އިންޑިއާގެ ހަރިޔަނާގެ މޯރނީގައި ދިރިއުޅެމުންދާ މީހުންނަށް އިންޓަނޭޓް ލިބުމުގައި ދަތިތަކެއް ދިމާވެގެން، އެ މީހުންގެ ދަރިން ކިޔަވަން ވެގެން ގަހަށް އަރާ އިންނަ މަންޒަރު ފެންނަ ވީޑިއޯއެއް މި ވަނީ މީސް މީޑިއާގައި އާއްމުވެފައެވެ.

އެ ސަރަހައްދަކީ ސަރުކާރުން ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ތަނެކެވެ.

މިހާރު މީސް މީޑިއާގައި އާއްމުވެފައިވާ އެ ވީޑިއޯއިން ފެންނަނީ ކުއްޖަކު ގަހެއްގެ ގޮފިގަނޑެއްގެ މަތީގައި އިށީންދެލައިގެން ތިރީގައި ތިބި އޭނާގެ ކްލާހުގެ އެހެން ކުދިންނަށް ސްކޫލުން ފޮނުވި މަސައްކަތް ކިޔާދެމުންދާ މަންޒަރެވެ.

"އަހަރުމެން ކޮންމެ ދުވަހަކު ހެނދުނު މިގަސް ކައިރިއަށް ދަން، ގޮސް އެކަކު އެ ގަހުގެ ކޮޅަށް އަރައި، އިންޓަނޭޓް ސިގްނަލް ލިބުމުން، އޭނާ ކިޔައިދޭނެ އެސައިންމެންޓްތަކުގެ ވާނުވާއާ އެއްޗެހި"ޑަޕްނާ ވިލޭޖްގެ ކުއްޖަކު ބުންޏެވެ.

މި ނިމުނީއެއް ނޫނެވެ. އަނެއްކާ ހަވީރު ކުދިން އެތަނަށް ގޮސް، އެ މީހުންގެ މަސައްކަތްތައް ސަބްމިޓް ކުރެއެވެ.

އެ ކުދިން ބުނެފައިވާގޮތުގައި، އޮންލައިން ސެޝަންތައް ފެށިއިރުން ފެށިގެން އެ ކުދިން އުޅެނީ އެ ހާލުގައެވެ. އަދި ސްކޫލާއިވެސް އެ މައްސަލަ ހިއްސާކޮށްފައިވާނެ ކަމަށް އެ ކުދިންގެ މައިންބަފައިން ބުނެފައި ވެއެވެ.

އެ ސަރަހައްދެއްގައި ބޮޑަށް ވާ ހެދިފައި އޮންނަ ސަރަހައްދެކެވެ. އެ ސަރަހައްދަށް ދިޔަ ބައެއް މީހުންނަށްވެސް މީގެ ކުރިންވެސް އިންޓަނޭޓް ލިބުމުގައި ދަތިތަކެއް ދިމާވި މައްސަލަ ފެންމަތިވިއެވެ.

މި މައްސަލަ މިހާރު އަނެއްކާވެސް އިތުރަށް ސަރުކާރުގެ ސަމާލުކަަމަށް ހަރްޔަނާ އެސެމްބްލީ ސްޕީކާ ވަނީގެނެެސްފައެެވެ/

ކިޔުންތެރިންގެ ހިޔާލު