ވަރިޔަކީ އިންޑިއާގައި އަދިވެސް އެހާ އާއްމުކަމެއް ނޫނެވެ. ކުރިއަރާފައިވާ ހިސާބުތަކުގައި ވަރިކުރުން އާއްމުވިނަމަވެސް ވަރިއަކީ އިންޑިއާގެ ގިނަ ސަޤާފަތްތަކުގައި ވަރަށް ނުގަބޫލު ކަމެކެވެ. ޚާއްސަކޮށް އަންހެނަކު ވަރިއަށް އެދުމަކީ، އެއީ ގިނަ ހިސާބުތަކުގައި މަދުން ނޫނީ ނުފެންނާނެ ކަމެކެވެ.

ދާދިފަހުން އުއްތަރް ޕްރަދޭޝްގެ އަންހެނަކު އޭނާގެ ފިރިމީހާކައިރިން ވަރިވާން އެދުނު ސަބަބު ހާމަކުރަމުން ކޯޓުގައި އޭނާ ބުނީ އޭނާގެ ފިރިމީހާ އޭނާ އާއި ޒުވާބު ނުކުރާ ކަމަށެވެ. ނަމަވެސް މާބޮޑަށް ލޯބިވާތީ ފިިރިމީހާ ދެކެ ފޫހިވާކަމަށް ވެސް ބުންޏެވެ.

ކައިވެނީގެ 18 މަހަށް ފަހު ވަރިއަށް އެދުނީ އޭނާ އަށް ދެން އިތުރަށް ފިރިމީހާ އާއި އެކު އުޅެވިދާނެ ކަމަށް ޤަބޫލު ނުކުރެވުމުން ކަމަށް ވެސް އޭނާ ބުންޏެވެ. އެ އަންހެން މީހާގެ ވާހަކަ އަޑު އަހާފައި ގާޒީއަށް ވެސް ހައިރާންކަން ލިބުނު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ހިންދީ ޑެއިލީގައި ބުނެފައި ވަނީ އަލުން ސުލްހަވެގެން އުޅެންވެސް އެ އަންހެން މީހާ ބޭނުން ނުވާ ކަމަށެވެ.

"ގޭގެ މަސައްކަތް ވެސް ފިރިމީހާ ކުރޭ. ފިރިމީހާ ކައްކަންވެސް ކައްކާ ބައެއް ފަހަރު، އަހަންނާ ދިމާއަށް އެއްވެސް އެއްޗެއް ނުބުނެ. ހަޅޭއްކެއް ނުލަވާ. މިކަހަަލަ ވެއްޓެއްގައި ދެނެއް ނޫޅެވޭނެ. އަހަންނަކަށް ހަޖަމެއް ނުވޭ އެކަމެއް." އެ އަންހެން މީހާ ކޯޓުގައި ބުނެފައިވެއެވެ.

ކުށެއް ކުރުމުން އަބަދުވެސް މާފު ކުރާ ކަަމަށާ، އޭނާ ބޭނުންވަނީ ޒުވާބު ކުރާ ފިރިއެއްކަމަށް އެ އަންހެެން މީހާވަނީ ބުނެފައެވެ.

ވަރިއަށް އެދޭ އިތުރު ސަބަބެއް ނެތް ކަމަށް ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް އޭނާ ވަނީ ބުނެފައެވެ.

ކޯޓުގައިވެސް އެއަންހެން މީހާގެ ފަރާތުން ފިރިމީހާ އެދުނީ އޭނާ ކައިރިން ވަރިނުވުމަށެވެ އަދި ކޭސް އަނބުރާ ގެންދިއުމަށެވެ.

ކޯޓުން ވަނީ އެ މައްސަލަ ވާހަަކަދައްކައިގެން ހައްލުކުރަން ވަގުތުދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސިނެކް

    ލޯބިވިޔަސް ފި ރިރމީ ހާޔައްވެސް އެނގެންވާނެ ދޯ
    ހިތައް ކުޅަދާނަމިންވަ ރަކައް ކަން ލޯބިވާން ވާނީ
    ކު ރިމަތި ފު ރަގަސް މީ ތަފާތު ލޯތްބެއްކަން

    7
    2
  2. ބަންގްލާ

    އިންޑިއާގައި ވަރި މަދުވާ ސަބަބަކީ ކިތަންމެ ވަރަށް ފިރިމީހާ އަނިޔާކުރިޔަސް ވަރިޔަށް ނޭދެވުން. އެ އަނަހެންމީހާގެ އާއިލާއިން އަލުން އޭނާ އެ ގެއަށް ނުވެއްދުން. ޟުޖުތަމައުގެ ފުރައްސާރަ ރައްދުވެދާނެތީ ބިރުން އުޅުން. ޢަންހެންމީހާ ފިރިމީހާއަށް އަޅުދާސްތުވުން.

    18
  3. ދިވެއްސެއް.

    އަހަރެން ގެ ތަޖުރިބާ ހިއްސާކޮށްލާނަން ހަމައެކަނި އިލްމީ ޒުވާބަކަށް ފުރުސަތު ދިނުމަށް:
    އަހަރެންމެން ދެމަފިރިން މެދުނުކެނޑި އިނދެގެން އުޅޭތާ 9 އަހަރުވެއްޖެ. 3 ދަރިން އެބަތިބި. އެއްފަހަރުވެސް މާބޮޑު މައްސަލައެއް ނުޖެހޭ. އެކަމަކު.... އަހަންނަށްވެސް ތަޖުރިބާ ކުރެވި ފާހަގަ ވާކަމަކީ ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހި ޒުވާބުކޮށް ހިިތްހަމަ ނުޖެހުން ފާޅުކުރާ ކޮންމެ ދުވަސްކޮޅަކު އަންހެނުން...ބަސް އަހާ ކިޔަމަންވާކަން. އަހަންނަށް މީގެން ވިސްނެނީ.. އަންހެނުން ތަރުބިއްޔަތު ކުރުމުގެ ޒިންމާވެސް އެޅިފައިވަނީ ފިރިމީހާއާކަން އަދި އެކަމަކީ ކުރަންޖެހޭ ކަމެއްކަމާއި އަދި އެގޮތަށް އެކަން ކުރުމަށް ބައެއް އަންހެނުންގެ މިޒާޖު ބޭނުންވާނެކަން.

    18
    10
    • ހުސޭނުބޭ

      ވަރަށް ބަރާބަރު ވާހަކައެއް!

      14
      3
  4. އަންނި

    އަންހެން ވެރިގެންގެ ތެރޭވެސް ފިރިހެން ވެރިންގެ ތެރޭވެސް ނެތްތަފާތެއް.

    11
  5. ޠ

    މާ ބޮޑަށް ލޯބި ވީމާ އުނދަގުލަކަށް ވާނީ އަބަދު ގުޅުމާ
    ޥާނުވާ ބެލުމާ މިހެންގޮސް ބޯކޮސްވާނީ....
    ގުޅަންވެސް ވާނެ....ހައްދެއް އޮންނަން ވާނެ..މަގުމަތިން މީހަކަށް ހީލިއަސް ސުވާލުތައް ގިނަ ކުރުމާ....