އުމުރުން 53 އަހަރުގެ މީހަކާ ރައްޓެހިވެ އޭނާގެ ފައިސާ ޚަރަދު ކުރާ ޒުވާން އަންހެނަކު ލަދުގަންނަވާލައިފިއެވެ.

އުމުރުން އަހަރުގެ ރީނީ ގުއިޓާޒް ރައްޓެހިވެގެން އުޅެނީ އޭނާ އަށް ވުރެ 30 ވަރަކަށް އަހަރު ދޮށީ މުއްސަނދި ފިރިހެނަކާއެވެ.

ރީނީ ވަނީ އޭނާގެ ލޯބިވެރިޔާގެ ފައިސާއިން އަގު ބޮޑު ތަކެތި ގަންނަ މަންޒަރު މީސް މީޑިއާގައި ޝާއިއުކޮށްފައެވެ.

އޭގެ ތެރޭގައި އަގު ބޮޑު ކާރާއި ހެދުމާއި ހޮޓެލްތަކަށް ދިއުން ފަދަ ކަންކަން ހިމެނެއެވެ.

" މިއީ މުއްސަނދި އުމުރުން ދުވަސްވީ ލޯބިވެރިޔަކު ހުރުމުގެ ފައިދާ. ދުނިޔެ ވަށާ އެނބުރެންވީ." ރީނީގެ އެއް ވިޑިއޯގައި ލިޔެފައިވެއެވެ.

މި ވީޑިއޯތައް ވައިރަލްވެ އާއްމުން ދަނީ އެ އަންގެން ކުއްޖާ އަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ރީނީގެ ލޯބިވެރިޔާގެ ނަން އޭނާ ހިއްސާކޮށްފައެއް ނުވެއެވެ. އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ގާތްގަނޑަކަށް ދެ އަހަރު ވަނީ ވެފައެވެ.

އާއްމުން ވަނީ އޭނާގެ ލޯބިވެރިޔާ އަށް އެއްވެސް އިހުތިރާމެއް ނުކުރާ ކަމަށް ބުނެފައެވެ.

އަދި ރީނީ އޭނާ އާއި ރައްޓެހިވެގެން އުޅެނީ ފައިސާގެ ބޭނުމަށް ކަމަށް ބުނެ އެތައް ބަޔަކު ވަނީ ކޮމެންޓްކޮށްފައެވެ.

ބައެއް މީހުން ވަނީ ފައިސާއަށްޓަކައި ރީނީ އަމިއްލަ ނަފްސު ވިއްކާލާފައިވާ ކަމަށްވެސް ބުނެފައެވެ.

މީހެއްގެ ބުރަ މަސައްކަތުން ހޯދާ ފައިސާ އެހެން ޚަރަދު ކުރުމަކީ އަންހެނުންނަށް ވެސް ހުތުރެއްކަމަށް މީހުން ދަނީ ބުނަމުންނެވެ.

ކަންކަން ގޯސްވީ ރީނީ އޭނާގެ ލޯބިވެރިޔާގެ ފައިސާ ހޭދަކުރުމުން އެހެންމީހުން ހަސަދަވެރިވާކަމަށް ބުނި ހިސާބުންނެވެ.

އެ ހިސާބުން އިތުރު އެތައް ބަޔަކު ވަނީ ރީނީ އަކީ އަމިއްލަ ނަފްސު ކުރިއަރުވަން އެއްވެސް ކަމެއް ކުރާ މީހެއް ނޫން ކަމަށާއި އޭނާގެ ހުނަރެއް ނެތް ކަމަށް ބުނެ ފާާޑު ކިޔައިފައެވެ.

ރީނީ ވަނީ އެންމެންގެ ކިބައިން މައާފަށް ވެސް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަންނި

    ރީނީ އޭނާގެ ރީތިކަމުގެ ބޭނުން ކޮއްގެން ފައިދާއެއް ވޭތާ އަދި އެވެސް އޭނަގެ ލޯބިވެރިޔާ އެކު ވީމަ ކޮބާ މައްސަލަޔަކީ.

    7
    5