ބޮލީވުޑްގެ ފިލްމް އުފެއްދުންތެރިޔާ ނިޝިކަންޓް ކަމަތް މަރުވެއްޖެއެވެ. އުމުރުން 50 އަހަރުގެ ނިޝިކަންތް މަރުވެފައި ވަނީ އިންޑިއާގެ ހައިދަރް އާބާދުގެ ހޮސްޕިޓަލެއްގައި އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައެވެ.

އޭނާއަކީ ކްރޯނިކް ލިވާ ޑިޒީސް ނަމަކަށް ކިޔާ ބައްޔެއް ޖެހި، އިތުރު ސިއްހީ މައްސަލަތަކާއި ދިމާވި މީހެކެވެ. އޭނާގެ ހާލު ގޯސްވެގެން ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް، އޭނާ މަރުވެއްޖެ ކަމަށް މީގެ ކުރިން އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެެވެ.

"އަހަރެން ތި ރަހުމަތްތެރިޔާ މަތިން ވަރަށް ހަނދާންވާނެ، ރެެސްޓް އިން ޕީސް:. އެކްޓަރ ރިޓޭޝް ލިޔެފައި ވެއެވެ. އޭނާ އަކީ ނިޝިކަންޓްގެ ފިލްމެއް ކަމަށްވާ ލާއި ބާރީން ފެނިގެން ދިޔަ ތަރިއެކެވެ.

ނިޝިކަންޓް މަރުވެއްޖެކަމަށް މީޑީއާ ރިޕޯޓްތައް ބުނަމުން ދާތީ އެކަން ދޮރުކޮށް ޓްވީޓް ކުރި ރިޓެއިޝްއެވެ. އޭނާ އެ ޓްވީޓް ކުރިތާ ގަޑިއެއްހާ އިރު ތެރޭގައި ނިޝިކަންޓް މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭނާއަށް ފަރުވާދެމުން ގޮސްފައި ވަނީ އޭއައިޖީ ހޮސްޕިޓަލްފައެވެ. އެ ހޮސްޕިޓަލުން މިއަދު ހެނދުނު ބުނީ ނިޝިކަންޓް އޮތީ ވެންޓިލޭޓަރުގައި ކަމަށާއި، އޭނޭގެ ހާލު ކްރިޓިކަލް ކަމަށެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން އެ ހޮސްޕިޓަލުން ވަނީ، އޭނާގެ ހާލު ކްރިޓިކަލް ނަމަވެސް، ސްޓޭބަލް ކަަމަށް ބުނެފައެވެ.

ނިޝިކަންޓް އެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ޖުލައި 31 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު