ކޮންމެ އަންހަނަކުވެސް ބޭނުންވާނީ، އެ މީހުން އުފާކޮށްދޭން، ތަފާތު ކަންކަން ކުރާ ފިރިންނެވެ. އެކުގައި ވަގުތު ހޭދަކުރުމާއި، ތަންތަނަށް ދިއުމާއި ލޯބިން އުޅުމަކީ މިއީ އެންމެންވެސް ބޭނުންވާނެ ގޮތެވެ. ރޮމޭންޓިކް ޑިނާތަކަށް ދިއުން ފަދަ ކަންކަން މިއީ އަންހެންވެރިން ވަރަށް ގަޔާވާ ކަމެއް ކަމަށް ގިނަބަޔަކު ބުނާތީ އަޑުއިވޭއިރު، އެފަދަ ކަންކަމާއި ގުޅޭގޮތުން ބައެއް މަޝްހޫރު ތަރިންވެސް ވާހަކަދައްކާފައި އެބަ ހުއްޓެވެ.

މިގޮތަށް ބާއްވާ ރޮމޭންޓިކް ކަންކަމަށް ބުރޫ އަރާ ފަހަރުވެސް އާދޭތާއެވެ. މިއީވެސް އެފަދަ ކަމެއް ދިމާވި މަޝްހޫރު ދެމަފިރިއެކެވެ. ބޮލީވުޑްގެ ތަރި އަބިޝޭކް ބަޗަން އާއި އޭނާގެ އަނބިމީހާ އަދި ރީތީ ރާނީ އައިޝްވާރިޔާ ރާއީ އަށް މި ވަނީ އެފަދަ ކަމެއް ދިމާވެފައެވެ.

މި ދެމަފިރިން އެކުގައި ހޭދަކުރާ ބައެއް ވަގުތުތަކުގެ ވާހަކަތައް މީސް މިޑިއާގައި ހިއްސާ ކުރެއެވެ. އެ މީހުންގެ ލޯބީގެ ގުޅުމުގެ ވާހަކައާއި، އެކުގައި ކުރި ބައެއް ރޮމޭންޓިކް ކަންތަކުގެ ވާހަކަތަކާއި ގުޅޭގޮތުން އިންޓަވިއުވެސް ދީފައި ވެއެވެ.

މިގޮތުން 2016 ވަނަ އަހަރު އަބިޝޭކް އާއި އައިޝްވާރިޔާ ދިން އިންޓަވިއުއެއްގައި ރާއްޖެ އައިސް އުޅެނިކޮށް ރޮމޭންޓިކް ކަމެއް ކުރަން ހަދައިގެން ދިމާވި ކަމެއް މި ވަނީ ހިއްސާކޮށްފައެވެ. އެ އިންޓަވިއުގައި ދެ މީހުންގެ ކައިވެނީގެ ގުޅުން ވަރަށް ވަރުގަދަ ކަމަށްވެސް ދެމީހުންވެސް ވަނީ ބުނެފައެވެ.

އެ އިންޓަވިއުގައި އަބިޝޭކް ވަނީ އެ މީހުން ރާއްޖެ އައިސް އުޅެނިކޮށް، ރޮމޭންޓިކް ޑޭޓް ނައިޓެއް ބާއްވަން އުޅެނިކޮށް ދިމާވި ކަންތަކުގެ ވާހަކަ ހިއްސާ ކޮށްފައެވެ.

އަބިޝޭކް ބުނީ، 2009 ވަނަ އަހަރު ދެ މީހުންގެ ކައިވެނީގެ އެނިވާސަރީ ފާހަގަކުރަން ރާއްޖެ އައިސް އުޅެނިކޮށް އައިޝްވާރިޔާއަށް ކޭންޑްލްލައިޓް ޑިނާއެއް ބާއްވަން ހުރި ކަމެއް ކުރި ކަމަށެވެ.

"މިއީ ފިރިހެނުންނަށް ހާއްސަކޮށް، އެއްވެސް ހީނުކުރާތި ބީޗްގައި ބާއްވާ ކޭންޑްލް ލައިޓް ޑިނާއަކީ ދުނިޔޭގެ އެންމެ ރޮމޭންޓިކް ކަންތަކަށް ވެދާނެ ކަމަށް، އެއީ އަހަރެން އެކަން ތަޖުރިބާ ކުރިން 2009 ވަނަ އަހަރު އަހަރުމެންގެ އެނިވާސަރީގައި، ރާއްޖޭގައި، އެކަންވީ ބޮޑު ތޫފާނަކަށް". އަބިޝޭކް ބުނެފައި ވެއެވެ.

އެކަމުގެ އިތުރު ތަފްސީލް ދެމުން އޭނާ ބުނީ، ގޮނޑުދޮށުގައި ބާއްވަން އުޅުނު މުޅި ޑިނާ ފަނީވީ ވައިގަދަވުމުގެ ސަބަބުން ކަމަށެވެ.

"ފުރަތަމަ ކަމަށް ވައިގަދަ ކަމުން، އުއްބަތީގެ ހުޅުގަނޑު ދިޔައީ ނިވެމުން، އަނެއްކާ އަހަރުމެންނަށް ހެދި ކެއުންތަކުގެ ތެރެއަށް ވެލިވެސް އެޅިފައި ހުރީ، އެ ކެއުން ވަރަށް ނުބައި، އަހަރެން މި ބުނަނީ އެކަން ނުކުރުމަށް". އޭނާ ބުނެފައި ވެއެވެ.

އަބިޝޭކް ބުނީ، އެ މީހުންގެ އެންމެ ރޮމޭންޓިކް ކަމަކީ އެކުގައި އެތައް ވަގުތެއް ހޭދަކުރުން ކަމަށެވެ. އަދި އަނބިމީހާގެ ވާހަކަތައް އަޑުއެހުން ކަމަށެވެ.

މި ދެ މީހުން އެންމެ ފުރަތަމަ ދިމާވެފައި ވަނީ އެކުގައި މަސައްކަތް ކުރަން އުޅުމުގެ ތެރެއިންނެވެ. އެގޮތުން 2000 ވަނަ އަހަރު ނެރުނު ދައި އަކްޝަރް ޕްރޭމް ކީ ގައި ދެ މީހުން އެކުގައި މަސައްކަތްކޮށް، އެ ހިސާބުން ފެށިގެން ރަހުމަތްތެރިކަމުގެ ގުޅުން ފައްކާކުރިއެވެ. އަދި އެ ގުޅުން ވަރުގަދަވެ، އޭގެ ހަތް އަހަރު ފަހުން ކައިވެނި ކުރިއެވެ. އަދި 2011 ވަނަ އަހަރު އެ މީހުންނަށް ވަނީ އަންހެން ދަރިއަކުވެސް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޢައިޞަވަރި ޢަމާ

    އައިސަވަރި ހާދަ ރީއްޗޭ

    23
    15
  2. ސށށޢސ

    ވިއްސާރަވެ ވައިގަދަ ވުަމކީ ރިސޯޓުން ކުރިކަމެއް ނޫން. ކަލޭމެން ކީއްވެ ޕްލޭން ބީއެއް ނެތީ، ކަލޭމެން ރާއްޖެ އަންނައިރު މޫސުމީ ގޮތުން ދިމާވާ ކަންކަމަށް ތައްޔާރުވެސް ވާންޖެހޭނެތާ، ތުއްތޮންބެ އެބުނަނީ ރާއްޖެ އަޑިއަށް ދާނެޔޭ. ވެލި އެލިފަ ހުރި ކާނާ ކެއީމަ ވާނެ ގޮތަކީ ވެލިކެވޭނީ ވެލިކާން ވެލިކާން ވެލިކާން

    88
    1
  3. ނަދާ

    މީ ޔަގީން މޯދީ ބުނެގެން ރާއްޖޭގެ އަގު ވައްޓަން ކުރި ކަމެއް... ރާއްޖޭގަ އައިޝްވޭރިޔާ މެންނަކަށް ވެލި އެޅިފަ ހުންނަ ނުބައި ކާނާ ނުދޭނެކަން ޔަގީން.. އިންޑިޔާ އައުޓް

    107
    8
  4. ވަހޫދު

    ވައިގަދަ ވިއްސާރަ މޫސުމުގައި ކެންޑްލް ނައިޓް ހަދަން އައުމަކީ ތިމީހުންގެ ކަޑަކަން. ދެން އެހެންނޫނަސް އިންޑިއާ މީހުންނަށް ރާއްޖެއިން ރަނގަޅު ކަމެއް ނުފެންނާނެ މިހާރަކު.

    36
    3
  5. ޙޖކކސ

    ދެން ރާއްޖެ ނައިނަމަ ވީހެއްނު

    54
    3
  6. އައިސް

    އަންނި ބުނުއްވިޔޭ ކޭނޑަލް ނައިޓް ހެދޭނޭ ވައިގަދަވެ ވިއްސާރަވިޔަސް އެކަމް ވެލިކެވޭނެ ކަމެއް އަންނި ނުބުނުއްވާ.

    15
    1
  7. ސުވާލު

    ކަލޭމެން ތީ އޫރުމަސް ކާ ބައެއްނު؟ ދެން ކީއްވެ ވެލިނުކެވެންވީ؟

    12
    3
  8. ްސްކްއީޒް

    ވެލި ކާންދީފަ އޮންނާނީ.. ދެން ލަލަލަ.. އިންޑިއާ އައުޓް

    11
    1
  9. ހޭޖެހޭ މީހާ

    މޮޔައިން ކަންތައް ކުރަން އުޅުނީމަ ވާނީ ތިހެން އިންޑިއާގެ %90 މީހުންނަކީ މޮޔައިން

  10. މެހެމާނުންނަށް ކަމޭހިއްތަވާ.

    ދެމަފިރިންނަށް މިކަމުގަ ދިމާވި ކަންތަކަށް މާފަށްއެދެން. ދިވެހިރާއްޖެއަކީ މެހެމާނުނަށް ދިމާވާ މިފަދަ ކަންކަމުގައި އެމީހުންގެ އިހުސާސްތައް ދަންނަ ބަޔަކު ތިބިތަނެއް. އުއްމީދުކުރަން ދެންއަންނަ ދަތުރު މިއަށްވުރެ ބާއްޖަވެރި އުފާވެރި ދަތުރަކަށްް ވާނެކަމަށް. އޯލްދަބެސްޓް.

  11. ދެލިފުޅި

    އިންޑިޔާއިން ޢަންނަ ފަތުރުވެރި މެހެމާނުންނަށް މަރުހަބާ. ރާއްޖެއަކީ ޗުއްޓީ ހޭދަކުރަން އެންމެ ރަނގަޅު އެއްތަން.

    5
    1