ސިންގަޕޫރުގައި ކަންކަން ދިރާސާ ކުރުމުގައި އުޅެމުން އަންނަ ޓީމަކަށް ބޮޑު މާސިންގާ "ސީ ކޮކްރެޗް" އިންޑިއާގެ ކަނޑުގެ އަޑިން ހޯދައިފިއެވެ.

މި "ސީ ކޮކްރެޗް" ހޯދައި ވަނީ، ނޭޝަނަލް ޔުނިވާސިޓީ އޮފް ސިންގަޕޫރު އެންޑް ކޮލީގްސްއިން ކުރިއަށްގެންދިޔަ މެރިން ސާވޭއެއްގައެވެ. އެ ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ ޕީޓާ އެންޖީ އެވެ.

ޑެއިލީ މެއިލްއިކް ރިޕޯޓްކޮށްފައިވާގޮތުން، މި "ސީ ކޮކްރެޗް" ހޯދާފައި ވަނީ ކަނޑު އަޑި ދިރާސާ ކުރުމަށް 14 ދުވަސް ވަންދެން ހިންގި ބޮޑު ޓުއާއެއްގައެވެ. އިންޑޮނޭޝިއާގެ ވެސްޓް ޖާވާއާ ދިމާލުން ކަނޑު އަޑީގައި ކުރިއަށްގެންދިޔަ މި ޓުއާގައި 12000 އެއްހާ ކަނޑުގެ އެންމެ އަޑީގައި އުޅޭ އެއްޗެހި ވަނީ ހޯދާފައެވެ. މީގެ ތެރެއިން މި "ސީ ކޮކްރެޗް" މިއީ އެކައްޗެވެ.

https://www.instagram.com/p/BhDgDqtlPfV/?utm_source=ig_embed

މި ކޮކްރެޗްވެފައި ވަނީ އާ ބާވަތެއްގެ ސްޕީޝިސް އަކަށެވެ.އަދި އެެއަށް މިހާރު ބަތިނޮމަސް ރަކްސަސާގެ ނަމުން ވަނީ ނަން ދީފައެވެ.

މި ކޮކްރެޗްގެ ފޮޓޯތައް އާއްމު ކުރުމާއެކު މީސް މީޑިއާގައި ގިނަބަޔަކު އޭތީގެ ބިރުވެރިކަމުގެ ވާހަކަތައް ދަނީ ދައްކަމުންނެވެ.

މި ކޮކްރެޗްއަކީ 50 ސެންޓިމޭޓަރާއި ހަމައަށް ބޮޑުވާ އެއްޗެއް ކަމަށް ވެއެވެ. އަދި މިއީ ދެވަނަ އަށް އެންމެ ބޮޑު އައިސޯޕޮޑް ސްޕީޝިސް ކަމަށް ސައިންސްވެރިން ބުނެފައިވާ ކަމަށެް ވެއެވެ. އެ މީހުން އެއަށް ކޮކްރެޗްގެ ނަމުން ނަން ދީފައި ވަނީ ވަނަމެއްގެ ގޮތުގައެވެ. އަދިމިއީ 14 ފައި ހުންނަ އެއްޗެއް ކަމަށާއި، މިި ކޮކްރެޗް އެންމެ ވައްތަރު ވާނީ ކަކުކުނި ނޫނީ ޝްރިމްޕްއާކަަށް ވެއެވެ.

އަދި މިއީ ކަނޑުގައި މަރުވެފައި ހުންނަ ސްޕީޝީސް ކައިގެން އުޅޭ އެއްޗެއް ކަމަށާއި، ނުކައި އެތައް ދުވަހެއް ވަންދެން މި އެއްޗެއް އުޅެވޭނެ ކަމަށް ވެއެވެ.

އައިސޯޕޮޑްސްއަކީ 50 ސެންޓިމީޓަރަށް ބޮޑުވާ އެއްޗެކެވެ. މިހާތަނަށް 20 ބާވަތެއްގެ އައިސޯޕޮޑްސް ހޯދާފައި ވެއެވެ.

މި ޓުއާގެ ތެރެއިން ސައިންސްވެރިންނަށް 12 އެހެން ވައްތަރެއްގެ ސްޕީޝީސް ހޯދާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އައްޔަ

    ސުބުހާނަﷲ. މޫދުގަވެސް ކުރަފި އުޅޭތަ!

    31
    1
  2. ޢަންސާރު

    ﷲ އެއީ އެންމެހާ ހަލްގުތަކުންގެ ވެރި ޙާލިގް ވަންތަ ﷲ ...ﷲ އަކްބަރް

    48
    1
  3. އިބްނި ބަތޫތާ

    ބައެއް ޙަބަރުތަކުގައި ދިވެހިބަސް ގިނަކަމުން ކިޔަންވެސް އުދަގޫވޭ، އެއާއި ޙިލާފަށް މިޙަބަރުގަ ހިމަނަން ދިވެހި އެއްވެސް ބަހެއް ނުފެނުނީތޯ

    • ގަލަން ތުނޑު

      ކަނޑު ކުރަފި