"ޓޯއީ ސްޓޯރީ" ކާޓުން އަކީ އެތައް ބައެއްގެ މަޤުބޫލުކަން ލިބިގެންދިޔަ ކާޓޫނެކެވެ. އެންމެ ފުރަތަމަ 1995 ވަނަ އަހަރުފެ ތެރޭގައި ޕިކްސާ އިން ޕްރޮޑިއުސްކޮށް، ޑިޒްނީގެ ނަމުގައި މި ފިލްމު ނެރެފައިވާއިރު، ފަހުން، މި ސިލްސިލާގެ އެހެން ކާޓޫން ފިލްމުތައްވެސް ބެލުންތެރިންނާ ހަމައަށް އައިސްފައިވެއެވެ. މި ކާޓޫނުގައި ދައްކާ ކެރެކްޓާތަކަކީ، އޭރުގެ ކުޑަކުދިންގެ މެދުގައި މަޤުބޫލުވި ކެރެކްޓާތަކަކަށްވާއިރު، މިއީ އަދުގެ ކުޑަކުދިންގެ މެދުގައިވެސް މަޤުބޫލު ކެރެކްޓާތަކެކެވެ.

ފިލްމުގެ މަޤުބޫލުކަން އެންމެ ރަނގަޅަށް ހާމަވަނީ، އެ ކާޓޫން ފިލްމުގެ ތީމް އަކަށް ބިނާކޮށް، ބޮޑު މަތިންދާބޯޓެއް ޑިޒައިން ކުރުމުންނެވެ. ޗައިނާގެ އެއަރލައިނަކުންވަނީ، އެކުންފުނީގެ މަތިންދާބޯޓެއް، ޓޯއީ ސްޓޯރީ ތީމް އަށް ޑިޒައިން ކޮށްފައިވަނީ، އެޤައުމުގެ ޝަންހާއީގައި ހުންނަ ޑިޒްނީ ރިސޯޓާ ގުޅިގެންނެވެ.

މި ޑިޒައިން ކޮށްފައިވާ ބޯޓުގެ އުދުހުންތައް، މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ފަށާފައިވާއިރު، މި ބޯޓަށް އެތައް ބައެއްގެ ސަމާލުކަން އަންނަ ލިބެމުންނެވެ.

މަތިންދާބޯޓުގެ ބޭރުގައި ޓޯއީ ސްޓޯރީ އިން ފެނިގެންދާ ބަޒް ލައިޓް އިޔަރ ކުރަހާފައިވާއިރު، ބޯޓުގެ އެތެރޭގެ ސީޓުތަކުގައި އަޅާފައިވާ ރުމާކޮޅުތަކުގައިވެސް ހުންނަ ކާޓޫނުގެ ކެރެކްޓާތަކެވެ. ހަމައެހެންމެ، ބޯޓުގެ އެހެން ބައިތައްވެސް، ކާޓުނާ ވަނީ ވަރަށް ބޮޑަށް ގުޅުވާފައެވެ.

މިގޮތަށް ބޯޓު ޑިޒައިން ކުރުމުގެ އެންމެ ބޮޑު އެއް ހިއްސާއެއްވި ޝަންހާއީގެ ޑިޒްނީ ރިސޯޓުންދަނީ، ޓޯއީ ސްޓޯރީގެ ތީމަށް ބިނާކޮށް ޑިޒައިން ކޮށްފައިވާ ހޮޓަލެއްވެސް ހިންގަމުންނެވެ. ހަމައެހެންމެ، މި އެއަރލައިނުގެ އެހެން މަތިންދާބޯޓެއް، މިކީ މައުސް އަދި މިނީ މައުސްގެ ތީމަށްވަނީ ޑިޒައިން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު