ދަރިން ބެލުމުގައި ފިރިހެނުންގެ ޒިންމާ އަދާކޮށް ދަރިންނާއި އެކު އެމީހުން ހޭދަކުރާ ވަގުތު އިތުރުުކުރުމަށް މިހާރު ފިރިހެނުންވެސް މަސައްކަތްކުރެއެވެ. އަދި ދަރިފުޅު އުފާކުރަން ބައްޕައަކު ނުކުރާނެ ކަމެއް ނޯންނާނެއޭ ބުނުމަކީވެސް ދޮގަކަށް ނުވާނެއެވެ.

މިގޮތުން ދާދި ފަހުން، ބައްޕައަކު އޭނާގެ ދަރިފުޅު އުފާކޮށްދިނުމުގެ ގޮތުން ކުރި ކަމެއް ހިއްސާކޮށްލާނަމެވެ. އެކަމުގެ ސަބަބުން އޭނާއަށް ބޮޑު މަގްބޫލުކަމެއްވެސް ލިބިއްޖެއެވެ.

މި ބައްޕަ ކުރި ކަމަކީ އޭނާގެ އަންހެން ދަރިފުޅު އުފާކުރަން ޑިޒްނީ ޕްރިންސެސްއަކަށް ވީއެވެ. މި ބައްޕައަށް އެތައް ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

ބިއުޓީ އެންޑް ދަ ބީސްޓްގެ ބެލާ އާއި އެއްގޮތަށް ހެދުން އެޅި އެ ބައްޕައަށް އެތައް ބައެއްގެ ސަމާލުކަން ލިބިފައި ވަނީ ޓްވީޓާގައެވެ.

ޖޯނީ ޑީން އޭނާގެ ދަރިފުޅަށް ބެލާ ކޮސްޓިއުމް ގަނެދިނީ އެވެ. އަދި އޭނާ ހެދުން އަޅަންވީ ދަރިފުޅު ގާތުން އެހިއެވެ. އެގޮތުން އޭނާ ހެދުން އަޅަންވީ ބީސްޓްހެންތޯ ސުވާލުކުރުމުން އެ ދަރިފުޅު ބުނީ ބޭނުންވަނީ ބައްޕަ ޕްރިންސެސްއަަށް ހަދަން ކަމަށެވެ.

ދަރިފުޅާއި އެއްގޮތަކަށް ހެދުން އަޅަން އެދުމުން އޭނާ ވަނީ ވަގުތުން ޕްރިންސެސް ހެދުމަކަށް އޯޑަރު ދީފައެވެ. އަދި އެގޮތަށް އޭނާ ހެދުން އަޅާފައިވެސް ވެއެވެ.

ސެޕްޓެމްބަރ 23 ވަނަ ދުވަހު ޓްވިޣައި އާއްމު ކުރި އެ ފޮޓޯއަށް 30،000 މީހުން ލައިކްކޮށްފައި ވެއެވެ. އަދި 3500 މީހުން ވަނީ އެ ރީޓްވީޓްކޮށްފައެވެ.

ބައެއް މީހުން ވަނީ އޭނާއަކީ މުޅި އަހަރުގެ އެންމެ މޮޅު ބައްޕަަކަމަށް ބުނެފައެވެ. އަދި އޭނާއަކީ އޭނާގެ ދަރިފުޅުގެ ހީރޯކަމަށްވެސް އެ މީހުން ވަނީ ބުނެފައެވެ.

އޭނާ ހެދުން އެޅީ ބިއުޓީ އެންޑް ބީސްޓުގެ ބެލާ އާއި އެއްގޮތަށެވެ. އެ ހެދުމަކީ ބެލާ އޭނާގެ ބޯލްޑާންސް އަށްލާ ހެދުމާއި އެއްގޮތް ހެދުމެކެވެ.

ޖޯނީ ބުނީ އޭނާގެ ދަރިފުޅަކީ ޑިޒްނީ ކާޓޫނުތަކަށް ވަރަށް ބަލާ ކުއްޖެއް ކަމަށާއި، އޭނާގެ ދަރިފުޅަށް އެ ސަރޕްރައިޒް ވަރަށް ކަމުދިޔަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޭއިބްރާހިމް

    ދަރިފުޅު ކަނޑަށް ފުއްމާލާށޭ ބުނީމަވެސް އެވީދޯ ކަނޑަށް ފުންމަން މީހަކު ހޭބަލިވެދާނެ. ބަލަ އެކުއްޖައަށް ހެޔޮ ނުބައި ބުނެދޭނީއޭ. ފިރިހެނުން އަންހެން ހެނދުން އެޅުމާއި އަންހެނުން ފިރިހެން އެއްޗެހި ލުމަކީ ގޯސްކަމެއްކަން ވިސްނައިދޭނީއޭ.

    26
    6
  2. ބީސްޓް

    މޭކަޕް ނުކުރަންތަ؟

    14
    2