ކުރިން ހަމަޖެހިފައި އޮތް ގޮތާއި ހިލާފަށް އޮޅިގެން ޕްލޭސްޓޭޝަން-5 ނުވަތަ ޕީއެސް-5 ގެ އަގު މާއަވަހަށް ހާމަކުރެވިއްޖެއެވެ.

ބަައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ފްރާންސްގެ އެމެޒޮން ވެބްސައިޓްގައި އޮޅިގެން ޕީއެސް-5 ގެ އަގު ވަނީ ހާމަކުރެވިފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޕީއެސް-5 ގެ އަގަކީ 560 އެމެރިކާ ޑޮލަރެވެ. އަދި ޕީއެސް-5 ޑިޖިޓަލް އެޑިޝަންގެ އަގަކީ 450 އެމެރިކާ ޑޮލަރެވެ. މިއީ ކުރިން ހީކުރެވިފައި އޮތް ވަރަށް ވުރެ މާބޮޑަށް ވެސް ހެޔޮ އަގެކެވެ. އަގުތައް ހިމަނައިގެން އެމެޒޮން ފްރާންސް ވެބްސައިޓްގައި ޖެހި ޕޯސްޓް ވަނީ ކުޑައިރުކޮޅެއް ފަހުން ރިމޫވް ކޮށްފައެވެ.

ވެބްސައިޓްގައި ވަނީ ޕީއެސް-5 ނެރޭނެ ދުވަސް ވެސް ހިމަނާފައެވެ. ޕޯސްޓުން އެނގޭ ގޮތުގައި ޕީއެސް-5 ނެރުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ ނޮވެމްބަރ 20 ވަނަ ދުވަހު އެވެ.

ލީކްވެފައިވާ ޕީއެސް-5 ގެ އަގުތަކަށް ވުރެ މާބޮޑުކޮށް ބައެއް ވެބްސައިޓްތަކުން މިހާރު ވަނީ ޕީއެސް-5 ގެ ޕްރީ އޯޑަރު ނަގަން ފަށާފައެވެ. ޕްރީ އޯޑަރު ނަގަމުން ގެންދާ ވެބްސައިޓްތަކުގައި ބުނެފައިވާ ގޮތުގައި ޕީއެސް-5 އެއްގެ އަގުތައް އުޅެނީ 1500 އެމެރިކާ ޑޮލަރުގައެވެ. ނަމަވެސް އެއަގުގައި ޕްރީ އޯޑަރުތައް ނަގަމުން ގެންދަނީ އެފަރާތްތަކަށް ވެސް ޕީއެސް-5 ގެ އަސްލު އަގު ނޭންގޭތީއެވެ.

ޓެކްނޮލޮޖީގެ ޚަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުގައި ބުނެފައި ވަނީ އިތުބާރު ކުރެވޭ ވެބްސައިޓެއް މެދުވެރިކޮށް ނޫން ގޮތަކަށް ޕްރީ އޯޑަރު ކޮށްފިނަމަ އިތުރުވާ ފައިސާ ނުލިބުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެންކަމުން ޕްރީ އޯޑަރު ކުރައްވާއިރު އެމެޒޮން، ވޮލްމާޓް ފަދަ ވެބްސައިޓެއް އިހްތިޔާރު ކުރުން ވަރަށް މުހިއްމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގޭމަރުން

    ޕީއެސް 5 ގެ ޑިޖިޓަލް އެޑިޝަނަށް ސީޑީ ލައްވާކަށްވެސް ވެސް ނުޖެހޭ ދޯވް ތީ ހަމަ އެކްސްބޮކްސް ސީރީޒް އެކްސްއަށް ވުރެ އަޖައިބެއް ކަހަލަ ކޮންސޯލެއް ?

  2. ޫއޮޅިގެން

    އޮޅިގެން ހާދަ ދެރަ ގޮތެކޭ ތިވީ ދޯ

  3. ނަމީރާ

    ހާދަ އޮޅީގެން ކަންތައް ވަމުން ދާ އިރެކޭ