހުން އޭގެ ޖަވާބު ލިބުނު."

އޭނާ ބުނީ، އެ ފުރުސަތު ލިބުނުނަމަވެސް، އޭނާގެ މައިންނަފައިން އޭނާ އެކަނި ފޮނުވަން ބިރުގަންނާނެ ކަން އޭނާއަށް އިނގޭ ކަމަށެވެ. އެހެން ނަމަވެސް އޭނާ ވަނީ ބައްޕަ ކައިރީގައި އޭނާގެ ކައިވެންޏަށް ބައްޕަ އެއްކޮށްފައި ހުރި ފައިސާ އޭނާ ކިޔެވުމުގެ ކަންކަމަށް ހަރަދު ކުރަން އެދިފައެވެ. އަދި ބައްޕަ ކައިރީގައި އޭނާ އެ މީހުން ފަހުރުވެރިވާވަރު ކޮށްދޭނެ ކަމަށް އޭނާ އެއިރު ބައްޕަ ކައިރީ ބުންޏެވެ.

"ބައްޕަ އެކަމަށް އެއްބަސްވި، އެކަމަކު އަހަރެންގެ ގަތްތިމާގެ މީހުން ބުނީ، ގައުމުން ބޭރަށް އަހަރެން ގޮސްގެން ފިރިހެނުންނާއި އެކީ ކަންތައް ކުރާނެއޭ، އަހަރެން ކައިވެެނި ކުރުވާށޭ ނޫނީ އަހަރެން ހަވާލުކުވެދާނެއޭ". ޓަނެޖާ ބުންޏެވެ.

ނަސީބުކަން ދިމާކުރިގޮތުން އޭނާގެ މައިންބަފައިން ވަނީ އެ އަޑުތަކަށް ސަމާލުކަން ނުދީފައެވެ. އަދި އެމެރިކާއަށް އޭނާ ޓްރެއިނިންގއަށް ފޮނުވިއެވެ.

އޭނާ ތަމްރީން ނިންމާފައި އައިސް އުޅުނީ ވަޒީފާއެއް ނުލިބިގެންނެވެ. އޭނާ ތަމްރީން ނިންމާފައި އާދެވުނީ އެއް ހަރާއި ބައިގެ ފަހުންނެވެ.

"އަހަރެން އައިފަހުން ވަޒީފާއެއް ނުލިބިގެން އުޅުނީ،ވަޒީފާއެއް ހުސްވެފައި ހުރީމަ، އަނެއްކާވެސް ގާތްތިމާގެ މީހުން އަހަރެންގެ ބައްޕަގެ ބޮލަށް އެރެން ފެށީ.. މިހެން ވާނެއޭ އަހަރުމެން ކުރީގައިވެސް ބުނީމޭ ކިޔާފައި"އޭނާ ބުންޏެވެ.

އަދި އޭގެ ފަހުން ކަންކަން ދިތައީ މާ ގޯހަށެވެ. އޭނާގެ މަންމަ ސިކުނޑީގެ މައްސަލައެއްގައި މަރުވިއެވެ. އަދި ބައްޕައާއެކު އޭނާ ދިރިއުޅެމުން ދިޔައީ ލޯންތަކިގެ އެހީގައެވެ.

އެންމެ ފަހުން ޓެނަޖާ ވަނީ ވަޒީފާއަށް ނުކުމެފައެވެ. އަދި ކޮންމެ ދުވަހަކު ހަތްގަޑިއިރު އޭނާ ވަނީ ކިޔަވަން ފަށާފައެވެ.

https://www.facebook.com/humansofbombay/photos/p.1435001146708858/1435001146708858/?type=3

"އަހަރެންނަށް އެހެން ހުއްޓާ ލިބުނީ އެއާލައިންއަކުން ކޯ ޕައިލެޓެއްގެ ވަޒީފާ"

އޭގެ ފަހުން ހަތަރު އަހަރުވެންދެން އޭނާ އުޅުނީ ކޯ ޕައިލެޓެއްގެ ގޮތުގައެވެ. އޭނާ މަހެއްގެ މައްޗަށް 60 ދަތުރު ކުރެއެވެ. އަދި އޭގެ ފަހުން އޭނާއަށް ކެޕްޓަނެއްގެ ލަގަބް ލިބުނެވެ. އެއީ އޭނާ އިންތިޒާރު ކުރަމުން އައި ދުވަހެވެ.

އޭނާއަށް މިހާރުގެ ފިރިމީހާއާ ދިމާވި އެ މަސައްކަތުގައި އުޅެނިކޮށެވެ. އޭނާ އާއި ދެ އަހަރުގެ އަންހެން ދަރިފުޅުވެގެން ޔޫޓިއުބް ޗެނަލްއެއް ހިންގައެވެ. އޭގައި އެ މީހުންގެ ދިރިއުޅުން ހިއްސާ ކުރަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖjdޖjdjd

    އިނގެ ތިކަން މާކުރިން ....ފިރިމިހަ ނަން ނުޖެހި ކިއްވ އެނަ ވެސް ހަމަ އެއްކަމެއް ކުރަނި

  2. އިސްމާޢީލް ބިން މޫސާ.....

    ދެރަވެފައިވާ މީހަކަށް ކަލާގެ އުފާވެރި ދިރިއުޅުން ނުދައްކާށެވެ. ބައިވަރު ވާހަކަ މިބުނީ......

    12
    1
  3. ޒްްޒޒޒ

    ކީއްވެ ކޮމެންޓް ޕޯސްޓްނުކުރީ???