ރަނގަޅު، ހިތްހަމަ ޖެހޭ ނިންޖެއް ގާއިމްވުމަކީ މީހާގެ އުފެއްދުންތެރިކަމާއި ނަފްސާނީ ދުޅަހެޔޮކަމާއި ހަކަތަ އިތުރުކޮށްދޭ ކަމެކެވެ. ނިދުމުގެ ކަންކަމާއި ގުޅޭ ތަޖުރިބާކާރު މައިކެލް ގްރޭންޑްނާ ބުނާ ގޮތުން ރަނގަޅަށް ނިދުމަކީ ވެސް އެހާ ފަސޭހަކަމެއް ނޫނެވެ.

ރަނގަޅަށް ނިދުމަށްޓަކައި ނިދުމުގެ އެތައް ގަޑި އިރެއް ކުރިން ފެށިގެން ތިމާގެ އަމަލުތައް ބަހައްޓާ ގޮތާ މެދު ސަމާލުވާން ޖެހޭ ކަމަށް އޭނާ ބުނެއެވެ. އެގޮތުން ނިދުމުގެ ގަޑިއެއް ހާއިރު ކުރިން ކަސްރަތު ކުރުމައި، ދުންފަތުގެ އިސްތިއުމާލު ކުރުމާއި ކެފެއިން އެކުލެވޭ އެއްޗެއް ބޭނުން ނުކުރުމަށް އޭނާ ނަސޭހަތްތެރިވެއެވެ.

ޕެން ސްޓޭޓް ޔުނިވަސިޓީގައި ނިންޖާ ގުޅޭ ދިރާސަތައް ކުރާ ޖޫލިއޮ ފެނާންޑެޒް މެންޑޯޒާ ބުނާ ގޮތުން ގޭގައި ލައިޓްތައް ހުންނަ ގޮތަކުން، އަދި ނިދަން އެނދަށް އެރުމަށް ފަހު ކުރާ ކުޑަ ކުޑަ ކަމަކުން ވެސް ނިދިން މަހުރޫމުވެދާނެއެވެ. ރަނގަޅު ޚަބަރަކީ މިހުރިހާ ކަމަކީވެސް ބަދަލު ކުރެވޭނެ ކަންކަން ކަމެވެ.

ތިރިގައި މިވަނީ ރަނގަޅަށް ނިދުމަށް ކުރެވިދާނެ ކަންކަމެވެ.

މަސައްކަތްތައް ނިންމާލާނެ ވަގުތެއް ކަނޑައެޅުން

ނިދުމުގެ ދެ ތިން ގަޑި އިރު ކުރިން މަސައްކަތާ ދުރުހެލިވާން ދަސްކުރާށެވެ. ޔުނިވަސިޓީ އޮފް އެސޯނާގެ ޑިރެކްޓަރު އޮފް ސްލީޕް އެންޑް ރިސާޗް ޕްރޮގްރާމް ގްރޭންޑްނާ ބުނީ ރޭގާނޑުގެ ކެއުމަށް ފަހު އޭނާ ހޭދަކުރާ ވަގުތުތަކަކީ އޭނާ މަސައްކަތުގައި ހޭދަކުރާ ފަހު ވަގުތުތައް ކަމަށެވެ.

އާދަވެގެން ނިދުމުގެ ކުރިން މަސައްކަތް ކުރާ ނަމަ ނިދުމަށް އުނދަގޫވާ ކަން ދިރާސާތަކުން އެނގެއެވެ. އަދި މާ ބުރަކޮށް އުޅުނު ދުވަހެއް ކަމަށްވާ ނަމަ ހަމަޖެހިލަން ވަގުތު ކޮޅެއް ނެގުން ވަރަށް މުހިންމެވެ. މިސާލަކަށް ހިނގާލަން ދިއުން ފަދަ ކަމެއް ކޮށްލާށެވެ. އަދި ކަސްރަތު ކުރުމުން ސްޓްރެސް ކުޑަ ވާ ނަމަ މިވެސް ކުރެވިދާނެ ކަމެކެވެ.

އަދި ނިދުމުގެ ކުރިން މޫނު ސާދުކޮށް ދޮވެލުމާއި، މަސާޖެއް ކޮށްލުން ފަދަ ކަންކަން ކުރެވިދާނެއެވެ. އަދި ލެވެންޑާ ފަދަ ވަސްތައް ދުވާ ކްރީމްތައް އިހްތިޔާރުކުރާށެވެ.

ނިދުމަށް ތައްޔާރުވުމަށް އަލި ދަށް ކުރުން

ހަށިގަނޑު ނިދުމަށް ތައްޔާރުކުރުމަށް ގޭގެ ފިނިހޫނުމިނާއި އަލިކަން ދަށްކުރެވިދާނެއެވެ. ޔުނިވަސިޓީ އޮފް ޕިޝިގަންގެ ސްލީޕް ޑިސްއޯޑަ ސެންޓަރުގެ ޕްރޮފެސަ އޮފް ނިއުރޮލޮޖީ ކެތު ގޯލްޑްސެޓެއިން ބުނާ ގޮތުން ރޭގަނޑުގެ ކެއުމަށް ފަހު ގޭގެ އަލިކަން ބަހައްޓަންވީ ފަނޑުކޮށްފައެވެ. އަދި ނިދުމުގެ ދެ ގަޑި އިރު ކުރިން ފަނޑު އަލީގައި ހުރުމުން ހަށގަނޑަށް ނިދާ ގަޑި ކައިރިވާކަމުގެ މެސެޖް ލިބެއެވެ.

އޭނާ ވަނީ އައްޔަކީ މީހާގެ ހޯމޯން އަށާއި ނިދަން ބޭނުންވާ މިންވަރަށް ބަދަލު ގެންނަ ކަމެއްކަން ފާަހަގަކޮށްފައެވެ.

އެގޮތުން ކޮމްޕިއުޓަރު ފަދަ ތަކެތީގެ ނޫ އައްޔަކީ އިރުގެ އަލިކަން ފަދަ އެއްޗެއް ކަމަށާއި އޭގެ ސަބަބުން ނިދުމުން ދުރުވާ ކަމަށް އޭނާ ބުނެއެވެ.

އޭނާ ވަނީ ރޭގަނޑުގެ ކެއުމަށް ފަހު ގޭގެ ފިނިހޫނުމިން ވެސް ފަށްކޮށްލުން ރަނގަޅު ކަމަށް ބުނެފައެވެ.

ފިލްމާއި ވީޑިއޯ ފަދަ ތަކެތި ނުބެލުން

ނިދުމުގެ ކުރިން ނިންޖާއި ދުރުވާ ފަދަ ހުރިހާ ކަމެއް ނުކޮށް ވޭތޯ ބަލާށެވެ. ފިލްމް ބެލުމައި، ވީޑިއޯ ބެލުން ފަދަ ކަންކަމުން ދުރުވާށެވެ. ކުޑަ ތަނެއްގައި އުޅޭ ނަމަ ނިދަން ވުމުން ނޫނީ އެނދުމައްޗަށް ނާރާށެވެ. މިހެން ހެދުމުންވެސް ނިދަން އަރާ އޮށޯ އޮތުމުން ނިދާ ގަޑި ޖެހުނުކަން އިހުސާސް ކުރެވޭ މިންވަރު އިތުރުވެއެވެ.

ކަންބޮޑުވާ ނަމަ ތެދުވުން

ހާސްވެ ކަންބޮޑުވާހެން ހީވާ ނަމަ ތެދުވާށެވެެ. އެނދުގައި އޮންނަތާ 20-30 މިނެޓުވާ އިރު ނިދި ނާން ނަމަ ތެދުވެ ހުންނާށެވެ. އަދި ހަަމަޖެހެންދެން ސްޓްރެސް ފިލާ ކަމެއް ކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަސަން

    ވަރަށް ރަނގަޅު ދިރާސާއެއް.
    މިރިޕޯރޓް ތަރުޖަމާ ކޮށް ތައްޔާރު ކުރި ފަރަތަށް، މީގެ 1400 ކުރިން، އިސްލާމް ދީނުން އިންސާނުންނަށް ދަސްކޮށް ދީފައިވާ ރަނގަޅު އާދަތަށް އެނގިފައި ނެތުމުން، ރިޕޯޓަށް އުނިކަމެއް ލިބޭ. ޜިޕޯޓުގައި، އެންމެ ޖުމްލައަކުން ވެސް އެބަޔަށް ނަޒަރު ހިންގައިލިނަމަ، ނޫސް ކިޔާ ފަރާތްތަކަށް ރަނގަޅު "ޢިލްމީ ކާނާ" އަކަށް ވާނެކަމަށް ދެކެން.