އާންމު އަހުލާގީ މިންގަނޑުތަކާއި ހިލާފުވެގެން މިސްރުގައި ޓިކްޓޮކް ކުޅެމުން އައި 6 އަންހެނަކު ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

މިސްރުގެ ވެރިރަށް ކައިރޯގައި ހުންނަ ކޯޓަކުން މި 6 މީހުން ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ހުކުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ފާޑު ކިޔުންތައް އަމާޒު ކުރަމުންނެވެ. މި ހުރިހާ އެންމެން ޖަލަށް ލުމަށް ހުކުމް ކޮށް، ކޮންމެ މީހަކު 18,000 ޑޮލަރުން ޖޫރިމަނާވެސް ކޮށްފައި ވެއެވެ.

މީގެ ތެރެއިން ދެ އަންހެނަކަށް އައިސްފައި ވަނީ ފަސް އަހަރުގެ ޖަލު ހުކުމެކެެވެ. އަދި އެކަކަށް ތިން އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާއިރު، ބާކީ ތިބި ތިން އަންހެނުންނަށް އައިސްފައި 2 އަހަރުގެ ޖަލު ހުކުމެކެެވެ.

މިސްރުގެ އާންމު އަހުލާގީ މިންގަނޑުތަކާއި ހިލާފު ވެގެން ޖަލަށް ލާން ހުކުމް ކޮށްފައިވާ އަންހެނެއްގެ ވަކީލް ބުނެފައިވަނީ އެމީހުން އެގޮތަށް ޓިކްޓޮކް ކުޅެފައި ވަނީ އެއްވެސް ގޮތަކަށް އެގައުމުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި ހިލާފުވުމަށް ނޫން ކަމަށާއި އެއީ އެހެންމީހުންވެސް ކުރާ ގޮތަށް ގިނަ ފޮލޯވާސް ހޯދުމަށް ކޮށްފައިވާ ކަމެއް ކަމަށެވެ.

ޖަލަށް ލާން ހުކުމް ކުރި ބައެއް އަންހެނުންނަކީ 15 ސިކުންތުގެ ވީޑިއޯ ހަދައިގެން މިލިއަނުން ފޮލޯވަރުން ހޯދާފައިވާ ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާފަރު

    ރަނގަޅު ހަމަ...

    15
    3
  2. ޝަފީން

    ގިނަ ފޮލޮވާސް ހޯދާށޭ ކިޔާފަ އޮރިޔާންވެސް ވާން ދޫކޮށެއް ނުލެވޭނެ.. އިސްލާމީ މުޖުތަމައުތަކުގެ އަޚްލާގީ އިންތައް ހިފެއްޓުމަކީ ސަރުކާރުގެ ވާޖިބެއް.. އެއްވެސް ރައްބެއއ ގަބޫލު ނުކުރާ މަޖޫސީންގެ ވިސްނުމާއި ފިކުރުގެ ގައުމުތަކާއި އިސްލާމީ މުޖުތަމައު އާއި ތަފާތުވާންޖެހޭ..

    5
    1