އުމުރުން 20 އަހަރުގެ އިންޑިއާގެ ދިއްލީއަށް ނިސްބަތްވާ އަންހެނަކު ފައިސާ ހޯދާނެ ގޮތެެއް ނެތިގެން ފެށީ ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަަކަށް ބޯނުލަނބާ މީހުން ޖޫރިމަނާ ކުރާށެވެ. އޭނާ ވަނީ ފުލުހަކަށް ހެދިގެން އެ މަސައްކަތް ފަށާށެއެވެ

އޭނާ ވަނީ މިދިޔަ ދިއްލީގެ އެސިސްޓެންޓް ސަބް އިންސްޕެކްޓަރ އަކަށް ހެދިގެން މަސައްކަތް ކޮށްފައެވެ. އެ މައްސަލާގައި އޭނާ ހައްުޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މިހާރު އޭނާގެ ވާހަކަތައް ގިނަބައެއްގެ ސަމާލުކަަމަށް އައިސްފައިވާއިރު، އޭނާއާ ގުޅޭގޮތުން އެކި މީހުންގެ ހިޔާލު ތަފާތެވެ. އެގޮތުން އެއްބަޔަކު ބުނަމުން ދަނީ ފިޔަވަޅުތަކަށް ބޯނުނލަބާ މީހުން ހުއްޓުވުމަކީ އޭނާ ކުރި ރަނގަޅު ކަމެއް ކަމަށެވެ. އަދި އެއްބަޔަކު ވަނީ އޭނާ އެގޮތަށް ކަންތައްކޮށްފައި ވަނީ ފައިސާ ނެތިގެން ކަމަށް ބުނެފައެވެ.

"ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބޯ ނުލެނބުމުން އޭނާ އެ މީހުންނަށް އަދަބު ދިން ނަމަ، އެއީ އޭނާ ކުރި ރަނގަޅު ކަމެއް. އެކަމަކު ފައިސާ ހޯދާ" އެކަކު މީސް މީޑިއާގައި ބުނެފައި ވެއެވެ.

ފުލުހުން ބުނެފައި ވަނީ، އެ ޒުވާން އަންހެން ކުއްޖާއަށް ކިޔަނީ ތަމަންދާ ޖަހަން ކަމަށެވެ.

"އޭނާ ފުލުހުންގެ ޔުނީފޯމް ލައިގެން، މާސްކް ނަޅާ އުޅޭ މީހުންނާއި، އިޖްތުމާއީ ގައިދުރުކަމަށް ސަމާލުކަން ނުދޭ މީހުން ޖޫރިމަނާ ކުރަމުން ދިޔައީ". ފުލުހުން ބުނެފައި ވެއެވެ.

އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައި ވަނީ ސީނިއާ ޕޮލިސް އޮފިސަރ ސުމާ ސިންގ އެ ސަރަހައްދު ބަލަހައްޓަމުން ދަނިކޮށް، ތަމަންދާ މީހުން ޖޫރިމަނާ ކުރަމުންދާތަން ފެނިގެންނެވެ.

އަދި ސުމާ ވަނީ އެކަން ބެލުމަށް އެހެން ފުލުހަކާއި ހަވާލުކޮށްފައެވެ. އެގޮތުން އެ ފުލުސް މީހާ މާސްކް ނާޅާ ތަމަންދާ ކައިރިއަށް ދިއުމުން އޭނާ ޖޫރިމަނާކޮށް އޭނާ އަތުން ފައިސާ ހޯދިއެވެ.

އެ މައްސަލަ ތަހުގީގު ކުރަން ފަށާ އޭނާ ހައްޔަރުކޮށް، އެގޮތަށް ކަންތައް ކުރަމުންދަނީ ކީއްވެތޯ ފުލުހުން ވަނީ ސުވާލު ކޮށްފައެވެ. އަދި ތަމަންދާ ވަނީ އޭނާ މިގޮތަށް ކަންތައް ކުރަމުން ދިޔައީ ފައިސާ ލިބޭނެ އެއްވެސް ގޮތެއް ނެތި، އަތްމަތި ދަތިވުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކައްޓަލަ

    ވެލްކަމް ޓު އެޖެންޑާ 19 ތަރައްގީ ސްޓައިލް

    38
    8
  2. ސަނާހް

    ސެލިއުަޓް ޓު ހާ... ޔޫހްވް އާން މައި ރެސްޕެކްޓް ގާރލް

    34
    5
  3. ދަރަނި ދަންތުރަ

    ގެރިމޯދި ކަންތަކަށް ބަލާފައި ތިކަން ހަމަ އޯކޭ

    32
    5
  4. ހހަ

    ދެން މިކަން އަންނާނީ.މިރާއްޖެއަށް

    24
    2
  5. ފާއިޒު

    ފައިސާ އެއްކުރާ ވޮލަންޓިއަރެއްދޯ.