"ކިންގް އޮފް ބޮލީވުޑް" ގެ ނަމުން ބޮލީވުޑްގައި މަޝްހޫރް ކުޅަދާނަ އެކްޓަރު ޝާޚުރުކް ޚާން އަކީ އަބަދުވެސް އޭނާގެ ފޭނުންނާއި ގާތް ގުޅުމެއް ބޭއްވުމުގެ ގޮތުން އޭނާގެ ފޮޓޯތައް މީސްމީޑިއާގައި އަޕްލޯޑްކޮށް އޭނާގެ ފިލްމުތަކުގެ އަޕްޑޭޓްސްވެސް ހިއްސާ ކޮށްއުޅޭ ފަންނާނެކެވެ. މިގޮތުން ޝާޚުރުކް މިވަނީ އަނެއްކާވެސް އޭނާގެ ފޮޓޯއެއް މީސްމީޑިއާގައި އަޕްލޯޑްކޮށް އެއީ އޭނާއަށް ވެވޭ އެންމެ "ޕެޝެނަބަލް ސްޓައިލް" ކަމަށް ބުނެފައެވެ.

ޓުވިޓާ މެދުވެރިކޮށް ޝާޚުރުކް އާންމުކުރި މި ފޮޓޯގައި ޝާޚުރުކް ލެދާރ ޒާތެއްގެ ޖެކެޓެއް ލައިފައި ހުރިއިރު، އޭނާގެ އިސްތަށިގަނޑު ހުރީ 60 ގެ އަހަރުތަކުގައި މީހުން އިސްތަށިގަނޑު ބަހައްޓާ އުޅުނު ގޮތަށެވެ.

 

މި ވަގުތު ޝާޚުރުކް ކުރަމުން ގެންދަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ޒީރޯ" ގެ ޝޫޓިންގެ މަސައްކަތެވެ. ޝޫޓިންއަށް ޔޫ.އެސްގައި ހުރެ ޝާޚުރުކް މި ފޮޓޯ އާންމު ކުރުމާއިއެކު އޭނާގެ ފޭނުންނާއި އާންމުންގެ ގިނަ އަދަދެއްގެ ބައެއްގެ ފާޑު ކިޔުންތައް އޭނާ އަށް ދަނީ ލިބެމުންނެވެ.

"އަހަރެން އަދި އިތުރު އެއްވެސް ފިލްމަކަށް ސޮއެއް ނުކުރަން. ދެން ތިން ވަރަކަށް މަސް ފަހުން، މިހާރު މި ކުރަމުންގެންދާ ފިލްމުގެ މަސައްކަތް ނިމުނީމަ އެނގޭނީ ޑިސައިޑް ކުރަން ވެސް. ޕްރޮޑިއުސަރުންގެ ތެރެއިން ޝިދާތު ކަޕޫރާއި ރޮނީ އާއި އަދި އެ ނޫނަސް ބައިވަރު ޑައިރެކްޓަރުންނާއިވެސް ދިމާވޭ. އެކަމަކު އަދި ފިލްމެއް ކުޅެން ކޮންފޯމް އެއް ނުކުރަން" ޝާޚުރުކް ބުނެފައިވެއެވެ.

މިހާރު އުމުރުން 52 އަހަރުގެ ޝާޚުރުކް ވަނީ މިހާތަނަށް 14 "ފިލްމް ފެއާ" އެވޯޑްސް ހާސިލްކޮށްފައެވެ.