މޯލްޑިވިއަން އައިޑޮލްއިން މަޝްހޫރުވި ދެ ލަވަކިޔުންތެރިން ކަމަށްވާ ޝަލަބީ އިބުރާހިމް އާއި ޝިފާ އިބްރާހިމް ކައިވެނިކޮށްފިއެވެ.

އަލީ ރަމީޒުގެ ލަވަތަކުގެ ރަހަ އަލުން ދިވެހިންނާއި ހަމައަށް އައިޑޮލް މެދުވެރިކޮށް ގެނެސްދިން ޝަލަބީގެ އަޑު އެތައް ބަޔަކަށް ކަމުގޮސް އޭނާ އަށް ވަނީ އެތައް ބައެއްގެ ސަމާލުކަން ލިބިފައެވެ. ޝަލަބީއަކީ މޯލްޑިވިއަން އައިޑޮލް މެދުވެރިކޮށް އެންމެ ބޮޑު މަޤްބޫލްކަމެއް ލިބުނު ފަންނާނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

އުމުރުން 23 އަހަރުގެ ޝަލަބީ އާއި އޭނާގެ ލޯބިވެރިޔާ ޝިފާ އާއި ކައިވެނިކުރި އިރު ތިބީ ސަޤާފީ ހެދުމުގައެވެ. ޒޫމް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެ ދެ މީހުން ކައިވެނިކޮށްފައިވާއިރު، އެ ދެމީހުންގެ ކައިވެނީގެ ރަނަކީ 1234.56 ރުފިޔާ އެވެ.

އެ ދެ މީހުން ކައިވެނި ކުރުމަށްފަހު ހެކިވެރިންނާއި އާއިލާގެ މީހުންނާއި އެކު ނަގާފައިވާ ބައެއް ފޮޓޯތައް މިހާރު މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ދެ މީހުންގެ ކައިވެނީގެ ހަފްލާގައި ބައިވެރިވީ، އާއިލާ މީހުންނާއި މަދު ރަހުމަތްތެރިންކޮޅެކެވެ.
ފޮޓޯ: އަދިވެސް

ކައިވެނީގެ ރަން ތައްޔާރުކޮށްފައި ވަނީ ވެސް ވަރަށް ދިވެހިވަންތަ ގޮތަކަށެވެ. ކައިވެނީގެ ހަފްލާވެސް ކުރިއަށް ދިޔައީ ވަރަށް ސާދާގޮތަކަށެވެ.

ޝަލަބީގެ ލޯބިވެރިޔާ ޝިފާއަށް މޯލްޑިވިއަން އައިޑޮލްގައި ޝަލަބީއަށް ލިބުނުވަރުގެ މަގްބޫލްކަމެއް ނުލިބުނު ނަމަވެސް، އޭނާގެ ލަވަތަކަށް ވެސް ސަމާލުކަން ލިބިފައި ވެއެވެ. ރާއްޖޭގައި ތިބި އަންހެން ލަވަކިޔުންތެރިންގެ ތެރެއިން އަމިއްލަ އަށް ކުރިއަރަން މަސައްކަތްކޮށް، ލަވަކިޔުމުގެ ދާއިރާގައި ފައިހަމަކޮށްލި ފަންނާނަކަށް ޝިފާ ވާނެއެވެ. ޝިފާއަކީ އޭނާގެ ރީތިކަމުގެ ސަބަބުންވެސް އެތައް ބައެއްގެ ހިތް ދަމައިގަނެފައިވާ ފަންނާނެކެވެ. ޝިފާއަކީ ވަރަށް ސިމްޕަލް ސާދާ ސްޓައިލެއް ގެންގުޅޭ ފަންނާނެކެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ލައިޓް

    އަލްހަމްދުﷲ. ދެކުދިންގެ ކައިވެނީގައި ބަރަކާތް ލައްވާށި.އާމީން.

    110
    2
  2. ޓިނު ވަގު

    ޝަލަބީގެ އަނބިކަނބަލުން އިސްލާމީ ޘަޤާފަތަށް ވެއްދުމަށް ބުނެލަން...

    118
    17
  3. ހަނީފް

    ޘަޤާފީއޭ ކިޔައިގެން އަންހެނުން ބުރުގާނާޅައި ހެދުން އަޅައިގެން މުޅި ދުނިޔެއަށް ދެއްކުނަސް އެކަމުގެ ހިތުކަން އަދި ފަހުން ފެންނާނެއެވެ، މުސްލިމު އަންހެނާގެ އަޢުރައަކީ މޫނާ ދެއަތްތިލަނޫންހާ ތަނެއްކަން އެންމެނަށްވެސް އެނގެއެވެ،

    112
    16
  4. ޝަލަބީސް ބިގެސްޓް ކްރަޝް

    ދެރަ ވެއްޖެ. މިދަނީ ރޯން

    48
    18
  5. ތުއްފާޚް

    ސަލަބީ ދުވަސްކޮޅެއްކުރިން ކޮންމެސް މީހަކާ އިންހަބަރެއް ފެނުނު ހަނދާނެއްވެސްވޭ

    21
    23
  6. Anonymous

    މަރްޙަބާ ދެކުދިންނަށް. ޢަރަބިއްޔާ އިން ކިޔަވާ ދަރިވަރުންނަށް އިސްލާމްދީނުގައި އަންހެނާގެ ޢައުރަ ވ. ރަނގަޅަށް އެނގޭނެ. ހެއްލުމަކީ ގެއްލުމެއް. ދުނިޔެއަކީ ވަގުތީ ތަނެއް. އަނބިމީހާ އެހެންމީހުންގެ ލޯތަކަށް ވެސް ދީންވެރި ޚުލްޤު ރަނގަޅު ކުއްޖެއްގެ ގޮތުގައި ދައްކަދީ.

    77
    6
    • މޯލްޑިވިޔަން

      އަރަބީޔަޢިން އެންނޭ

      16
      1
  7. Anonymous

    އިސްލާމީ ރިވެތި ސިފަތަކުގެ ޖީނަތުން ރީތި ވާށެވެ. އެހެންނޫނީ އެރީތި ކަމުގެ ބޭނުމެއް ނެތެވެ. މަރްހަބާ

    50
    4
  8. ޙސހސހސހ

    މި ކައިވެންޏެއް މަދުވެގެން 7މަސް ގިނަވެގެން ވާނީ އަހަރަކާ 3 ދުވަހެވެ.... މިހަމަ ކަން އޮތްގޮއި! މަ މިހެން ބުނެގެން ދެން މަ ކާލާ...

    32
    21
    • ޢަސްލް

      ޥަރަށްވެސް ފުރިހަމަ ކޮމެންޓެއް ?

      18
      4
  9. ރައިވަރު ފުރޭތަ

    އީސަދަރި ކިޔާފައިވާ މި ރައިވަރަށް ނުވެއްޖިއްޔާ ރަނގަޅު.
    ކަންއެއްކަ ފޮނުވިއަޑު
    ޔަށްދެވަނަ ރަންކިޔުނުއަޑު
    ކަށްތިނަށަ ވަލީދެއްވިއަޑު
    ކަށްހަތަރަ ކާވެނިވިއަޑު
    ކަށްފަހަވި ފިރިދެއްކިއަޑު
    ކަށްހަޔެކޯލަ ވަރިވިއަޑު.

    20
    5
  10. ދަރަނި ދަންތުރަ

    ވަރަށް ދިވެހިވަންތަޔޯ ވާހަކަދައްކާއިރު ދެބަހުން އެއްބަހަކަށް ބޭނުންކުރަނީ އިގެރޭސި ބަހެއް ތިއޮތީ ދިވެހި ވެފައި

    20
    3