އިންޑިއާގެ ޒޮރާވަރް ސިންގް ނަމަކަށް ކިޔާ މީހަކަށް ދުނިޔޭގެ ރިކޯޑް ފޮތުން ޖާގަ ލިބުނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ.

ނިއު ދިއްލީއަށް ނިސްބަތްވާ އެމީހާ ރެކޯޑް ފޮތުން ޖާގަ ހޯދާފައި ވަނީ ސްކިޕްކޮށްގެންނެވެ. އެއީ ސްކޭޓް އާއެކު ސްކިޕްކޮށްގެން ހެދި ރެކޯޑަކަށްވާ އިރު އެ ރެކޯޑަށް އެތައް ބައެއްގެ ސަމާލުކަން ވެސް ލިބުނެވެ.

މިފަހަރު އޭނާ އަށް ސަމާލުކަން ލިބިފައި މިވަނީ އޭނާ ދައްކާލި އިތުުރު ވީޑިއޯއަކުންނެވެ.

އިތުރު ބަޔަކާއެކު ކުޅެފައިވާ ވީޑިއޯ އިން ފެންނަނޚި އެކަކު އަނެކެއްގެ ބުރަކަށްޓަށް އަރައިގެން ސްކިޕްކުރަމުންދާ މަންޒަރެވެ.

އެތައް ބައެއްގެ ސަމާލުކަމަށް އައިސްފައިވާ މި ވީޑިއޯ ބަލާފައިވާ އެ މީހުންގެ ހުނަރަށް އެތައް ބަޔަކު ދަނީ ތައުރީފްކުރަމުންނެވެ.

އެ ވީޑިއޯ ފެށޭއިރު ފެންނަނީ ހަތަރު ފިރިހެނުން ދެ ޖަމްޕް ރޯޕް އައި އެކު ތިބޭ މަންޒަރެވެ.

https://www.instagram.com/p/CFjdlBxHzet/

ދެ ފިރިހެނުންގެ ކޮނޑަށް އަނެއް ދެ މީހުން އަރާ ތިބެ ފުންމަމުންދަނީ ސިންކްރޮނައިޒްޑްކޮށް އެއްވަރަކަަށް ކަމަށް ވުމާއެކު އެ މަންޒަރު ބަލާލަން ވަރަށް ރީއްޗެވެ.

އިރުކޮޅެއް ފަހުން އެ މީހުން ބުރަކަށި މަތިން ފައިބާ ބްރޭކް ޑާންސް ކުރާހެން ސްކިޕް ކުރާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.

އެ ވީޑިއޯގެ ކެޕްޝަންގައި ވަނީ އެއ ޕިރަމިޑް ފްރީސްޓައިލް ކަމަށް ބުނެފައެވެ. އަދި އެ ހިސާބަށް އާދެވުނީ ހަ އަހަރު ވަންދެން ޝައުގުރިކަމާއެކު ކުރި ބުރަ މަސައްކަތުން ކަަމަށް ވެސް ބުނެފައިވެއެވެ.

ސެޕްޓެމްބަރ 25 ގައި އަޕްލޯޑްކުރި އެ ވީޑިއޯއަށް އިއްޔެެގެ ނިޔަަލަށް 17000 އަށް ވުރެ ގިނަ ވިއުސް ވަނީ ލިބިފައެވެ.

އަދި މީސްމީޑިއާގައި އެ ވީޑިއޯ މިހާރު ވަނީ ވައިރަލްވެފައެވެ.