ބޮލީވުޑްގެ މަޝްހޫރު ތަރި އަދި ޑައިރެކްޓަރު ކަންގަނާ ރާނަތް މަސްތުވާތަކެތި ބޭނުންކުރި ކަމަށް އަމިއްލައަށް އެއްބަސްވާ ވީޑިއޯ އެއް ދައުރުކުރަން ފަށައިފިއެވެ.

ކަންގަނާ އަކީ ދާދި ފަހުން ދަން ޖެހި އަމިއްލަ އަށް މަރުވި ސުޝާންތު ސިންގް ރާޖްޕުތް އަށް އިންސާފު ހޯދައިދިނުމަށް އެންމެ ފޯރީގައި ވަކާލާތުކުރަމުން ދިޔަ މީހެކެވެ. ސުޝާންތުގެ މަރާއި މަސްތުވާތަކެތީގެ މައްސަލައަކާ ގުޅުމެއްވާ ކަމަށް ތުހުމަތު ކުރެވެމުން އަންނަ އިރު ސުޝާންތުގެ މަރާ ގުޅިގެން އޭނާގެ ލޯބިވެރިއާ ރިއާ ޗަކްރަބޯތީ އާއި، ރިއާގެ ކޮއްކޮ އާއި، ސުޝާންތުގެ ހައުސްކީޕިން މެނޭޖަރު ވަނީ ހައްޔަރުކޮށްފައައެވެ.

ކަންގަނާ މަސްތުވާތަކެތި ބޭނުންކުރާކަން އެންމެ ފުރަތަމަ ހާމަކޮށްފައި ވަނީ މަހަރަސްތްރާގައި ހޯމް މިނިސްޓަރު އަނިލް ދެޝްމުކްއެވެ. އަނިލް ވަނީ ކަންގަނާ މަސްތުވާތަކެތި ބޭނުންކޮށްގެން ހުރެ އޭނާ އަށް މަސްތުވާތަކެތި ބޭނުންކުރުމަށް ހިތްވަރު ދީފައިވާކަމަށް ބުނެފައެވެ.

މިހާރު ދައުރުވަމުން އަންނަ ވިޑިއޯ އިން ކަންގަނާ އެއްބަސްވަނީ ވަރަށް ހަގު އުމުރުން ފެށިގެން އޭނާ މަސްތުވާތަކެތި ބޭނުންކުރަމުން އަންނަކަަމަށެވެ. ކަންގަނާ އެ ވީޑިއޯގައި ބުނެފައި ވާ ގޮތުގައި އޭނާގެ އުމުރުން 15 އަހަރާއި 16 އަހަރާއި ދެމެދު އާއިލާއަށް ފިލައިގެން ދިއުމަށް އޭނާ އަށް މަޖުބޫރުވިއެވެ.

އަދި ފިލައިގެން ގޮސް އާއިލާ އާއި ވަކިން ހޭދަކުރި ދުވަސްތަކަކީ ދަތި އުނދަގޫ ދުވަސްތަކެއް ކަަމަށާއި، އެ ދުވަސްވަރު މަސްތުވާތަކެތިވެސް ބޭނުންކުރި ކަމަށް އޭނާ ބުންޏެވެ.

ސުޝާންތުގެ މަރާ ގުޅިގެން ކުރަމުން އަންނަ ތަހުގީގަށް ވަނީ ބޮލީވުޑްގެ އެތައް ތަރިންނެއް މަސްތުވާތަކެތި ބޭނުންކުރަމުން އަންނަކަން ފަޅާއަރަމުންނެވެ. މިއާއެކު މިހާރު ބޮލީވުޑްގެ ތެރޭގައި ވަނީ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބިގް

    ތިއޮއްތީ އަތަށް ގޮވާފަ. ކަންގަނާ ފޭންސް ޑައުން ޑައުން.😅😘🤣

    8
    1
  2. ދުމަށި މީދާ

    މީ ދޯ މާއަގަގަދަ ވެގެން އުޅޭ ކަމަކީ

    10
    1
  3. ޣަނާ

    ކޮބޭ ޗަބުނާ ވީޑިއޯ...؟ ހޯދޭ ހޯދޭ ވަރުބަލިވެއްޖެ

    3
    1