ރީތި، ޗާލު، މޮޅު ޕްލޭސްޓޭޝަން-05 އަންނަ ނޮވެމްބަރ މަހުގެ 12 ވަނަ ދުވަހުން ލިބޭނެކަން ސޮނީން ކަށަވަރު ކޮށްދީފިއެވެ.

ޕީއެސް-5 ރޭ ވަނީ ރަސްމީކޮށް ނެރެފައެވެ. މިއަދުން ފެށިގެން ޕީއެސް-5 އަށް ޕްރީ އޯޑަރު ކުރެވޭނެއެވެ.

ޕީއެސް-5 ދެއެޑިޝަންއެއް ނެރޭނެއެވެ. އެންމެ އަގުބޮޑު ޕީއެސް-5 ވެސް 499.99 އެމެރިކާ ޑޮލަރަށް ލިބޭނެއެވެ. އަދި ޑިޖިޓަލް އެޑިޝަން 399.99 އެމެރިކާ ޑިލަރަށް ލިބޭނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސޮނީން ޕީއެސް-5 އަގު ކަނޑައަޅާފައި ވަނީ ވާދަވެރި އެކްސް ބޮކްސް އާއި ވެސް ވާދަކުރެވޭނެ ގޮތަށެވެ. ނޮވެމްބަރ 10 ގައި ބާޒާރަށް ނެރޭ އެކްސްބޮކްސް ސީރީސް އެސް 299 އެމެރިކާ ޑޮލަރަށް އަދި އެކްސްބޮކް ސީރީސް އެކްސް 499 އެމެރިކާ ޑޮލަރަށް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ.

ނޮވެމްބަރ މަހުގެ 12 ވަނަ ދުވަހު ޕީއެސް-5 ވިއްކަން ފަށާނީ އެމެރިކާ، ޖަޕާން، މެކްސިކޯ، އޮސްޓްރޭލިއާ، ނިއުޒިލެންޑް އަދި ދެކުނު ކޮރެއާގައެވެ. އެހެން ގައުމުތަކުގައި ޕީއެސް-5 ވިއްކަން ފަށާނީ ނޮވެމްބަރ 19 ވަނަ ދުވަހު އެވެ. ނަމަވެސް ޗައިނާގެ ބާޒާރަށް ޕީއެސް-5 ނެރޭނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.

ވަރަށް ގިނަ ބައެއްގެ ދިގު އިންތިޒާރަކަށް ނިމުން ގެނައި ޕީއެސް-5 ވެގެން ދާނީ މިހާތަނަށް ބާޒާރަށް ނެރޭ އެންމެ ފުރިހަމަ ގޭމް ކޮންސޯލަށް ކަމަށް ސޮނީން ބުނެއެވެ.

ޕީއެސް-5 އާއި އެކު މިހާރު ވެސް ގިނަ މީހުންގެ މެދުގައި މަގުބޫލް ކޯލް އޮފް ޑިއުޓީ ފަދަ ގޭމްތަކުގެ އާވާޝަންތައް ކުޅެން ލިބޭނެއެވެ. އަދި މާވަލްގެ ކެރެކްޓާތަކަށް ހާއްސަ އިތުރު ގޭމްތައް ވެސް ޕީއެސް-5 އާއި އެކު ބާޒާރަށް ނެރުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރައްޔިތުމީހުން

    ތި ނުގަނެވޭނު.. ބީއެމްއެލް ކޯޓާ އަކަށް ތި ނުފެތޭ..

    11
    1