މޮޑެލް ކުރުމުގެ ދާއިރާއިން ޢަލީ ފަޒަލްގެ ހުނަރު ދައްކާލުމަށްފަހު މިހާރު އޭނާގެ ހުނަރު ދައްކައިދެނީ އެކްޓު ކުރުމުގެ ދާއިރާއިންނެވެ. ޢަލީ ފަޒަލް ދަނީ ކާމިޔާބީގެ އެތައް ހަރުފަތެއް ގިރާކުރަމުންނެވެ.

މިރްޒާޕޫރު، ފުކްރޭ، ހާމޯޝިޔާން ފަދަ ފިލުމުތަކުން އޭނާގެ ހުނަރު ދައްކާލުމަށްފަހު މިހާރު އޭނާގެ މިސްރާބު ހުރީ ހޮލީވުޑާއި ދިމާއަށެވެ. ޢަލީ ފަޒަލްގެ އެކްޓިންގެ ހުނަރަކީ ފާހަގަކޮށްލެވޭ ފަދަ ހުނަރެކެވެ. ފުކްރޭ ފަދަ ފިލުމުތަކުން އެންމެ ހެއްވާލާ، މިރުޒާޕޫރު ފަދަ ފިލުމުތަކުން ސީރިއަސް އެކްޓިން ދައްކާލުމުން ޢަލީ ފަޒަލްގެ ހުނަރު ފެނިގެންދެއެވެ.

ކުރިއަރަމުން އަންނަ މި ޒުވާން އެކްޓަރަށް ހޮލީވުޑުގެ ފިލުމުތަކުން ޖާގަ ލިބުނީ ޔަގީނުން ވެސް އޭނާގެ އެކްޓިންގެ ހުނަރުވެރިކަމުންނެވެ.

މި އަހަރު އެޅުވުމަށް ހަމަޖެހިފައިވާ ކެނެތް ބުރެނާގެ ފިލުމު ''ޑެތް އޮން ދަ ނައިލް''ގައި ޢަލީ ފަޒަލްގެ ހުނަރުވެރިކަން ދައްކުވައިދޭނެއެވެ. ޢަލީ ފަޒަލްގެ ސަޕޯޓަރުންނެކޭ އެއްފަދައިން ޚުދު އޭނާ ވެސް ހުރީ އެ ފިލުމު ރިލީޒްކުރާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

މި ހިސާބުން ޢަލީ ފަޒަލްގެ ހޮލީވުޑުގެ ދަތުރު ނިމުނީއެއް ނޫނެވެ. ރިޕޯޓްތަކުން ބުނާގޮތުގައި ''ދި ޓްނައިޓް ޝޯ''ގެ ކުރީގެ ލިޔުންތެރިޔާ އެލަން ވެންކަސްގެ ހަނގުރާމަ މަތީގެ ފިލުމަކުން އޭނާ ފެނިގެން ދާނެ އެވެ.

މެގަޒިންއަކަށް ދިން ބަސްދީގަތުމެއްގައި ޢަލީ ފަޒަލް ބުނެފައިވަނީ އެލަން ވެންކަސްގެ ފިލުމުގެ ޝޫޓިންގ ވަރަށް އަވަހަށް ލޮސް އެންޖަލެސްގައި ފަށާނެ ކަމަށެވެ.

ޢަލީ ފަޒަލްގެ ބޮލީވުޑުގެ މަސައްކަތަށް ބަލާއިރު ދެން އެންމެ އަވަހަށް ފެނިގެންދާނީ މި މަހު ދައްކަން ފަށައި މިރުޒާޕޫރުގެ ދެވަނަ ބައިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާއަހަރެން

    އޭނަ ކުރިން ވެސް ހޮލީވުޑް ފިލްމެއް ކުޅުން. ހީ އިޒް ވެރީ ޓެލެން ޓެޑް