މަސައްކަތުގެ މާހައުލަކީ ވަރަށް މަސައްކަތް ކުރާ ހިތްވާ ފަދަ މާހައުލަކަށް ވުމާއި އަދާަ ކުރާ ވަޒީފާއަކީ ހިތްހަމަ ޖެހިގެން އަދާ ކުރެވޭ ވަޒީފާއަކަށްވުމަކީ މުހިންމު ކަމެވެ. ނޫން ނަމަ ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ގެއްލުންވުމުގެ އިތުރަށް ތިބާގެ ''ޕަރފޮމެންސް ލެވެލް'' ވެސް ދަށްވެގެންދާނެއެވެ.

މިހެންވެއްޖެނަމަ ދިގު މުއްދަތެއްގެ ތެރޭގައި ވަޒީފާ ގެއްލިދާނެއެވެ. އެހެންކަމުން ވަޒީފާދެކެ ފޫހިވެގެން ތިބުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އެކަމުގެ ހައްލު ހޯދައިގެން އުފާވެރިކަމާއިއެކު ވަޒީފާ އަދާކޮށްލުން ރަނގަޅު ވާނެއެވެ.

ވަޒީފާމަތިން ފޫހިވެދާނެ ބައެއް ކަންތައްތައް:

  • ހުނަރު
  • އަދާކުރާ ވަޒީފާގައި މާބޮޑަށް އެނގިގެން ނުވަތަ ތިބާގެ ފަރާތުން އެދޭ މިންވަރު އިތުރުނަމަ އެކަމުގައި މައްސަލަތަކެއް ކުރިމަތިވެދާނެއެެވެ.
  • ކޮންޓްރޯލް ނެތުން
  • އަހަރެމެންގެ ދިރިއުޅުމުގެ ހުރިހާ ކަމެއް އަމިއްލައަށް ކޮންޓްރޯލް ކުރަން އެންމެން ވެސް ބޭނުންވެއެވެ. ނަމަވެސް ވަޒީފާގައި މިކަން ނުވާނަމަ އެކަމުން މައްސަލަތަކެއް ކުރިމަތިވެދާނެއެވެ.
  • ކުރާަ މަސައްކަތް ބަލައިނުގަތުން
  • ކުރާ މަސައްކަތް ބަލައިނުގަންނަނަމަ އެ ވަޒީފާއެއްގައި އުޅުމަށް ފޫހިވާނެއެވެ. އެކަން ކުރުމުގެ ޝައުގުވެރިކަން ގެއްލެއެވެ.

މިކަންތައްތަކަށް އޮތް ހައްލަކީ:

  • ތިމާ އެެންމެ މޮޅުކަމަކަށް ޓާގެޓް ކުރުން
  • ތިމާގެ ހުނަރު އެންމެ ރަނގަޅަށް ދައްކައިލެވޭނެ ދާައިރާއަކުން ކުރިއަށް ދިޔުމަށް ނިންމުން.
  • މަސައްކަތު މާހައުލުގެ ބޭރުން ޝައުގުވެރިވާ ކަމެއް ހޯދުން
  • ތިމާ ހިތްހަމަޖެހޭ އެހެން ކަމެއް ހޯދާށެވެ. އުފެއްދުންތެރި ކަމެއް، ނުވަތަ ރަހުމަތްތެރިންނާއެކު އެއްވެލުމެއް، ނުވަތަ ޕާޓީއެއް ފަދަ ކަމަކުން ތިބާގެ ހިތްހަމަޖެހުމުން ވަޒީފާއަށް ވެސް އެކަމުން އެދެވޭ އަސަރު ކުރާނެއެވެ.
  • އަމިއްލަ ނަފުސަށް އަޅާލާށެވެ.
  • މަސައްކަތުގެ ހާސްކަމުން އެއްފަރާތް ވެގެން ނިދާލާށެވެ. ކޮންމެ ދުވަހެއްގެ ވެސް ފެށުމުގައި އަމިއްލަ ނަފުސަށް ވަގުތުކޮޅެއް ދޭށެވެ. ވަޒީފާ އަދާކުރާއިރު ލިބޭ ހުސްވަގުތުތައް ވެސް އަމިއްލަ ނަފުސަށް ހުސްކޮށްލާށެވެ.
  • ހާލަތްތައް ސީރިއަސްކޮށް ނުނަގާށެވެ.
  • މަސައްކަތުގެ މާހައުލުގައި ފޫހިވާކަމެއް ނުވަތަ ހާސްވާފަދަ ކަމެއް ދިމާވެއްޖެ ނަމަ އެކަން މަޖަލަކަށް ހަދައިގެން އަމިއްލައަށް ހީލާށެވެ. މީގެ ސަބަބުން ސްޓްރެސް ލެވެލް ދަށްވާނެއެވެ.
  • ތިބާއަށް ވަޒީފާ އަދާކުރެވެނީ ހިތްހަމަ ޖެހިގެން އުފާވެރިކަމާއިއެކުތޯ ޔަގީންކުރާށެވެ.