50 އަށްވުރެ ގިނަ ފިލްމު ޑައިރެކްޓުކޮށްފައިވާ ރާއްޖޭގެ ކުޅަދާނަ ޑައިރެކްޓަރ އަމްޖަދް އަލީ(އަމްޖޭ) ގެ ތައުރީފު "ފަތްމިނި" ގެ ޑައިރެކްޓަރ ޙުސައިން މުނައްވަރު(ކިޑޫ) އަށް ލިބިއްޖެއެވެ.

މިހާރު ރާއްޖޭގައި އެންމެ ޑިމާންޑު ބޮޑު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ޝަލަބީ އިބްރާހީމްގެ އަޑުން ކިޔާދީ، އޭނާގެ އަންހެނުން ޝިފާ އިބްރާހިބް އެކްޓުކޮށްފައިވާ "ފަތްމިނި" އަށް ގިނަބައެއްގެ ތަރުހީބު ލިބެމުންއަންނައިރު އެ ލަވަ ޑައިރެކްޓްކޮށްފައިވާ ކިޑޫ އަށްވެސް ދަނީ އޭނާގެ މަސައްކަތަށް ތައުރީފު އޮހެމުންނެވެ.

"ފަތްމިނި" ގެ ޑައިރެކްޓަރ ޙުސައިން މުނައްވަރު(ކިޑޫ)

ރާއްޖޭގެ ހިތްގައިމު އެކި މަންޒަރުތައް ދައްކުވައިދޭ މި ލަވައިގައި ޝަލަބީ އާއި ޝިފާ ތަފާތު ރީތި ހެދުންތަކުގައި ފެނިގެންދާއިރު މި ލަވަ ޝަލަބީގެ ޔޫޓުއިބްއިން ބަލާލެވޭނެ އެވެ. ވީޑިޔޯ އިންފެށިގެން ލަވައިގެ ރާގު ހިމެނޭގޮތަށް ހުރިހާ ބައެއްވެސް ވަރަށް ފުރިހަމަ އެވެ.

ކިޑޫ ޑައިރެކްޓް ކޮށްފައިވާ މި ވީޑިއޯ ލަވައިގެ ޓްރެއިލާ ނެރުމާއި އެކި އެންމެ ފުރަތަމަ ތައުރީފުކުރި ފަރާތްތަކުގެ ތެރޭގައި އަމްޖޭ ހިމެނެ އެވެ. ރާއްޖޭގެ މުނިފޫހިފިލުވުމުގެ ފަންނާނުން ހިމެނޭ ވައިބަރ ގްރޫޕެއްގައި ލައިގެ ޓްރައިލާ ނެރުމާއި އެކު އަމްޖޭ ކުރި ކޮމެންޓެއްގައި ބުނީ، ހުސޭނު މިލަވަޔަކީ ފިލްމީ ދާއިރާއަށް ލިބިފަވާ ކުރިއެރުމެއް ކަމަށެެވެ.

”ހުސޭނު މިލަވަޔަކީ ފިލްމީ ދާއިރާއަށް ލިބިފަވާ ކުރިއެރުން އަދި ޑައިރެކްޓް ކުރުމުގަ ހުނަރުވެރިކަން ދައްކުވައިދޭ އަދި އުފެއްދުންތައް އުފައްދާ ފަރާތްތަކަށް ފިލާވަޅެއްގެ ގޮތުން ބޭނުން ވެސް ކުރެވިދާނެ ލަވައެއްކަން ފާހަގަ ކޮށްލަން. ސާބަސް ހުސޭނު.“ އަމްޖޭ ކުރި މެސެޖްގައި ވެއެވެ.

ލަވަ އުފައްދާފައި ވަނީ ކިޑޫގެ "ކިޑް ޕްރޮޑަކްޝަން" އިންނެވެ. ކޮސްޓިއުމް ޑިޒައިންކޮށް މޭކަޕްކުރީ ރިޝްފާ އެވެ.

ކިޑޫ ބުނީ ލަވަ ނެރުނީ އޭނާ އެންމެ ބޭނުންވާ ގޮތަށް ނޫން ކަމަށެވެ. ނަމަވެސް ލަވަ ނެރުމުން ގިނަބައެއްގެ ސަމާލުކަން ލިބިގެންގޮސްފައިވާ ކަމަށް ބުންޏެވެ.

ރާއްޖޭގެ ކުޅަދާނަ ޑައިރެކްޓަރ އަމްޖަދް އަލީ(އަމްޖޭ)

”ޝަލަބީ އާއި ޝިފާއަށް ޓައިމް ނުލިބޭ އެކްޓުކުރަން ބޭނުންވާ ވަރަށް. ޝަލަބީ އަކީ ބުނާގޮތް ހަދާ މީހަކަށް ވުމުން ވަރަށް ފަސޭހަވި ވީޑިޔޯ ހަދަން. އަދި ޝިފާ އަކީ ނަމޫނާ އެއް، ޝަލަބީއަށްވެސް އެއްބާރުލުންދޭ ވަރަށް ބޮޑަށް“ "ވަގުތު"އަށް ދިން އިންޓަވިއުއެއްގައި ކިޑޫ ބުންޏެވެ.

ކިޑޫ ބުނީ މި ލަވައިގެ މޭކަޕް، ކޮސްޓިއުމް އަދި ވީޑިއޯ ވަރަށް ފުރިހަމަ ކަމަށް ގިނަ ފަރާތްތަކުން ކޮމެންޓުކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނިއުމާ

    ކެކެކެކެ. ތި އަމްޖޭ ތީ ތައުރީފު ކުރަން ކާކު؟ ވާނުވާ އެނގޭ މީހެއްނޫން. ތި ލެވެލްގެ ވާނުވާ ނޭންގޭ މީހުންނަކަށް މައިތިރި ވެގެން ތިބީމަ ރަނގަޅުވާނެ.

  2. ސެންޗޯ

    އަމުޖޭމެން ހަދާ ފިލްމު ބެލުމަށް ވުރެ ޓިކުޓޮކު ބެލިޔަސް މާފޫހިފިލާ

  3. ށސސސސ

    ލަވަ ވަރަށް ފުރިހަމަ އެކަމް އިފެކްޓްސް ލީލީނުން ލޮލަށް އުދަގޫވާގޮތެއް ހުރި ބައެއް މަންޒަރުތަކުގަ އެހެންވެ ވަރަށް އުދަގޫވި ބަލަން.