އަންނަ ސެޕްޓެމްބަރު މަހުގެ 27 ވަނަދުވަހުން ފެށިގެން ކުރީގެ ފޯނުތަކުން ގޫގުލްއަށް ނުވަދެވޭ ގޮތް ހަދަން ގޫގުލް އިން ނިންމައިފި އެވެ.

ގޫގުލް އިން ބުނީ ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން ކުރީގެ ފޯނުތައް ކަމަށްވާ އެންޑްރޮއިޑް ޖިންޖާބްރެޑް 2.3.7 ގެ ފޯނުތަކުން ދެން ގޫގްގައި ސައިންސިން ނުވެވޭވެ ކަމަށެވެ. ކުރީގެ ފޯނުތަކަކީ އާ އަޕްޑޭޓްތައްވެސް ނުކުރެވޭ ފޯނުތަކަށްވާއިރު މިފަދަ ފޯނުތައް ގެންގުޅޭ ފަރާތްތައްވެސް ވަރަށް މަދެވެ.

އަންނަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން ގޫގުލް އިން ނިންމާފައި ވަނީ ކުރީގެ ފޯނުތަކުން ޖީމެއިލް، ޔޫޓިއުބް، އަދި ގޫގުލް މެޕް އަށް ނުވަދެވޭނެ ގޮތް ހެދުމަށެވެ. ކުރީގެ ފޯނުތަކުގެ ގޮތުގައި ބަލާ ފޯނުތަކަކީ މީގެ 11 ވަރަކަށް އަހަރު ކުރިން އުފައްދާފައިވާ ފޯނުތަކެވެ.

ކުރީގެ ފޯނުތަކުގެ ތެރޭގައި އެންޑްރޮއިޑް 11، އެންޑްރޮއިޑް 10، އެންޑްރޮއިޑް 9 ޕައި، އޮންޑްރޮއިޑް 8.0/8.1 އޯރިޔޯ، އެންޑްރޮއިޑް 7/7.1 ނޫގެޓް، އެންޑްރޮއިޑް 6 މާޝްމެލޯ، އެންޑްރޮއިޑް 4.3/4.2/4.1 ޖެލީބީން، އެންޑްރޮއިޑް 4.0 އައިސް ކްރީމް ސޭންޑްވިޗް، އެންޑްރޮއިޑް 3/3.1/3.2 ހަނީކޮމްބް އެއް ނުހިމެނޭނެއެވެ.

ގޫގުލް އިން ބުނީ ކުރީގެ ފޯނުތަކުގެ ތެރޭގައި ހިމެނޭ ބައެއް ފޯނުތައް އަޕްޑޭޓް ކުރެވޭނެ ކަމަށާއި އެފަދަ ފޯނުތައް އަޕްޑޭޓް ކުރެވޭނަމަ އަޕްޑޭޓް ކުރުމަށް އެދޭކަމަށެވެ. އަދި ގޫގުލް އަށް ވަދެވޭނެ ހަމައެކަނި ގޮތަކީ އެ ފޯނުތައް އަޕްޑޭޓް ކުރުމުން ކަމަށް ގޫގުލް އިން ބުނެއެވެ.

ފަހުގެ ފޯނުތަކަކީ ހުރިހާގޮތަކުންވެސް ސެކިއުރިޓީ ވަރުގަދަކޮށް އުފައްދާފައިވާ ފޯނުތަކެވެ. އަދި ސެކިއުރިޓީ ވަރުގަދަކުރުމަށް އަބަދުވެސް އަޕްޑޭޓްތައްވެސް އަންނަ ފޯނުތަކެވެ. އަދި ކުރީގެ ފޯނުތަކާއި ހިލާފަށް ފަހުގެ ފޯނުތަކުގައި ސެކިއުރިޓީ ވަރުގަދަ ކުރެވޭނެ ސެޓިންތައްވެސް އުފައްދާއިރުވެސް ހުރެއެވެ.