ބޮލީވުޑްގެ އެންމެ ޕްރޮމިސިންގެ އެކްޓަރުގެ ގޮތުގައި ފާހަގަކޮށްލެވޭ ވަރުން ދަވަން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް ނަގާފައިވާ ފޮޓޯއެއް މި ވަނީ އަނެއްކާވެސް އިންސްޓަގްރާމް ކޮށްފައެވެ. އޭނާގެ ހަށިގަނޑު ފެންނަ އެ ފޮޓޯއަކީ އޭނާ ރާއްޖޭގެ ރީތި ގޮނޑުދޮށުގައި އޮށޯވެގެން އޮއްވާ ނަގާފައިވާ ފޮޓޯއެކެވެ.
https://www.instagram.com/p/CGrzy74B98m/?utm_source=ig_embed
އެ ފޮޓޯއިން ރާއްޖޭގެ ރީތި ގޮނޑުދޮށާއި، ނޫ އުޑު ފެނިގެން ދާއިރު، އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރި ދުވަސްތައް މާބޮޑަށް ކަމުދަނީ ކަމަަށް ވުން ވަރަށް ގާތެެވެ. އޭނަ ގޮނޑުދޮށުގައި އޮށޯވެ އެ އޮތީ ސިދާ ފޮޓޯއެއް ނެގުމަށް ކަމަށް ބޮޑަށް ބެލެވެ އެވެ.
އެ ފޮޓޯ އޭނާ އާއްމު ކުރިތާ މާ ގިނަ އިރުތަކެއް ނުވެ އެ ފޮޓޯއަށް އެތައް ހާސް ލައިކެއް ލިބުނެވެ. އަދި 5000 އަށްވުރެ ގިނަ ކޮމެންޓްސް ލިބުނެވެ.
އުމުރުން 33 އަހަރުގެ ވަރުން ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން ގޮސްފައި ވަނީ ސޮނެވާ ރިސޯޓުގައެވެ.
ވަރުން އަކީ ފިލްމީ ދާއިރާގައި ހުނަރު ހުރި ޒުވާނެއް ކަމަށް ގިނަބަޔަކު ބުނެއެވެ.
އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ސްޓްރީޓް ޑާންސާ 3ޑީ ފިލްމުންނެވެ. އޭނާއާއެކު އެ ފިލްމްގައި ޝްރަދާ ކަޕޫރާއި ނޯރާ ފަތޭހީ ފެނިގެން ގޮސްފައި ވެއެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ސާރާ އަލީ ޚާން އާއެކު ފެނިގެން ދާ ކޫލީ ނަމްބަރ 1 އިންނެވެ. އެ ފިލްމް ނެރުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު މަސް ތެރޭގައެވެ.
ހޫނ ރީއްޗޭ... ސޯ ވަޓް!
😔😔😤😤😤
ވަރަށް ވަރުންތަ ތިފޮޓޯ ނެގީ.
މިނޫން ހަބަރެއް ލިޔެލަން ނޭންގުނީތަ؟؟؟؟
ޔެސް ޔެސް ވަރަށްކަމުދޭ ، ވަރަށް ހިތްކިޔާ.
އެހެންޏަ .... ވަރަށް ލޯބި 😍😘❤️.... ހަމަ ޖަވާހިރެއް ✨