އިނގިރޭސިވިލާތަށް ނިސްބަތްވާ އަންހެނަކު ކާރުން ކުޑަދޮރުން ބޭރަށް ނުކުމެ ސްނެޕް ޗެޓް ވީޑިއޯއެއް ނަގަމުން ދަނިކޮށް ވެއްޓި އަނިޔާވެއްޖެ އެވެ.

ނަން ހާމަކޮށްފައި ނުވާ އެ އަންހެން މީހާ ކާރުގެ ދޮރުން ބޭރަށް ނުކުމެ ވީޑިއޯ ނަގަމުންދަނިކޮށް ވެއްޓުނީ ހަލިމަގު (ހައިވޭ)އަށެވެ.

މިކަމަކާއި ގުޅިގެން ފުލުހުން ބުނެފައި ވަނީ، ކާރު ދުއްވަމުންދިޔަ ގަޑިއެއްގައި ކާރުގެ ކުރީކޮޅުގައި އިން ފަސެންޖަރަކު، އެ ކާރުގެ ކުޑަދޮރުން ބޭރަށް ވަކި ވަރަކަށް ނުކުމެ، ހުރެ ސްނެޕްޗެޓްއިން ވިޑިއޯ ނަގަން ހުއްޓާ އޭނާ ވެއްޓުނީ ކަމަށެވެ. އަދި އޭނާ ވެއްޓުނީ މިދިޔަ ހޮނިހިރު ދުވަހު ދަންވަރު 1:30 ގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

"އޭނާއަށް އަނިޔާވުމުން އެ ސަރަހައްދަށް ދިތަ ޕެރެމެޑިކްސް، އޭނާއަށް ސީރިއަސް އަނިޔާތަކެއް ވެފައެއް ނުވޭ". ފުލުހުންނާއި ހަވާލާދީ ބީބީސީން ބުނެފައި ވެއެވެ.

ފުލުުހުން ވަނީ، އެ ކާރުގެ ދޮރު ހުޅުވާފައި ހުރި ތަން ފެންނަ ފޮޓޯއެއް އާއްމުކޮށްފައެވެ.

"އަހަރުމެންނަށް ބުނެވޭނީ ހަމަ މިހެން، އޭނާއަށް ބޮޑު އަނިޔާއެއް ނުވެ، ނޫނީ މަރުނުވެ އެހެރީ އޭނާގެ ނަސީބުން".

ފުލުހުން ވަނީ އެކަމާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށް ބުނެފައެވެ. އަދި އެއީ މީހަކު ހައްޔަރު ކުރަން ޖެހޭ ވަރުގެ މައްސަލައެއް ނޫން ކަަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.