ސުޝާންތް ސިންގ ރާޖުޕޫތުގެ މަރުގެ ތަހުގީގުތައް ކުރިއަށްދާ ވަރަކަށް ބޮލީވުޑުގެ ގިނަ ފަންނާނުންތަކެއްގެ ފޮރުވިފައިވާ އެތައް ހަގީގަތްތަކެއް ދަނީ ހާމަވަމުންނެވެ. ބޮލީވުޑުގެ ފަންނާނުން ޑްރަގު ބޭނުންކުރާ މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. މި މައްސާލާގައި އަނޫރާގް ކަޝްޔަޕްއާއި ރަވީ ކިޝަން އަދި ކަންގްނާގެ މެދުގައި ހޫނު ބަހުސްތަކެއް ކުރިއަށް ދަނިކޮށް އަނޫރާގަށް މުޅިން ތަފާތު ތުހުމަތެއް ކުރެވިފައެވެ.

ޓީވީ ޑްރާމާތަކުން މަގުބޫލުކަމެއް ހޯދުމަށް ދާދި ފަހުން ''ޕަޓޭލް ކީ ޕަންޖާބީ ޝާދީ'' އިން ފިލްމީ ދާއިރާއާއި ގުޅުނު ޕާޔަލް ގޯސްލޭއަށް އަނޫރާގު ޖިންސީ ގޯނާ ކުރިކަމަށް ޓްވީޓުގައި ބުނެފައިވެއެވެ. އުފެއްދުންތެރި އެ ފަންނާނުގެ އަސްލު ހަގީގީ ސިފައަކީ މިއީ ކަމަށް ބުނެ އޭނާއަށް އަދަބު ދިނުމަށް ވެސް ޕާޔަލް ބުނެފައިވެއެވެ.

އޭބީއެން ޓެލެގުއަށް ދިން އިންޓަވިއުއެއްގައި ޕާޔަލް ބުނެފައިވަނީ އަނޫރާގު އޭނާއާއި ގަދަކަމުން ޖިންސީ ގުޅުން ހިންގަން އުޅުނު ކަމަށާއި އަދި އަނޫރާގު މަސައްކަތް ކޮށްފައިވާ އެހެން އަންހެން ފަންނާނުން ވެސް އެގޮތަށް ކަންތައް ކޮށްފައިވާ ކަމަށެވެ.

ނެޝަނަލް ކޮމިޝަން ފޮރ ވުމަންގެ ޗެއަރޕާސަން ރޭކާ ޝަރުމާ ވަނީ މި މައްސަލާގެ އިތުރު ތަފުސީލު ދިނުމަށް އެދިފައެެވެ. މި ޓްވީޓަށް އިޝާރާަތްކޮށް ބަތަލާ ކަންގަނާ ރަނައުތް ވަނީ އެކަމަށް ތާޢީދުކޮށް އަނޫރާގު ހައްޔަރު ކުރުމަށް ގޮވާލައިފައެވެ.

މިކަމާއި ގުޅިގެން އަނޫރާގު ކުރި ޓްވީޓެއްގައި އޭނާ ވަނީ މިކަން ދޮގުކޮށްފައެވެ. އަނޫރާގު ދައްކާ ވާހަަކަތައް ހުއްޓުވުމަށް ފަތުރާ އަޑުތަކެއް ކަމަށާއި އެ ހުރިހާ ތުހުމަތުތަކެއް އޭނާވަނީ ދޮގު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު