ވީޑިއޯ އަދި ފޮޓޯ މެސެޖިން އެޕްލިކޭޝަން ސްނެޕްޗެޓަކީ ދުނިޔޭގައި ވަރަށް މަގުބޫލު އެޕްލިކޭޝަނެކެވެ.

ސްނެޕް ޗެޓަކީ މިހާރު ގިނަ ދިވެހިން ވެސް ބޭނުން ކުރާ އެޕެކެވެ. އެތައް ބަޔަކު ސްނެޕްގައި އުޅޭއިރު، ސްޓްރީކް ކުރަން އެކަނިވެސް މި އެޕް ބޭނުން ކުރާ މީހުން މަދެއް ނޫނެވެ. ބައެއް މީހުންގެ ސްނެޕް ސްޓްރީކް ސްކޯރ 2،000 އާ މަތީގައިވެސް އުޅެއެވެ. މިއީ އާދައިގެ މަތިން ކޮންމެ ދުވަހަކު ސްނެޕް ކޮށްގެން ލިބޭނެ ފައިދާއެވެ.

ސްނެޕްސްޓްރީކްއަކީ ކޮބާ؟.

ސްނެޕްޗެޓަށް އަލަށް ތައާރަފުވާ މީހެއް ނަމަ މިފަދަ އެތައް ސުވާލެއް ކުރާނެއެވެ. ރައްޓެހިންނާ އެކު ސްނެޕްޗެޓް ސްޓްރީކްތަކުގެ ވާހަކަ ދައްކާއިރު، ބައެއް މީހުން ތިބޭނީ ވާނުވާގައެވެ، ޔަގީން ކަމެއް އެބަ އޮތެވެ. މިއީ އުނދަގޫ ކަމެއް ނޫނެވެ، ވަރަށް ފަސޭހަ ކަމެކެވެ.

ސްނެޕް ސްޓްރީކް ލިބެނީ ކިހިނެއް؟

މަދުވެގެން ތިން ދުވަސް ވަންދެން 24 ގަޑިއިރުގެ ތެރޭގައި ސްނެޕް ކޮށްގެން ސްޓްރީކް ފެށޭނެއެވެ. ސްޓްރީކްސް އަކީ ސެނެޕްޗެޓްގައި މަގުބޫލު ފީޗާއަކަށް ވަނީ ވެފައެވެ. ނަމަވެސް ކޮންމެ ކޮންމެ މީހަކަށް ސްނެޕްސްޓްރީކް ނުބެހެއްޓެއެވެ. ބައެއް މީހުން ސްޓްރީކް ކުރަން ހަނދާން ނެތެނީއެވެ. ދިރިއުޅުމުގައި ކުރަން މާ ގިނަ ކަންތައް ހުރުމުން އެހެން ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

"ގެއްލުނު ސްނެޕް ސްޓްރީކެއްގެ މާނައަކީ އެކުވެރިކަން ފިނިވެގެން ދިއުމެއް ނޫން. ނުވަތަ ރައްޓެހިކަން ގެއްލުމެއް ނޫން.". އެ ކުންފުނިން ކުރި އިއުލާނުގައި ވެއެވެ.

ސްނެޕްސްޓްރީކް ގެއްލުން!!

ސްނެޕްސްޓްރީކަކީ ވެސް ވެވޭ އެއްބަސްވުމެއް ކަހަލަ އެއްޗެކެވެ. ގަވާއިދުން ވީޑިއޯ އާއި ފޮޓޯ ފޮނުވަން ޖެހެއެވެ. އެ އެއްބަސްވުމާ ހިލާފު ވެއްޖެނަމަ ސްޓްރީކް ގެއްލިގެން ދެއެވެ. މިކަން މެސެޖް ޒަރިއްޔާއިން ނުވާނެއެވެ. ނޫނީ މެސެޖްކޮށްގެން ސަލާމަތެއް ނުވެވެނޭއެވެ. މިކަމަށް ޖެހޭނީ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ފޮނުވާށެވެ. ނުވަތަ ފޮޓޯއެއް ނޫނީ ވީޑިއޯއެއް ސްޓްރީކް ކުރާ އަނެއް މީހާގެ ފަރާތުންވެސް ލިބެން ޖެހެެއެވެ.

ބައެއް މީހުން ބުނާގޮތުން ނަމަ، ސްނެޕް ސްޓްރީކް ގޮސްދާނެ ކަމަށް ސްނެޕް ކުރުމަށް ގުޅަންވެސް ގުޅައެވެ. އެކަމާ ކަންބޮޑުވެއެވެ. މިކަމާ ގުޅޭ މީމްތައްވެސް ގިނައެވެ.

މިކަން އެހާ މުހިންމު ކަމަކަށް މިކަން މި ވަނީ ވެފައެވެ.

ސްޓްރީކް ގެއްލެން އުޅޭ ކަން އެނގޭ ނަމަ އެ އެޕް މެދުވެރިކޮށް އެނގެއެވެ. އެގޮތުން އެޕްގައި ސްޓްރީކް ގެއްލެމުންދާ މީހާގެ ކަނާތް ފަޅިން "އަވާގްލާސް"އެއް ފެނިގެން ދާނެއެވެ.

ސްނެޕްޗެޓް އަވާގްލާސް ގާތްގަނޑަކަށް 4 ގަޑިއިރު ނުވަތަ އެއަށްވުރެ ކުޑަ ވަގުތު ކޮޅަކާއި ޖެހެން ދެން ހުންނާނެއެވެ.

ދެން ވީ އެ މީހަކަށް ގުޅައިގެން ސްނެޕް ކުރަން އަންގާށެވެ.

މިގޮތަށް އެ ވަގުތުކޮޅުތަކުގައި ސެނެޕެއް ނުކޮށްފިނަމަ ސްޓްރީކް ގެއްލޭނެއެވެ.

މީގެ ކުރިން ސްނެޕް ސްޓްރީކް ގެއްލިއްޖެނަމަ ފަސޭހައިން ލިބެއެވެ. އެކަމަކު މިހާރު އެކަމަށް ފައިސާ ދައްކަން ޖެހޭ ހިސާބަށް ވަނީ ގޮސްފައެވެ.

މީގެ ކުރިން ސްނެޕްސްޓްރީކް ލިބެމުން ގޮސްފައި ވަނީ ސްނެޕްޗެޓް ވެބްސައިޓުން ހިލޭ ފޯމެއް ފުރައިގެންނެވެ.

މިގޮތަށް ކުރިން ސެނެޕްސްޓްރީކް ލިބެއެވެ.

މީގެ މާނައަކީ ކުރިން ވެބްސައިޓް މެދުވެރިކޮށް ސްނެޕްސްޓްރީކް ރިސްޓޯރ ވާނެ ގޮތަށް އޮތް އޮތުން ނިމުމަކަށް އައީ ކަމެވެ. އެހެންކަމުން ދެން ފޯމަށް ބަރޯސާވެގެން މިކަމެއް ނުކުރެވޭނެއެވެ. ކޮންމެ މީހަކަށް ވެސް މީގެ ކުރިން ހިލޭ ފީޗާއެއްގެ ގޮތުގައި އޮތް ފީޗާއަށް ފައިސާ ދައްކަން މިހާރު ޖެހިފައިވާ ކަމެވެ.

ސްނެޕްޗެޓުން މީީގެ ކުރިން ވަނީ އެ ކުންފުނީގެ އައިފޯން އެޕްލިކޭޝަނުން އިން-އެޕް މެދުވެރިކޮށް ސްޓްރީކް ގެއްލިއްޖެ ނަމަ ފައިސާ ދައްކައިގެން ސްނެޕްސްޓްރީކް ރިސްޓޯރ ކުރެވޭނެކަން ހާމަކޮށްފައެވެ.

މިހާރުވެސް ބައެއް ފަހަރު ފައިސާ ނުދައްކާވެސް ސްނެޕް ސްޓްރީކް އަނބުރާ ލިބޭއިރު، މިކަމަށް މިހާރު އަގު ނަގާތާ ދުވަސްތަކެއް ވެއްޖެއެވެ. އެގޮތުން މީހަކާއި ހަދަމުން ދިޔަ ސްޓްރީކް ގެއްލިއްޖެ ނަމަ މިސާލަކަށް "8-ޑޭ ސްނެޕްސްޓްރީކް އެންޑެޑް". މިހެން އަރާފައި އިދެއެވެ. އަދި ރީސްޓޯރ ކުރުމަށް ކައިރީގައި އޮރެންޖް ކުލައިގެ ބަޓަންއެއް އިންނައިރު، އެއަށް ފިއްތާލުމުން ރީސްޓްރޯ ކުރުމަށް ފުރުސަތު ލިބިގެން ދެއެވެ.

އޭގައި "ރީސްޓްރޯ ޔުއަރ 8-ޑޭ ސްނެޕްސްޓްރީކް" މިހެން ޖަހާފައި އިންނައިރު، ސްނެޕްސްޓްރީކް އަނބުރާ ހޯދުމަށް ވަކި ވަގުތެއް އޮތް ކަމަށްވެސް ބުނެފައި ވެއެވެ. އެހެންކަމުން ސްނެޕްސްޓްރީކް އެއްކޮށް ގެއްލުމުގެ ކުރިން ރީސްޓޯރ ކުރަން އެދޭނަމަ އެ ފުުރުސަތު އޮތް ކަމަށް ބުނެފައި ވެއެވެ.

އެގޮތުން ސްނެޕްސްޓްރީކް ރީސްޓޯރ ކުރުމަށް އެކި ފަހަރު އަރަނީ އެކި ވަރަށް ކަމަށް ވެއެވެ.

ސެނެޕްޗެޓް އިން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ސްނެޕްޗެޓާސް އިން ކޮންމެ މީހަކަށް ވެސް ހިލޭ ސްނެޕްސްޓްރީކް ރިސްޓޯރ ލިބިގެން ދާނެއެވެ. އެ ބޭނުން ކުރުމަށްފަހު ޑިވައިސްއިން ފަހުން ދައްކާނެ އަގަކީ ސްނެޕްސްޓްރީކެއް އަލުން ހޯދުމަށް ކުރަން ނަގާނެ އަގެވެ.

ސްނެޕްސްޓްރީކެއް އަލުން ހޯދުމަށް ކުރާ އަގު އެކި ގައުމުތަކުގައި ތަފާތުވާނެ ކަމަށް ވެސް ސްނެޕްޗެޓް އިން ހިއްސާ ކޮށްފައިވާ މައުލޫމާތުގައި ވެއެވެ.

ބައެއް ވެބްސައިޓްތަކުގައިވާގޮތުން އެމެރިކާގައި އެކަމަށް ދައްކަން ޖެހެނީ އެއް ޑޮަލަރެވެ. ބައެއް ފަރާތްތަކުން 0.49 ޕައުންޑް ދައްކަން ޖެހޭ ކަމަށް ބުނެފައި ވެއެވެ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަ 15 އާއި 20 ވަރަކަށް ރުފިޔާއާ ދެމެދުގެ އަގެކެވެ.

ސްނެޕްޗެޓްގެ މި ނިންމުމާއެކު މިކަމަށް މިހާރު ފަރުވާ ނުބަހައްޓާ މީހުން މަދެއް ނޫނެވެ. ސްނެޕްސްޓްރީކެއް ސަލާމަތް ކުރުމުގައި މިހާރު ބައެއް މީހުން މާ ޝައުގުވެރިކަންވެސް ނުބަހައްޓައެވެ.

ސްނެޕް ކުރަން ހަނދާން ނެތޭ މީހުންނަށް!

ބައެއް މީހުންގެ ސްޓްރީކް ގެއްލޭ ފަހަރު އާދެއެވެ. އަނެއްކާ އަލަށް މި އެޕްލިކޭޝަަނަށް ވަދެ ސްޓްރީކް ކުރަން ފަށަން އުޅޭ މީހެއް ނަމަ ކަންތައް ކުރަންވީ ގޮތަކީ މިއީއެވެ. އާއްމުކޮށް ކޮންމެ ދުވަހަކު ހެނދުނު ހޭލާފައި ގިނަ މީހުން ފޯނާއި ކުޅެން އޮވެއެވެ. ތިއީ އެފަދަ މީހެއް ނަމަ މިއީ ސްޓްރީކް ކޮށްލަން ލިބޭނެ ފުރުސަތެކެވެ. އެނދުމަތީގައި އޮވެގެން ސްޓްރީކްގެ ގޮތުގައި ސީލިންގ ފޮޓޯއެއްވެސް ފޮނުވިދާނެއެވެ. މިއީ އެހާވެސް ފަސޭހަ ކަމެކެެވެ. އަނެއްކާ ސްނެޕްސްޓްރީކް ސްކޯރ އިތުރުވާވަރަކަށް މިކަމަށް އޮންނަ ޝައުގުވެރިކަންވެސް ބޮޑުވެގެން ދެއެވެ.

ސްނެޕް ފޮނުވުމުން ސްނެޕްޗެޓް ސްކޯ އިތުރުވެގެން ވެސް ދެއެވެ. އާންމުގޮތެއްގައި އިތުރު ސްނެޕްތައް ފޮނުވާނަމަ ސްނެޕްޗެޓް ޓްރޮފީތައް އަންލޮކް ކުރުމުގެ ފުރުސަތު ވެސް އޮންނަ ކެމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުވަދު

    ސްޓްރީކް ގެއްލިއްޖެ ނަމަ ފާފަވެރި ވަނެތޯ؟؟؟ ވަގުތު

    11
    0
  2. ނޫނޭގަދަ

    ސްޓްރީކް ގެއްލިގެން ވާނެ ގެއްލުމަކީ ކޮބައިތޯ؟ ސްޓްރީކް ނުގެއްލުވައި ޑާޓަ ކޮޅު ހުސްކުރުމުން ވާ ފައިދާއަކީ ކޮބައިތޯ؟ ވަކިވަރަަކަށް ސްޓްރީކް ލިބުނީމަ ވާ ފައިދާއަކީ ކޮބައިތޯ؟