ވަރަށް މަދުން ނޫނީ ފެންނަ ދަނބު-ޕިންކް ކުލައިގެ ޖަވާހިރެއް ރަޝިއާއިން ކޮނެގެން ހޯދައިފިއެވެ. އެ ޖަވާހިރުގެ އަގު 38 މިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ޖަވާހިރު ވިއްކާކަން އިއުލާނު ކުރި ސޮތްބައި ކުންފުންޏާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އެ ޖަވާހިރަށް މިހާރު ވަނީ "ދަ ސްޕިރިޓް އޮފް ދަ ރޯސް"ގެ ނަމުން ނަން ދީފައެވެ. މިއީ މިހާތަނަށް ހޯދި އަދި ވިއްކަން ހުށަހެޅި އެ ވައްތަރުގެ އެންމެ ބޮޑު ޖަވާހިރު ކަމަށް ވެއެވެ.

ފާއިތުވި އަހަރުތަކުގައި ކުލަކުލައިގެ ޖަވާހިރުގެ އަގުތައް ދަނީ މައްޗަށް އަރަމުންނެވެ.

މި ޖަވާހިރު ހޯދާފައިވާ ރަޝިއާގައި މިތަކެތި ހޯދުމަށް ކޮނުމުގެ މަސައްކަތުގައި އުޅޭ ކުންފުންޏެއް ކަަމށްވާ އަލްރޯސާ ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެއީ 14-83 ކެރާޓްގެ ޖަވާހިރެއް ކަމަށް ވެއެވެ. އަދި އެއީ ރަޝިއާއިން މިތާނަށް ފެނުނު އެންމެ ބޮޑު ޕިންކް ކްރިސްޓަލްގެ ބައެއް ކަމަށްވެސް ސޮތްބައި ކުންފުނިން ވަނީ ބުނެފައެވެ.

އެ ޖަވާހިރު ވަނީ ހޮންގކޮންގގައި އާއި ސިންގަޕޫރް އަދި ޓައުޕެއިގައިވެސް ދައްކާލާފައެވެ. އެއީ މިދިޔަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހުގެ ކުރިންނެވެ.