އިންޑިއާގެ އަންދްރާ ޕްްރަދޭޝްގައި އުމުރުން 24 އަހަރުގެ އަންހެނެއްގެ ގައިގައި، އޭނާގެ ކުރީގެ ލޯބިވެރިޔާ އަލިފާން ޖެހީ އޭނާއާ އިނުމަށް ނުގަނބޫލު ވުމުންނެވެ. މިދިޔަ ހޯމަ ދުވަހު އެ އަންހެން މީހާގެ ގައިގައި މި ފިރިހެން މީހާ އަލިފާން ޖެހިއިރު، އެ އަންހެން މީހާ ވަނީ އެ ފިރިހެން މީހާ އެ އަލިފާންގަނޑުގެ ތެރެއަށް ވައްޓާލާފައެވެ. މިއާއެކު ދެ މީހުން މަރުވީ ގާތްގަނޑަކަށް އެކު އެކީގައެވެ.

އިންޑިއާގެ ނޫސް ރިޕޯޓްތައް ބުނާގޮތުގައި، ޗިންނާރި ނަމަކަށް ކިޔާ އެ އަންހެން މީހާއަކީ ކޮވިޑް-19 ނަރުހެއްގެ ގޮތުގައި މަަސައްކަތް ކުރަމުންދާ މީހެކެވެ. އޭނާއަށް ހަމަލާދިން ޖީީ ނަަގަބުޝަނަމް އާއި ދެ މީހުންނަކީ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހުންނެވެ. ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅެން ފެށިތާ ހަތަރު އަހަރުވީ ފަހުން އެ ގުޅުން ވަނީ ކެނޑިފައެވެ.

ނަމަވެސް އުމުރުން 25 ނަަގަބުޝަނަމް އެ ގުޅުން ކެނޑުނީ ކަަމަކަށް ނުބަލައެވެ. އަދި އޭނާ ދިޔައީ ޗިންނާރިއަށް އުނދަގޫ ކުރަމުންނެވެ. އޭނާގެ ހިތް އަނބުރާ ލިބޭތޯ ބަލަމުން ދިޔައެވެ.

ފުލުހުން ބުނީ، އޭނާ މަސައްކަތް ކުރަމުން ދިޔައީ، ޗިންނާރް އާއި ކައިވެނި ކުރުމަށް ކަމަށެވެ.

މިކަންތައް ބޮޑުވެ، އެންމެ ފަހުން ޗިންނާރިގެ މައިންބަފަަައިން ވަނީ އެ މައްސަލަ ފުލުހަށް ހުށަހަޅާފައެވެ. އޮކްޓޯބަރު ފަސް ވަނަ ދުވަހު އެ މައްސަލަ ފުލުހަށް ހުށަހެޅިއިރު، ފުލުހުން ވަނީ ނަަގަބުޝަނަމް އަށް ގުޅައި، ޗިންނާރްއަށް އުނދަގޫ ނުކުރާނެ ކަމަށް ބުނެ ގަނޑެއްގައި ސޮއި ކުރަން ދިނެވެ.

އެކަމާއި ނަަގަބުޝަނަމް ހުރީ ނުރުހިފައެވެ. އަދި އޮކްޓޯބަރު 12 ވަނަ ދުވަހު އޭނާ ވަނީ ޗިންނާރި މަސައްކަތް ނިންމާލައި ގެއަށް ދިޔަ މަގުމަތީގައި ގަޔަށް ކަރާސިން އަޅާފައެވެ. އަދި އޭނާގެ ގައިގައި އަލިފާން ރޯކޮށްލާފައެވެ.

ފުލުހުން ބުނީ، އެގަޑީގައި ޗިންނާރީ ނަަގަބުޝަނަމްގެ ގައިގައި ހިފާ އޭނާވެސް އަލިފާންގަނޑުގެ ތެރެއަށް ވެއްދި ކަމަށެވެ. އަދި އޭނާގެ ގައިގައި ޗިންނާރް ހިފަހައްޓައިގެން ހުރުމުން އޭނާގެ ގައިގައިވެސް އަލިފާން ރޯވީއެވެ.

މިޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ޗިންނާރް ވަނީ އެތަނުގައި މަރުވެފައެވެ. އަދި ނަަގަބުޝަނަމް ގައިގައި 80 އިންސައްތަ އެނދިއިރު، އޭނާއަށް ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށް ގުންތޫރްގައި ހުންނަ ގަވާމެންޓް ޖެނެރަލް ހޮސްޕިޓަލަށް ގެންދިޔަ ފަހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު