ކުރިއަރަމުން އަންނަ ޓެކްނޮލޮޖީގެ އީޖާބީ ވަސީލަތްތަކާއި އެކު އާއްމު ދިރިއުޅުމުގައި ކޮށް އުޅޭ ކަންކަމަށް ހޭދަވާ ވަގުތު ކުޑަވެ، ކަންކަން ކުރުމުގައި އެތައް ފަސޭހަތަކެއް މިވަނީ ގެނެސްދީފައެވެ. ގޭތެރެއާއި އެހެނިހެން ތަންތަނުގައި ބޭނުން ކުރާ މިފަދަ ތަކެއްޗަކީ އާއްމުކޮށް ރާއްޖެއިން ބޭރުން ގެނެސްފައި ހުންނަ ތަކެއްޗެވެ. ވަރަށް މަދުން ނޫނީ ދިވެހިން އުފައްދާފައިވާ މިފަދަ އުފެއްދުންތައް ފެނިގެނެއް ނުދެއެވެ.

ށ.މާއުނގޫދޫއަށް އުފަން އުމުރުން 28 އަހަރުގެ ހަސަން އިބްރާހިމްގެ އުންމީދަކީ ރާއްޖޭގައި މިހާރު މެނުއަލްކޮށް ކުރާ ކަންކަން އޮޓޮމޭޓްކޮށް ޒަމާނީކުރުމުގެ ފޮނި އުންމީދެވެ. އެހިސާބަށް ވާސިލްވުމަށްޓަކާ ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް އޭނާ ވުޖޫދުކޮށްފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ ޝައުގުވެރި އުފެއްދުންތަކެކެވެ.

އެގޮތުން އޭނާ އެންމެ ފަހުން އުފެއްދި އުފެއްދުމަކީ މިނީ ވެންޑިން މެޝިނެކެވެ. މި މެޝިންގެ ބޭރުބައި (ބޮޑީ) ހަދާފައި ވަނީ ވަކަރުންނެވެ. އަދި އޭގެ ބޭރުގައި ވަނީ ސްޓިކަރ ހަރުކޮށްފައެވެ. 100 އިންސައްތަ ހަސަންގެ އަމިއްލަ ކޯޑިން އާއި އެކު ހަދާފައިވާ މި މިނީ ވެންޑިން މެޝިންއަކީ އޭނާ ކުރިއަށް އޮތްތަނުގައި ހެދުމަށް ގަސްތުކުރާ ބޮޑު ވެންޑިން މެޝިންގެ މަސައްކަތަށް ދިއުމުގެ ކުރިން އެ މަސައްކަތް ތަޖުރިބާކޮށްލުމުގެ ގޮތުން އުފެއްދި އުފެއްދުމެކެވެ.

ހަސަންގެ މި މަސައްކަތާއި ބެހޭގޮތުން އޭނާ އާއި ވާހަކަދައްކާލުމުން ފާހަގަކުރެވުނީ މި މަސައްކަތަށް އޭނާގެ ހުރި ޝައުގުވެރިކަމެވެ. ވެންޑިން މެޝިންގެ ކޯޑިންގެ މަސައްކަތް ފެށުމަށް ފަހު، އެ މަސައްކަތް ނިމެންދެން އޭނާ ވަނީ ގިނަ ވަގުތުތަކެއް އެކަމަށް ހޭދަކޮށްފައެވެ.

" ބޭނުންވީ ފެށި މަސައްކަތް ނިންމަން އޭރު. އޭގަ އިންނާނީ ލިޔެފަ ކޯޑުގައި ވާނެގޮތް މިސާލަކަށް ރުފިޔާ ވައްޓާލީމަ ބަޓަން އެކްޓިވޭޓް ވާށޭ 1ރ ރުފިޔާ ލައިފިއްޔާ، 2 ރުފިޔާ ލައިފިއްޔާ ކޭކް ބަޓަން އެކްޓިވޭޓް ވާށޭ އެގޮތަށް އިންނާނީ. ފުރަތަމަ އިންނާނީ ކޯޑު ލިޔެފައި، ލޮޖިކް މިއިންނަނީނު، އެ ކޯޑަކީ އެކަހަލަ އެއްޗެއް. އެ ކޯޑުން ޕްރޮގްރާމް ވާނީ ޗިޕެއް. އެ ޗިޕްގައި ހުންނަ ޕިންތައް ކޯޑުގައި ބުނެފައި އިންނަ ގޮތަށް ބޭނުންގޮތަކަށް އޭތި ސެޓް ކުރެވިދާނެ ވަޔަރުން." ހަސަން ކިޔާދިނެވެ.

މިނީ ވެންޑިން މެޝިންގެ ކޯޑިން މަރުހަލާގެ ތެރެއިން

ހަސަން ބުނީ އޭނާގެ އުންމީދަކީ އެއަރޕޯޓް ފަދަ ތަންތަނުގައި ބެހެއްޓޭ ފަދަ ބޮޑު ވެންޑިން މެޝިންއެއް ތައްޔާރުކުރުންކަމަށެވެ. އަދި މި ވެންޑިންމެޝިންއަކީ ނަގުދު ފައިސާ ބަލައިގަނެވޭ ފަދަ މެޝިނަކަށް ހަދަން ބޭނުންވާ ކަމަށެވެ. ނަގުދު ފައިސާ ބަލައިގަނެވޭ ގޮތަށް މެޝިން ތައްޔާރު ނުކުރެވުނީ، މިހާރު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން އަލީއެކްސްޕްރެސް ފަދަ ތަންތަނުން ތަކެތި ގެނައުމުގައި ހުރި ދަތިތަކުގެ ސަބަބުން ބޭނުންވާ ސެންސަރ ނުލިބުމުންކަމަށް ވެސް ހަސަން ބުންޏެވެ. އެ ސެންސަރު ލިބުނުހާ އަވަހަކަށް އެ މެޝިނުން ނަގުދު ފައިސާ ބަލައިގަންނަ ގޮތަށް ހަދާލެވޭނެ ކަމަށް އޭނާ ބުނެއެވެ.

"މި ވެންޑިން މެޝިންގައި ދެން ހުންނާނީ އޮރިޖިނަލް އެއްޗެހީގަވެސް ހުންނާނެ ތްރެޑެއް. ދެން އިންނާނީ މޯޓަރަކާއި ގިއަރެއް. އެއްކަލަ އެ އެކްޓިވޭޓްވީމަ ބަޓަންއަށް ފިތާލީމަ ދެން އެ އެތި ވެއްޓުނީމަ ވަގުތުން ރީސެޓް ވާގޮތަށް އިންނާނީ. އަލުން ބެކް ޓު މެނޫއަށް ދާގޮތަށް އިންނާނީ. ދެން ބޭނުންކޮށްފަ އިންނާނެ އައިއާރު ސެންސަރެއް." އޭނާ ބުންޏެވެ.

ޕޮލިޓެކްނިކްގައި އިލެކްޓްރޯނިކްސްގެ ދާއިރާއިން ތައުލީމު ހާސިލްކުރަމުންދާ ހަސަން އުފައްދާފައިވާ އިތުރު އުފެއްދުންތަކުގެ ތެރޭގައި ޓެސްޓިން ރާޑަރ ސިސްޓަމެއް ހިމެނެއެވެ.

އެ ރާޑަރު އުފެއްދީ އިންޓަރނެޓްއިން ފެނުނު ވީޑިއޯއެއް ފެނިގެން ކަމަށާ، ކުރިއަށް އޮތްތަނުގައި ބޮޑު ރާޑަރެއް ވުޖޫދަށް ގެނައުމުގެ ވިސްނުން ހުރިކަން ހަސަން ވަނީ ފާހަގަކޮށްފައެވެ.

"އެއީ ހަމަ ޓެސްޓިން އެއްޗެއް. ބޭނުންވަނީ ބޮޑު ރާޑަރ ސިސްޓަމެއް ހަދަން. ރާޑަރަށް އަރާނެ ދޯ ޖީޕީއެސްއަށް ނާރާ އެއްޗެހިވެސް. މިހާރު ލިބިއްޖެ 40 އަކަށް ފޫޓުގެ ސެންސަރއެއް. އޭތި ބޭނުންކޮށްގެން މިހާރު ހަދަމުން މި ދަނީ. ޓެސްޓްކުރަން ހެދި ރާޑަރ އެއީ 2-3 ފޫޓު. އެއީ ހަމަ ވަރަށް އާދައިގެ ސެންސަރެއް. އަލްޓަރ ސޮނިކް ސައުންޑް ސެންސަރެއް." އޭނާ ބުންޏެވެ.

މީގެ އިތުރުން އޭނާ ވަނީ ކުޑަ ރޮބޮޓެއްވެސް އުފައްދާފައެވެ. އެ ރޮބޮޓް ބޭނުންކޮށްގެން ކުދި ކުދި އެއްޗެހި އުފުލާލެވެއެވެ.

އެ ރޮބޮޓް އަކީ ފޯނުން ކޮންޓްރޯލްކޮށްލެވޭ ގޮތަށް އަމިއްލަ އެޕަކާއި އެކު ހަސަން އުފައްދާފައިވާ އެއްޗެކެވެ.

ހަސަންގެ އުންމީދަކީ ބޮޑެތި އެއްޗެހި އުފުއްލާލެވޭ ފަދަ ރޮބަޓެއް އުފެއްދުމެވެ.

މީގެ އިތުރުން އޮޓޮމެޓިކުން ގުނާ އެއްޗިއްސާއި މީހެއްގެ ހިލަމެއް ވާނަމަ އެނގޭނެ ފަދަ އާލާތްތައް ފަދަ ކުދިކުދި އުފެއްދުންތައް އޭނާ ވަނީ އުފައްދާފައެވެ.

ހަސަން ކޯޑިން ދަސްކުރިތާ އަދިވީ 6 ވަރަކަށް މަސްދުވަހެވެ. އޭނާ ދަނީ އެކި ތަޖުރިބާތަށް ކޮށްގެން އެ ދާއިރާއިން އޭނާ އަށް ލިބިފައި ހުރި ހިލްމު ކުރިއަރުވަން ކެނޑި ނޭޅި މަސައްކަތްކުރަމުންނެވެ

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އެއެންއެސް

    ވ.ރަގަޅު މަސައްކަތެއް. ކުރިއަށްދާތި.

    30
    2
  2. ޖޯން

    މީހަކު އަރިއަކަށްއޮވެފާ ފޮޑިއެއް ޖެހިއަސް ދިވެހި ނޫސްތަކުގާ ލިޔާ ނެ.

    7
    28
  3. ބޭބީ

    ވަރަށް ރަގަޅުމަސައްކަތެއް. އޮތް ހަމައެކަނި މައްސަލައަކީ ސަރުކާރުން މިކަހަލަ އިފެއްދުންތެރިންނަށް އެއްވެސް ކަހަލަ އެހީއެއް ނުދިނުން. އެހެން ގައުމުތަކުގައި އެބައި ވަރަށްރަގަޅު

    20
    3
  4. ހަސަން

    100 އިންސައްތަ ހަސަންގެ އަމިއްލަ ކޯޑިން ހަދަން ހަސަނަށް އިނގޭ ނަމަ ހަދާނީކީ ވެނޑިން މެޝިނެއް ނޫން.....ގަބޫލު ކުރަން އުނދަގޫ އެއްޗެއް ތިބުނީ..... ޔޫ ޓިއުބްގަ ތިޔަ އެބަހުރި އޮހޭ ވަރަށް....ކަރާ ފަޅަން ވެސް ވަކި ވަރެއް އޮންނާނެ...އެކަމު އަމިއްލަ ކޯޑިން -ސީރިއަސްލީ-

    27
    6
  5. އައިސަތު

    ތިވަރެއް ހަމަ ނެތް ހަސަނާ...ކަލޭ ވާނެ މަޝްހޫރު ވާން.. ޔޫޓިއުބް ބަލަ ބަލާގެން އީ.ބޭ އިން ތަކެތި ގެނެސްފަ އެސެމްބަލް ކޮއްފަ ...އަމިއްލަ ކޯޑިން އަމިއްލަ އުފެއްދުން......ސާބަހޭ ހަސަނާ....ޔޫޓިއުބް ގަ އެބަހުރި ޓިއުޓޯރިއަލް ބޯ ކޮށް....ކަލޭވާނެ އަދި ސްޕޭސް ރޮކެޓް އެއްވެސް ހަދަން...

    13
    5
    • މަނިކޭ

      އިސްތުއަށް ކޯޑިން އަކީ ކޯޗެއްކަން ނޭންގެ ދޯ؟

  6. ޖީކު

    ގުޑް ޖޮބް

    7
    2
  7. ނަސީދު

    ތިޔައީ ދެން ޔޫޓިއުބު ބަލައިން އެސެންބްލް ކޮށްފަ އެއްނު... ޔޫޓިއުބް ޓިއުޓޯރިއަލްތަކުގަ ހުރޭ އެ އެއްޗިސްސަށް ބޭނުންވާ ތަކެތީގެ ލިންކު ވެސް... ތަންކޮޅެއް ބޭނުންހިފޭ އެއްޗެއް ހެދި ނަމަ.. ރާއްޖޭގަ ކިތެންމެ ބަޔަކު ތިކަހަލަ އެއްޗިސް ހަދާ.. 8 ފޫޓު 4ފޫޓު ބޮޑެތި އެންގްރޭވް މެސިން ފަދަ ތަކެތިވެސް ހަދާފަ ހުއްޓަ ދެކެން.. ހަމަ ޔޫޓިއުބް ބަލައިގެން

    4
    2
  8. ޔެޕް

    ދިވެހިން ވެސް ތިބެނީ ހޭބަލިވެފަ ތިޔަށް ކިޔަނީ އުފެއްދުމެށް ނޫން....ދިސް އިޒް ކޯލް އެސެމްބްލިންގ

    7
    1
  9. އަންނި

    އަމިއްލަޔަށް ކޯޑިން ހެދޭ ސޮރެށް ކީއްވެބާ މޮޅު އެޕްލިކޭޝަން އެއް ނުހެދީ...މަ ހަމަ އަޖާއިބު ވެއްޖެ..މި ފެނުނީމަ މިހާރު ކޯޑިންގެ ޑެފިނިޝަން ވެސް މަށައް އޮޅިއްޖެ...މީ ހަމަ ކޯޑާރސް އަށް ކޮއްފަ އޮތް ޖެއްސުމެއް...

  10. އައިސަ

    ޔޫޓިއުބުގަ ވީޑިއޯ ހުއްޓަކަސް އެކަމަކާއިގެން އުޅެގެން އެކަންކަން ކާމިޔާބުވާނީވެސް
    ތިގޮތުގަ ކުރިއަށް ދާންވީ ހަމަ????