އިންޑިއާގެ ކްރިކެޓް ކުޅުންތެރިޔާ ވިރާތު ކޯލީ އާއި ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރްމާގެ ޖޯޑަކީ މުޅި އިންޑިއާގައިވެސް އެންމެ ނުފޫޒު ގަދަ އެއް ޖޯޑަށް ވާނެކަން ޔަޤީނެވެ. އެ ދެ މީހުންނަށް ކުއްޖަކު ލިބޭ ޚަބަރާއި އެކު ފޭނުން ދަނީ އެ ދެ މީހުންގެ ދިރިއުޅުމުގެ ކަންކަން ވަކިން ކައިރިން ބަދަލަމުންނެވެ.

މިކަމުގެ ފައިދާާ މީޑިއާތަކުންވެސް ބަރާބަރަށް ނަގައެވެ. އަނުޝްކާ އާއި ވިރާތު އާއި ދެމެދު އިޝާރާތުން ދެެކެވުނު ވާހަކަތަކުގެ ވީޑިއޯއެއް މިހާރު މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. މި ވީޑިއޯއިން ވިރާތުގެ ހިތުގައި އަނުޝްކާ އާއި މެދު އޮތް ލޯބި ވަރަށް ރަނގަޅަށް ހާމަވެއެވެ. އަތުން އިޝާރާތްކޮށްފައި ވިރާތު އަނުޝްކާ އާއި ކައިފިންތޯ ސުވާލުކުރާ މަންޒަރު މި ވީޑިއޯއިން ފެނެއެވެ. ޖަވާބުގައި އަނުޝްކާވެސް އޭނާ ހުރީ ކައިގެން ކަމަށް ބުނަނީ އިޝާރާތުންނެވެ.

އެއަށް ފަހު ވެސް އަތުގެ އިޝާރަތުން ދެ މީހުން ވާހަކަދައްކާ މަންޒަރު ފެނެއެވެ.

މިއި މިހާރު ކުރިއަށްދާ އިންޑިއަން ޕްރިމިޔާ ލީގު (އައިޕީއެލް)ގެ މެޗްތަކުގެ ތެރެއިން މެޗެއްގެ މަންޒަރެކެވެ.

https://www.youtube.com/watch?v=wd1dSBKNbck

އަނުޝްކާ އިނީ ވިރާތުގެ ދަރިއަކަށް ބަލިވެކަން އިންސްޓަގްރާމް މެދުވެރިކޮށް އެ ދެ ފަންނާނުން އިއުލާން ކުރީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. އެ ޚަބަރާއި އެކު އެތައް ބަޔަކު ތިބީ އެކަމުގެ އަދާހަމައެއް އެނގެން ކެތް މަދުވެފައެވެ. އަދި ފޭނުން ވަނީ އަނުޝްކާ މާބަނޑު އިރުގެ އިތުރު ފޮޓޯއެއް ހިއްސާކުރުމަށް ތަކުރާރުކޮށް އެދިފައެވެ.

އަނުޝްކާ އަށް އެތައް ބަޔަކު ވަނީ އޭނާގެ އުފާވެރި ޚަބަރަށް ތަހުނިޔާ ކިޔާފައެވެ. އަދި އޭނާ އާއި ދަރިފުޅުގެ ސިއްހަތަށް ރައްކާތެރިވުމަށް ފޭނުން ވަނީ ނަސޭހަތްތެރިވެފައެވެ.

އަނުޝްކާ ވިހަން ދީފައިވާ ތާރީހަކީ 2021ގެ ޖެނުއަރީ މަހުގެ ދުވަހެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލީމް

    ކިހާ ލޯބިވާ ފިރިއެއް. އަހަންނަށް ވެސް އެކަހަލަ ފިރިއެއްލިބޭނަމަދޯ. 😣

    36
    4
    • މަރީ

      ސަޅި