އިންޑިއާގެ ބިހާރް ގްރޭޑް 10 ގައި ކިޔަވަމުންދާ ކުއްޖަކު، އަގުބޮޑު ފޯނެއް ގަންނަން ވެގެން މޮޅު ކަމެއް ކުރަން އުޅެނިކޮށް ފަޅާ އަރައިފިއެވެ.

އޭނާ ފޯނެއް ގަންނަން ފައިސާ ހޯދަން ވެގެން ގުޅާފައި ވަނީ މަންމައަށެވެ. އަޑު ބަދަލުކޮށްގެން ވަޓްސްއެޕް މެދުވެރިކޮށް މަންމަ އަށް ގުޅާފައި ބުނެފައި ވަނީ އޭނާ ކިޑްނެޕްކޮށްފައިވާ ކަމަށާއި، ދޫކޮށްލާނީ ފައިސާ ދިނުމުން ކަމަށެވެ.

އެ ކުއްޖާ މިގޮތަށް ކަންތައްކޮށްފައި ވަނީ ޕަބްޖީ ކުޅުމަށް އާ ފޯނެއް ގަތުމަށެވެ.

އެ ކުއްޖާގެ މަންމަ އަށް މިދިޔަ ހަފްތާ އަންގާރަ ދުވަހު ގުޅި މީހަކު ބުނެފައި ވަނީ އޭނާގެ ދަރިފުޅު ކިޑްނެޕް ކޮށްފައިވާ ކަމަށާއި، 500،000 ރުޕީސް ދިނުމުން ނޫނީ ދޫކޮށް ނުލާނެ ކަމަށެވެ.

ޕަޓްނާގައި މަންމައާއެކު ދިރިއުޅެމުން އަންނަ އެ ކުއްޖާގެ މަންމަ ވަގުތުން ވަނީ ފުލުހުންގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ. ފުލުހުން ތަހުގީގު ފަށަފައި ޕުރްނިއާގެ ސްޓޫޑެންޓް ލޮޖް އިން ވަނީ އެ ކުއްޖާ އަތުލައިގެންފައެވެ.

ފުލުހުންނަށް މައުލޫމާތުދެމުން އެ ކުއްޖާ ބުނެފައި ވަނީ، އޭނާއަކީ ޕަބްޖީ ކުޅުމަށް ވަރަށް ދެވިހިފާފައި ހުންނަ ކުއްޖެއް ކަމަށެވެ. އަދި އޭނާ ބޭނުންވީ އާ ފޯނެއް ކަމަށާއި، އޭނާގެ ހުރިހާ ރަހުމަތްތެރިންގެ އަތުގައިވެސް ހުރީ މޮޅެތި އަގުބޮޑު ފޯނު ކަމަށް ބުނެފައި ވެއެވެ.

އޭނާ ބުނެފައިވާގޮތުގައި، އޭނާ 31،000 ރުޕީސްއަށް ދޭ ފޯނެއް ގަތުމަށް ވަނީ ރިޒާވްކޮށްފައެވެ. އެހެން ނަމަވެސް އޭނާގެ އަތުގައި ފައިސާއެއް ނެތެވެ.

"އަހަރެންނަށް މައުލޫމާތު ލިބުނީ އަހަރެންގެ މަންމަ ބޭންކްއަށް 350،000 ރުޕީސްގެ ލޯނަކަށް ލި ކަން. އަދި މަންމަގެ އެކައުންޓަށް އެ ފައިސާ ލިބުނުކަންވެސް ވަނީ އެނގިފައި. އެހެންވެ ކިޑްނެޕްކޮށްފައި ވާކަަމަށް ބުނެ ފައިސާ ހޯދަން އުޅުނީ، އެކަމަކު އަހަރެންގެ ޕްލޭން ވަނީ ފެއިލްވެފައި". އެ ކުއްޖާ ބުނެފައި ވެއެވެ.

އޭނާ ބުނެފައިވާގޮތުގައި، އޭނާވެސް އަގުބޮޑު އެއްޗެހި ބޭނުން ވެއެވެ. އެހެންނަމަވެސް ފައިސާ ނެތުމުން އެކަން ނުކުރެވުނީއެވެ. ފުލުހުން ވަނީ އެ ކުއްޖާ ވަނީ ގެެއަށް ދޫކޮށްލާފައެވެ.

އޭނާ ބުނެފައި ވަނީ، އޭނާ އެފަދަ ކުށަކަށް އަރާފައި ވަނީ ޕަބްޖީގެ ސަބަބުން ކަމަށެވެ.

ޕަބްޖީއަކީ ދުނިޔޭގެ ގިނަބަޔަކު ދެވި ހިފާފައި އެންމެ މަޝްހޫރު އެއް ގޭމެވެ. ހާއްސަކޮށް ޒުވާނުންގެ މެދުގައި އެ ގޭމްގެ މަގުބޫލުކަން ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ދެން ރާކަނިމަސް ކާންވީނު

    19
  2. ރޫހާނީ

    ޕަބުޖީ އާ ނުބެހޭ

    6
    10
  3. ކާށި

    ދެން ޕަބްޖީ ބޭން ކުުރާނީ

    1
    1