ބޭނުންވާ ތަކެތި:

300ގ ސްޓޯބެރީ
455ގ ކުރީމް ޗީޒް
80ގ ހަކުރު
60މލ ކިރު
1 ބިސް
1 ސައިސަމުސާ ފެން
310ގ ޕަފް ޕޭސްޓްރީ
ޗޮކްލެޓް ސިރަޕް

ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ހުރިހާ ސްޓޯބެރީސްތަކެއް ބްލެންޑާއަށް އަޅާ މުގުރާލާށެވެ. މުގުރާލުމަށްފަހު ފުރާނާލާށެވެ. އަދި ފުރާނާލައިފަ އޮލަކޮށް ކުރިބައި ފިނިކޮށްލާށެވެ.

ދެން ކުރީމް ޗީޒް އާއި ހަކުރު އަޅާ މިކްސް ކޮށްލާށެވެ. އެއަށްފަހު ކިރާއި ސްޓޯބެރީ ދިޔަ އަޅާ ސަމުސަލުން އެއްކޮށްލާށެވެ. ކުރީމް ތައްޔާރުކުރެވުނީއެވެ.

ޕޭސްޓްރީ ތައްޔާރުކޮށްލުމަށް، ފުރަތަމަ ބިސް ގިރާލާފައި ބަހައްޓާށެވެ. އެއަށްފަހުން ދިގުކޮށް ފޮއިލް އޮޅާށެވެ. ދެން ޕޭސްޓްރީ ފުއްގަނޑު ދަމާލުމަށްފަހު ދިގުކޮށް ރޮނގު ރޮނގު ކެނޑުމަށްފަހު އޮޅި ފޮއިލުގައި ވަށްކޮށް އޮޅާށެވެ. އަދި އޭގެ މަތީ ބިސް ހޭކުމަށްފަހު 400 ޑިގްރީގައި 25 މިނެޓް ފިހެލާށެވެ. އަދި ހިހޫވުމުން ފޮއިލް ޕޭސްޓްރީ ތެރެއިން ނަގާށެވެ. ދެން ބޭގަކަށް ކުރީމްކޮޅު އަޅާ ޕޭސްޓްރީ ތެރެއަށް އަޅާށެވެ. އަދި ރަހަމީރުކޮށްލަށް މައްޗަށް ޗޮކްލެޓް ސިރަޕް އަޅުމުން ތައްޔާރުވީއެވެ.