ބޮލީވުޑުގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު ކަރަން ޖޯހަރު މީސް މީޑިއާއި ދުވަސްކޮޅަކަށް ދުރުގައި ހުރުމަށްފަހު ކުރި ޓުވިޓާ އަށް އެނބުރި އަތުވެއްޖެއެވެ. އަދި އޭނާ ކުރި ފުރަތަމަ ޓުވީޓުގެ ސަބަބުން ސުޝާންތު ސިންގްގެ ގާތިލް ހައްޔަރު ކުރުމަށް ގޮވާލާ އެތައް ބަޔަކު ޓުވީޓުކޮށްފިއެވެ.

މީސްމީޑިއާއި ދުރުގައި ހުރުމަށް ފަހު ކަރަން ކުރި ފުރަތަމަ ޓްވީޓުގައި ވަނީ ހުރިހާ ސަޕޯޓަރުންނަށް ގަނޭސް ފެސްޓިވަލަށް ހެޔޮ އެދުމާއި ތަހުނިޔާ ކިޔައިފައެވެ. ކަރަންގެ މި ޓްވީޓަށް ފަހު ސުޝާންތު ސިންގްގެ ސަޕޯޓަރުން ވަނީ ސުޝާންތުގެ ގާތިލަކީ ކަރަން ކަމަށް ބުނެ އޭނާ ހައްޔަރު ކުރުމަށް ގޮވާަލާފައެެވެ.

ސުޝާންތު ސިންގް މަރުވެފައި އޮއްވައި ފެނުނީ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ. އެކަމާ ގުޅިގެން ކަރަންއަށް ވަނީ ނިޕޮޓިޒަމްގެ ދައުވާ ކޮށްފައެވެ. އަދި ކަރަން ޖޯހަރަކީ ސުޝާންތް ސިންގް ފަދަ ބޮލީވުޑަށް އަލަށް ވަންނަ ހުނަރުވެރި ފަންނާނުންގެ ކެރިއަރު ކުރިއެެރިޔަ ނުދިނުމަށް މަސައްކަތް ކުރާ ފަރާތެއް ކަމަށް ވެސް ވަރަށް ގިނަ ފަރާތްތަކުން ބުނެއެެވެ.

މީސް މީޑިއާ އާ ދުރަށް ދިޔުމުގެ ކުރިން އެންމެ ފަހުން ކަރަން ޓްވީޓް ކޮށްފައިވަނީ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ. އެއީ ސުޝާންތްގެ މަރާއި ގުޅިގެން ކަރަންގެ އިހްސާސްތައް ހާމަކޮށް ކުރި ޓްވީޓެވެ.