ކެންސަރު ބަލީގެ ޝިކާރައަކަށްވެފައިވާ އަންހެނަކު ކައިވެނި ކުރިތާ 11 ދުވަސް ފަހުން މަރުވެއްޖެއެވެ.

އޭޝްލީ ސިމްރާޖް ނަމަކަށް ކިޔާ އުމުރުން 23 އަހަރުގެ އެ ޒުވާނާ އޭނާގެ ލޯބިވެރިޔާއާއި ކައިވެނި ކޮށްފައިވަނީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހުއެވެ. އޭނާގެ ކައިވެނި ހަފްލާގައި އާއިލާއާއި ރަހުމަތްތެރިން ހިމެނޭހެން 50 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.

އޭނާ މަރުވެފައިވަނީ ކައިވެނި ކުރިތާ 11 ދުވަސް ފަހުން ގިނަ އަދަދެއްގެ މީހުން ކައިރީގައި ތިއްބައި ކަމަށް އޭނަގެ ބައްޕަ ސިމްރާޖް ވަނީ ބުނެފައެވެ.

އޭޝްލީ އަށް ޖެހިފައިވަނީ ހަމުގެ ކެންސަރުގެ ވައްތަރެކެވެ. އޭނާގެ މަރު ވެފައިވަނީ ބައިއޮޕްސީ ރިޕޯޓް ނަހަދައިގެން ކަމަށްވެސް އޭނާގެ ބައްޕަ ވަނީ ބުނެފައެވެ. ބައިއޮޕްސީ ރިޕޯޓް ހެދުމަށް ސިއްހީ ހިދުމަތްތެރިން ފަރުވާ ކުޑަކުރީ ކަމަށް އޭނާގެ ބައްޕަ ތުހުމަތު ކުރެއެވެ.

އޭޝްލީގެ މަންމަ، ބައްޕަ އަދި ދައްތަ"ގަބޫލެއް ނުކުރެވޭ އޭޝަލީ މަރުވެގެން ދިޔައީ ހަމުގެ ކެންސަރުގައި ކަމަށް. މިއީ އޭޝްލީ މަރުވާން ޖެހުނު ސަބަބު" އޭޝްލީގެ ފައިގައި ހުރި ބިއްސެއްގެ ބައިއޮޕްސީ ރިޕޯޓް ނުނަގައިގެން ކަންބޮޑުވުން ފާޅު ކުރަމުން އޭނާގެ ބައްޕަ ކިޔައިދިނެވެ.

އޭޝްލީގެ ބައްޕަ ބުނީ، އޭނާ މަރުވީ، ޑޮކްޓަރުން އޭނާގެ ފައިގައި ހުރި އެ ބިއްސަ އަޅާލުމެއް ނެތި ބައިއޮޕްސީ އެއް ނަހަދައި ދޫކޮށްލުމުން އެކަމުގެ ސަބަބުން ކަމަށެވެ.

އޭޝްލީ އަކީ ހަމުގެ ކެންސަރު ހުރިއިރު ގަވައިދުން ޑޮކްޓަރުންގެ އިރުޝާދުތައް ބަލައި އާންމުންގެ ގިނަ ބައެއްގެ ކައިރީވެސް ހަމުގެ ޓެސްޓުތައް ހަދައި ސިއްހަތަށް ބެލުމަށް އިލްތިމާސް ކުރި މީހެއް ކަމަށް ސިމްރާޖް ވަނީ ބުނެފައެވެ.