އައިފޯނާއި އެންޑްރޮއިޑްގެ އެންމެ ފަހުގެ ފޯންތައް ގެންގުޅޭ ގިނަ މީހުން އަބަދުވެސް އެންމެ މޮޅީ ކޮންފޯނެއްތޯ ބަލައެވެ. އަދި ފޮނިވެސް ކަޑައެވެ. މިއީ އަބަދުވެސް ކުރާ ކަމެއް ކަމަށްވާއިރު، ފަހުގެ ފޯނެއް ނެރޭއިރަށް މިއީ ހަމަ އާއްމުކޮށް ކުރާ ކަމެކެވެ.

އެގޮތުން ދާދިފަހުން އެންޑްރޮއިޑް ފޯނަކާއި އައިފޯނެއްގެ ސްޕީޑް ޓެސްޓްކޮށް މީހަކު ވީޑިއޯއެއް މީސް މީޑިއާއަށް ލުމުން ވަނީ ބޮޑު ކޯޅުން ގަނޑަކަށް އެކަން ވެގެން ގޮސްފައެވެ.

އިންސްޓަގްރާމްގައި މީހަކު ހިއްސާ ކޮށްފައިވާ 33 ސިކުންތުގެ އެ ވީޑިއޯ 24 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ބަލާފައެވެ.

އެވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ވަނީ ދެ ފޯނުންވެސް އެފަހަރާ އެކި އެޕްލިކޭޝަންތަކެއް ހުޅުވާފައެވެ. އޭގެ ތެރޭގައި ޓުވިޓާ، އިންސްޓަގްރާމްގެ އިތުރުން މިހާރަކަށް އައިސް އެންމެ މަގުބޫލު އެއް ގޭމު ކަމަށްވާ 'އެމޯންގްއަސް' ވެސް ވަނީ ހުޅުވާފައެވެ. ވީޑިއޯ އިން ފެނިގެންދާ ގޮތުގައި ހުރިހާ އެޕްލިކޭޝަނެއްވެސް އެންމެ އަވަހަށް ހުޅުވިގެން ގޮސްފައިވަނީ އެންޑްރޮއިޑް ފޯނުގައެވެ.

https://twitter.com/rareprixt/status/1318040366189195265

މިކަމާއި ގުޅިގެން ހޫނު ޒުވާބެއްވެސް ވަނީ ގޮސްފައެވެ. ބައެއް ފަރާތްތަކުން އެންޑްރޮއިޑްގެ ކަޑަ ވާހަކަ ދައްކާފައިވާއިރު، އަނެއް ބަޔަކު ދައްކާފައިވަނީ އައިފޯނުގެ ކަޑަ ވާހަކައެވެ.

އެގޮތުން ބައެއް މީހުން ބުނެފައިވަނީ ސްޕީޑް ދެއްކިއަސް ކެމެރާއަށް ބަލާއިރު އެންޑްރޮއިޑް މާ ދެރަ ކަމަށާއި އެންޑްރޮއިޑް ގެންގުޅޭ މީހުން އައިފޯނަށް ބަދަލު ކުރުމުން ސްޕީޑް ރަނގަޅަށް އެނގޭނެ ކަމަށް ވަނީ ބުނެފައެވެ.

އެޕަލް އިން އާ ފޯނެއް ނެރޭއިރު، އެންޑްރޮއިޑް ބޭނުން ކުރާ ބައެއް ފަރާތްތަކުން ތަފާތު ވާހަކަ ދައްކައެވެ. އަދި އެންޑްރޮއިޑް މޮޅު ފޯނެއް ނެރޭއިރަށް، އެޕަލްގެ ފޭނުން ކެކި އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަށްފުށު މާމަ

    އެންޑްރޮއިޑް♥️😍😘👍🏼👌🏼💯

    26
    7
  2. އޖއ

    އައިފޯން އިޒް ނެވަރ ބެޓަރ

    3
    3