އިންޑިއާގެ އެކްޓަރ އަދި މޮޑެލް ސަމީރް ޝަރްމާ ދަންޖެހިފައި ހުއްޓާ ފެނިއްޖެއެވެ. އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ ރޭގެ ވަގުތެއްގައި މުމްބާއީގައި ހުންނަ އޭނާގެ ގޭގައި ކަަމަށް ފުލުހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.
އުމުރުން 44 އަހަރުގެ ސަމީރްއަކީ ބެލާޖީ ޓެލެފިލްމްސްގެ މަޝްހޫރު ޓީވީ ޝޯވތަކުން ފެނިފައިވާ ތަރިއެކެވެ. އޭނާ ފެނިގެން ދިޔަ ބައެއް މަޝްހޫރު ޓީވީ ޝޯވތަކަށް ބަލާއިރު، ކިޔުކީ ސާސް ބީ ކަބީ ބަހޫ ތީ، ކަހާނީ ގަރް ގަރް ކީ ހިމެނެެއެވެ.
ފުލުހުން ބުނެފައި ވަނީ، އޭނާ ފެނުނީ ބަދިގޭގައި ދަން ޖެހިފައި ހުއްޓާ ކަމަށާއި، ތުހުމަތު ކުރެވެނީ އޭނާ މަރުވެފައި ވަނީ އަމިއްލައަށް ކަމަށެވެ.
އޭނާގެ ދަންޖެހިގައި ހުއްޓާ ފުރަތަމަ ފެނިފައި ވަނީ، ސެކިއިރުޓީ ގާޑަށެވެ. އެނާ ވަނީ އެހެން މީހުންނަށް އެކަން އަންގާފައެވެ.
ސަމީރް ދިރިއުޅެމުން ދިޔައީ މަލާދްގައި ކުއްޔަށެވެ.
"އަޅުގަނޑުމެންނަށް އެއްވެސް ހެެއްކެއް ފެނިފައި އެއް ނެތް އޭނާ މަރާލީ ކަމަށް ބުނެވޭނެ. އަދި ސޫސައުޑް ނޯޓެއްވެސް ފެނިފައެއް ނުވޭ އެގެއިން. އަޅުގަނޑުމެން އަދިވެސް މި ދަނީ މި މައްސަލަ ތަހުގީގު ކުރަމުން. އޭނާގެ ހަށިގަނޑު ވަނީ އޮޓޮޕްސީ ހެދުމަށް ފޮނުވާލާފައި". ފުލުހުން ބުނެފައި ވެއެވެ.
ސަމީރްއަކީ ބޮލީވުޑްގެ ފިލްމެއް ކަމަށްވާ ހަސީ ތޯ ފަސީންވެސް ފެނިގެން ދިޔަ ތަރިއެކެވެ. އަދި ދިލް ކިޔާ ޗާހަތާ ހޭ، ލެފްޓް ރައިޓް ލެފްޓް އިންވެސް ފެނިގެން ގޮސްފައިވާ ތަރިއެކެވެ.
އޭނާގެ މަރާއެކު އެތައް ބަޔަކު ދަނީ ހިތާމަ ފާޅު ކުރަމުންނެވެ.
އަމިއްލަ އަށް މަރުވުމަކީ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ޙަރާމް ކުރައްވާފައިވާ، ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެކެވެ.
އަމިއްލަ ނަފްސަށް ގެއްލުމެއްދީ މަރުވުން ފަދަ ކަމެއް ކުރަން ހިތައް އަރާނަމަ ނުވަތަ ނަފްސާނީ އުނދަގުލެއް ދިމާވާނަމަ ލަސްނުކޮށް އެކަން އެހެން މީހަކާއި ހިއްސާކޮށް ނަފްސާނީ އެހީތެރިކަން ހޯދުމަކީ މުޙިންމު ކަމެކެވެ.
ހިލޭ ކައުންސިލިން ދޭ ތަންތަނުގެ ތެރޭގައި:
1. ދަމަނަވެށި: 3318901
2. ސޮސައިޓީ ފޮ ހެލްތް ސައިންސަސް (ޝީ): 3318804 / 7976325
3. ޔޫތް އެންޑް ސްޕޯޓްސް ސެންޓަރ: 3313755 / 3323860
4. ޖުވެނައިލް ޖަސްޓިސް ޔުނިޓް: 3306691
ނަސީބެއްނު މިފަހަރު ޕޮލިހުން ވަގުތުން ސުއިސައިޑް އެކޭ ނުބުނިކަން. އެހެން ހުރިހާ ފަހަރެއްގަ ވަގުތުން ސުއިސައިޑްއޭ ކިޔާފަ ކޭސް ކްލޯސް ކޮށްލާވިއްޔާ
ކަހާނީ ގަރްގަރްކީ ޖަހާފަ އެހެން ޑުރާމާ އެއްގެ ފޮޓޯއެއް?