އިންޑިއާގެ ކެރެލާގައި ކޮވިޑް-19 ޖެހިފައިވާ ކުއްޖަކު އެމްބިއުލާންސެއް ތެރޭ ރޭޕްކޮށްލައިފިއެެވެ.

އެގައުމުގެ ފުލުހުންނާއި ހަވާލާދީ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިކަން ހިނގާފައި ވަނީ ކޮވިޑް-19 ޖެހިފައިވާ އުމުރުން 19 އަހަރުގެ އަންހެން ކުއްޖަކު ހޮސްޕިޓަލަށް ގެންދަން ދިޔަ މަގުމަތީއެވެ.

"އެމްބިއުލާންސް ދުއްވަން އިނީ އުމުރުން 25 އަހަރުގެ ފިރިހެނެއް. އޭނާ ދިޔައީ ކޮވިޑް-19 ޖެހިފައިވާ 2 ބަލީ މީހުން ގޮވައިގެން. އެކަކު އެހެން ހޮސްޕިޓަލަކަށް ބޭލުމަށްފަހު ދެން ހުރި ބަލި މީހާ ހޮސްޕިޓަލަށް ބާލަން ދިޔަ މަގުމަތީ ރޭޕްކޮށްލާފައި ވަނީ" ފުލުހުންނާއި ހަވާލާދީ ނޫސްތަކުން ރިޕޯޓް ކޮށްފައިވެއެވެ.

ފުލުހުން ބުނީ، އެމްބިއުލާންސް ދުއްވަން ހުރި މީހާ ވަޒީފާއިން ވަކި ކޮށްފައިވާ ކަމަށާއި އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި މި ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާއާއި ގުޅިގެން ކެރެލާގެ ހެލްތް މިނިސްޓަރު ކޭކޭ ޝައިލަޖާ ވަނީ ތުހުމަތު ކުރެވޭ މީހާއާއި މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ފުލުހުންނަށް އެދިފައެވެ.

ކޮވިޑް-19 ޖެހިފައިވާ ބަލި މީހުންނަށް ޖިންސީ ގޯނާ ކުރުން މިއީ އިންޑިއާގައި އާ ކަމެއް ނޫނެވެ. ޖުލައި މަހުގެ ތެރޭގައިވެސް އެގައުމުގެ ވެރިކަން ކުރާ ސިޓީ ދިއްލީގައިވެސް ދެ މީހަކު ވަނީ ޒުވާން އަންހެނަކު ކޮވިޑް-19 އަށް ފަރުވާދޭ މަރުކަޒެއްގެ ތެރޭގައި ރޭޕްކޮށްލާފައެވެ.

ކެރެލާއަކީ އިންޑިއާއިން އެންމެ ފުރަތަމަ ކޮވިޑް-19ގެ ވޭދަނައެއް ފެނިފައިވާ ސްޓޭޓެވެ. އަދި މިހާރު އެ ސްޓޭޓަށް މި ބަލީގެ ދެވަނަ ރާޅެއް އައިސްފައިވާކަމަށް އެގައުމުން ވަނީ ހާމަ ކޮށްފައެވެ. އިންޑިއާއަކީ މިހާރު ދުނިޔެއިން ދެ ވަނަ އަށް އެންމެ ގިނަ މީހުން މި ބައްޔަށް ފައްސިވެފައިވާ ގައުމެވެ. އެގޮތުން ދުވާލެއްގެ މައްޗަށް އެގައުމުން 10,000 މީހުންނަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހޭ ކަމަށް އެގައުމުން ވަނީ ހާމަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހައިސު

    ސާބަހޭ ކެނެރީ އާއިލާއަށް. ގައުމު ވިއްކާލާ

    22
    2
  2. ވެސްޓްއިންޑީސް

    މިކަމަކާހެދިގޮސް މި އިންޑިއާގެ މޯދީގުރޫޕްހީވަނީ ބޮލުމަހިވެގެން އުޅޭހެން.

    17
  3. ޙައިސް

    ލިޔަން ކިޔަން ނުދަންނަ ޖާހިލުން ކޮމެންޓް ލިޔާތީ ވ ދެރަ

    2
    7