އިންޑިޔާގެ މަޝްހޫރު ކުރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީއާއި އޭނާގެ އަންހެނުން، ބޮލީވުޑުގެ މަޝްހޫރު އެކްޓްރެސް އަނުޝްކާ ޝަރުމާ ޕޫލުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފިއެވެ.

އަނުޝްކާއާއި ވިރާޓް ޕޫލަށް އެރި ތިއްބާ ނަގާފައިވާ މި ފޮޓޯ އިތުރަށް ފުރިހަމަ ކޮށްދީފައިވަނީ އިރުއޮއްސޭ މަންޒަރުންނެވެ. މި ހިތްގައިމު ފޮޓޯ ނަގައިދީފައިވަނީ ރޯޔަލް ޗެލެންޖާސް ބެންގަލޫރު ޓީމުގެ ކުޅުންތެރިޔާ، ވިރާޓްގެ ޓީމްމޭޓް އޭބީ ދި ވިލިއާސްއެވެ.

ހިތަކާއި އިރުއޮއްސޭ މަންޒަރުގެ އައިކޮންއަކާއިއެކު ވިރާޓްގެ އިންސްޓަގުރާމު އެކައުންޓުގައި ހިއްސާކޮށްފައިވާ މި ފޮޓޯއަށް ވިލިއާސް ކޮމެންޓު ކޮށްފައިވަނީ ''ޕާފެކްޓް''ގެ އައިކޮންއިންނެވެ. ވިލިއާސްގެ މި ކޮމެންޓަށް 51،000 މީހުން ލައިކް ދީފައިވެއެވެ. ވިރާޓްގެ އިންސްޓަގުރާމު ޕޯސްޓުގައި ފޮޓޯ ނެގި ފަރާތްކަމަށް ޓެގު ކޮށްފައިވަނީ އޭބީ ދި ވިލިއާސްއެވެ.

https://www.instagram.com/p/CGfSWf2l_rs/?utm_source=ig_embed

އޭބީ ދި ވިލިއާސްއަކީ ސައުތު އެފުރިކާއަށް ނިސްބަތްވާ މޮޅު ކުރިކެޓް ކުޅުންތެރިއެކެވެ.

މިދިޔަ އޯގަސްޓް މަހު އަނުޝްކާއާއި ވިރާޓް ވަނީ އެ މީހުންނަށް ދަރިއަކު ލިބެން އުޅޭކަން އިންސްޓަގުރާމުގައި ހިއްސާކޮށްފައެވެ. އަދި އަނުޝްކާ ވިހާަނެކަމަށް ބުނެފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހެވެ.

މިހާރު ކުރިއަށްދާ އައިޕީއެލް ޕްރިމިއަރ ލީގުގެ ވިރާޓްގެ މެޗުތައް ބެލުމަށާއި އޭނާއަށް ސަޕޯޓް ކުރުމަށް އަނުޝްކާ ގޮސްފައިވެއެވެ.

އަނުޝްކާގެ އިންސްޓަގުރާމު އެކައުންޓު ފަޅުފިލުވައިދީފައިވަނީ އޭނާގެ ބަނޑާއިއެެކު ނަގާފައިވާ ހިތްގައިމު ފޮޓޯތަކުންނެވެ.

2018 ވަނަ އަހަރު ޝާަހުރުކް ޚާނާއިއެކު ކުޅުނު ''ޒީރޯ'' ފިލުމަށްފަހު އަނުޝްކާ އިތުރު ފިލުމެއް ކުޅެފައެއް ނުވެއެވެ. ނަމަވެސް މި އަހަރު އަނުޝްކާ ވަނީ ދެ ވެބް ސީރީޒްއެއް ޕްރޮޑިއުސް ކޮށްފައެވެ. އެއީ ''ޕާތަލް ލޮކް''އާއި ''ބުލްބުލް''އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަނުޝްކާ ގެ މާމަ

    ތިޔަކަން ނޭނގިގެން ހިތާމައިން ނުވެސް ކާ މީނީ.. ރޭ ނުވެސް ނިދުނު.. ދެން މިރޭ ނިދާލާނަން ވަރަށް އަރާމުކޮއް.. މިހާރު މިދަނީ ކާން.. ކޮން އިރެއް މިކަމުގަ ނުކާ އިއްނަތާ.. 😆

    19
    6
  2. ސައީދު (އިބްރޯ ހިމް)

    "އަނުޝްކާ ވިހާނެކަމަށް ބުނެފައިވަނީ 2021 ވަނަަ އަހަރު ޖެނުއަރީ މަހެވެ."
    ކިހާވަރަކުން ދާނެބާ؟؟؟

  3. ސަޒުނާ

    މި މީހުން ކައިވެނި ކުރީ ކޮންއިރަކުބާ.