މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ފެތުރުނު ގޮތް ހޯދަން، ތައިލެންޑުގެ ސަައިންސްވެރިން ހޮހޮޅަތަކުން ވާ ހިފަން ފަށައިފިއެވެ.

މީގެ ކުރިން ހެދި ދިރާސާއަކުން ދައްކާގޮތުގައި، މި ވައިރަސް ފެތުރެން ފެށީ ވާލުގެ ޒަރިއްޔާއިންނެވެ. މިހާރު މި ބަލި ޖެހުނު މީހުންގެ އަދަދު 20.5 މިލިއަނަށް އަރާފައިވާއިރު، މި ބަލީގައި 748،000 މީހަކު ވަނީ މަރުވެފައެވެ.

ކޮރޯނާ ވައިރަސް ފެނިފައި ވަނީ ޗައިނާގެ ޔުނާން ޕްރޮވިންސް އިން ފެނުނު ހޯސްޝޫ އާއިލާގެ ވާލުން ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.

ތައިލެންޑުގައި 19 ވައްތަރެއްގެ ހޯސްޝޫ ވާލު ތިބޭ ކަމަށާއި، އެހެން ނަމަވެސް، މީގެ ތެރެއިން އަދި އެއްވެސް ވައްތަރެއްގެ ވާލެއް ކޮރޯނާވައިރަސް އަށް ޓެސްޓުކޮށްފައިނުވާ ކަމަށް ސައިންވެރިން ބުނެފައި ވެއެވެ.

މިކަމުގެ ދިރާސާތަކުގައި އުޅޭ ސައިންސްވެރިން މިހާރު ވަނީ ސައި ޔިކް ނޭޝަނަލް ޕާކަށް ގޮސް، އެތަނުގައި ހުންނަ ތިން ހޮހޮޅައެއްގައި ވާލު ހިފަން ދާ ޖަހާފައެވެ. އަދި މި މަސައްކަތުގެ ތެރެއިން ވާލު ހިފުމުން، އޭތީގެ ކުޅާއި، ލެޔާއި، އަދި ބޮޑުކަމުދާ ތަކެތީގެ ސާމްޕަލް ނަގައެވެ. އަދި އޭގެ ފަހުން އެ ވާލު ދޫކޮށްލައެވެ.

މިކަންތައް ކުރަމުން ދަނީ ތާއި ރެޑް ކޮސް އިމާޖިންގ އިންފެކްޝިއަސް ޑިސީސް-ހެލްތް ސައިންސް ސެންޓަރުންނެވެ. އަދި މި މަސައްކަތުގެ ތެރެއިން އެހެން ވައްތަރުތަކުގެ ވާލުގެ ސާމްޕަލްވެސް ނަގާފައިވާ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު