ޓްވިޓާ ބޭނުން ކުރަމުން އަންނަ އިންޑިއާ މީހަކު މި ވަނީ ޓީޗަރަކު މީގެ ހަތަރު އަހަރު ކުރިން މަރުވި ނަމަވެސް، މަރުވި ފަހުންވެސް އޭނާއަށް 18 މަސް ދުވަސް ވަންދެން މުސާރަ ޖަމާ ވާކަން ހާމަކޮށްފައެވެ

މިކަން ހިނގާފައި ވަނީ އުއްތަރްޕްރަދޭޝް ގައެވެ. މިކަން މީސް މީޑިއާގައި ފެންމަތިކުރުމާއެކު ސްޓޭޓް އޮތޯރިޓީގެ ހިންގުންތެރިކަމާއި މެދު ގިނަބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

މަރުވި އެ މީހާއަކީ އިންޑިއާ ސިޓީއެއް ކަމަށްވާ ޕިލިތިބިތް ބިލްސަންދާ ޕްރައިމަރީ ސްކޫލްގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ. އަރްވިންދް ކުމާރް ނަމަކަށް ކިޔާ އެ މީހާ މަރުވެފައި ވަނީ 2016 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހުއެވެ.

މަރުވި ފަހުން ކުމާރް އަށް މުސާރަ ޖަމާވަމުންދާކަން އެނގުނީ ކުމާރްގެ އަންހެނުން، ބޭސްފަރުވާގެ ކަންތައްތަކަށް ލުޔެއް ލިބޭތޯ ވަޒީފާއަކަށް ކުރިމަތިލީ ފަހުންނެވެ.

އެކަމާއި ގުޅިގެން ޕިލިބިޓް ޑިސްޓްރިކްޓްގެ އެޑިއުކޭޝަން ކޯޑިނޭޓަރ ބުނެފައި ވަނީ، އެ ސްކޫލްގެ މުސާރަ ޝީޓް ހަދަނީ ޕްރިންސިޕަލް ކަމަށެވެ. އަދި އެ މުސާރަ ޝީޓް ދެން ހަވާލު ކުރަނީ ބްލޮކް އެޑިއުކޭޝަން އޮފިސަރާއި ކަމަަށާއި، އެ އެއްޗެހި އެކައުންޓްސް އަށް ފޮނުވަނީވެސް އޭނާ ކަމަށެވެ. އަދި އެތަނުން ބިލް ހަދާ މުސާރަތައް ޖަމާ ކުރަނީ ކަމަށް ބުނެފައި ވެއެވެ.

ބައެއް ނޫސްތައް ބުނާގޮތުގައި، ކުމާރް އަށް ވަނީ ނޮވެމްބަރު 2017 އާ ހަމައަށް ބޭސިކް މުސާރަ ލިބިފައެވެ.

މިކަން އެނގުނީ އެކައުންޓް ސެކްޝަންއިން ކުމާރްގެ ފައިލްތައް ބަލަން ފެށި ފަހުންނެވެ. އޭނާ ސްކޫލަށް ޓީޗަރަކަށް ވަދެފައި ވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރުގައެވެ. އަދި 2016 ވަނަ އަހަރުގެ މެއި 22 ގައި އޭނާ މަރުވި ނަމަވެސް، އެކައުންޓްސްއިން އޭނާއަށް މުސާރަ ޖަމާ ކުރަމުން ގޮސްފައި ވެއެވެ.

މިކަން ފުލުހުންވެސް ވަނީ ބަލަން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަނ'ި

    އިބޫ ބުނާާހެން ކުރިއާޜާފާވާކަންް އެދޭހަވަނީ ؟