މިއީ އައިޝަތު މަނާލް މުހައްމަދުއެވެ. ކުރިއަރަމުން އަންނަ މޭކަޕް އާޓިސްޓެކެވެ. މަސައްކަތްތައް ވަރަށް ފުރިހަމައެވެ. މީހުންގެ ފަރާތުން ލިބޭ ކޮމެންޓްތަކުންވެސް އެނގެނީ އޭނާގެ މޭކަޕްތަކަކީ ފުރިހަމަ މޭކަޕްތަކެއް ކަމެވެ.

އުމުރުން 18 އަހަރުގެ މު ޒުވާނާ މޭކަޕްގެ ދާއިރާގައި މަސައްކަތް ކުރާތާ މާގިނަ ދުވަހެއް ނުވި ނަމަވެސް، އޭނާއަކީ އުމުރުން 11 އަހަރުން ފެށިގެން މޭކަޕަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ހުންނަ ކުއްޖެކެވެ.

ކޮއްކޮމެން މޭކަޕް ކުރަން ވަަރަށް ކުޑައިރުން ފެށިގެންވެސް

"އަޅުގަނޑަކީ އެންމެ ކުޑައިރުން ފެށިގެންވެސް މޭކަޕާއި ވަރަށް ކުޅޭ ހިތްވާ މީހެއް. ކޮއްކޮމެން މޭކަޕް ކުރަން ވަަރަށް ކުޑައިރުން ފެށިގެންވެސް. ވަރަށް ފެޝަންކަންތައްވެސް ކުރަން، އެއްޗެހި ޑިޒައިން ކުރުމާއި. ވަރަށް ކުރިއްސުރެވެސް މީހުން ކިޔާ މޭކަޕް ކުރަން ފަށާށޭ. މިދިޔަ އަހަރު ރައްޓެއްސަކަށްކޮށްދިން މޭކަޕެއް ފޮޓޯނަގަންވެގެން. އޭގެ ފަހުން އޭތީ އެންމެންނަށް ރީތިވީ. ވަރަށް ކުރިންވެސް މީހުން ކިޔާ މޭކަޕް ކުރަން ފަށާށޭ. ޕްރޮފެޝަނަލީ އެކަން ފަށާ ޕޭޖެއްވެސް ހަދާށޭ. އެކަން ނުހެދިފައި ހުއްޓާ މި އަހަރު ޕޭޖެއް ހެދީވެސް އެވެސް އަޅުގަނޑަށް ނެހެދިފައި ހުއްޓާ ފްރެންޑެއް ހަދައިދިނީވެސް"

މަނާލް "ވަގުތު" އަށް އިންޓަވިއުއެއް ދެނީ – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)
މަނާލް "ވަގުތު" އަށް އިންޓަވިއުއެއް ދެނީ – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

މޭކަޕަކީ ފާޑެއްްގެ އާޓެއް އަހަންނަށް ވަރަށް ކަމުދޭ އާޓް

"އަހަންނަ ވަރަށް ކަމުދޭ އާޓް ކަންތައް. އަހަރެން ވަރަށް އާޓް ކަންތައްކޮށްވެސް އުޅެން. މޭކަޕަކީ އެ އާޓް އެންމެ ބޮޑަށް ދައްކާލެވޭނެ އެއްޗަކީ. މިއީ ލައިކްވެގެން ކުރާ ހަމައެކަނި ކަމަކީވެސް".

މަނާލް ކޮށްފައިވާ މޭކަޕެއް

އެންމެ ބޮޑު ހިތްވަރެއް ލިބެނީ މަންމަ އާއި ބައްޕަގެ ފަރާތުން

"މަންމަ އާއި ބައްޕަ ޕޭޖް ހެދުމުގެ ކުރީގައިވެސް ވަރަށް އާދޭސް ކުރާނެ މޭކަޕް ފަށާށޭ. އަހަރެން އެކަަމަށް ތައްޔާރުނުވަނީސް މަންމަމެން އަހަންނަށް ހިތްވަރުދިނީ އެކަން ކުރަން. ދެން އަހަރުންގެ ރަހުމަތްތެރިޔާ ރައުލާ. އޭނާއަކީ އެންމެ ބޮޑަށް އެހީވާ އެކަކު. އޭނާ މޮޑެލްވެސް ކުރާނީވެސް އެންމެ ގިނައިން".

މަނާލް ކޮށްފައިވާ މޭކަޕެއް

ރިޒްނާގެ މޭކަޕް ވަރަށް ކަމުދޭ

"ރާއްޖޭގައު ރިޒްނާގެ މޭކަޕް ވަރަށް ކަމުދޭ. ރިޒްނާ ވަރަށް ނެޗުރަލް މޭކަޕްތައް ވަރަށް ނެޗުރަލްކޮށް ކުރޭ. ރިޒްނާ ނެޗުރަލް މޭކަޕެއްކޮށްފައި ހުންނައިރު، ހީވެސް ނުވާނެ މޭކަޕެއްކޮށްފައި ހުންނަހެން. އަހަންނަވެސް ވަރަށް ކަމުދޭ ނެޗުރަލް މޭކަޕް. ދެން ރާއްޖޭއިން ބޭރުގައި މެނީ މުއާ. އޭނާގެ މޭކަޕްތައް ވަރަށް ސަޅި ވަރަށް މޮޅު"

މަނާލް ކޮށްފައިވާ މޭކަޕެއް

އާޓް މޭކަޕް އެންމެ ކުރާ ހިތްވަނީ

"މޯސްޓްލީކޮށް އުޅެނީ މާމެޑް އާއި ޑިއާ އެކަހަލަ ގޮތެއް ހުންނަ މޭކަޕް. އާޓް މޭކަޕް އަސްލު ބޮޑަށް ޕާޓީ މޭކަޕްތަކަށްވުރެ"

މަނާލް ކޮށްފައިވާ މޭކަޕެއް

ކްލައިންޓުންނަށް އަސްލު ނޭގެ މި ކުރަނީ ކިހާ ބުރަ މަސައްކަތެއްކަން

"އަސްލު ގިނަ މީހުންނަކަށް އަންޑަސްޓޭންޑެއް ނުވޭ މިއީ ކިހާ ބުރަ މަސައްކަތެއްކަން ނޫނީ އަޅުގަނޑުމެންގެ އެފޯޓް އަދި އެއަށް ހަރަދުވާ ފައިސާ. އަގު ބުނެލާއިރަށް އެމީހުން ބުނާނެ ފަހުން ހަބަރުވާނަމޭ. އެކަހަލަ އެއްޗެހި ކިޔާފައި ދެން ހަބަރެއް ނުވާނެ. ދެން ގިނައިން ރައްޓެހިންގެ މޭކަޕްދޯ ކުރަނީ. އެ މީހުންވެސް އެޕްެރިސިއޭޓެއް ނުކުރާނެ އަސްލު ކުރާ މަސައްކަތް"

އެންމެންވެސް ބުނާނެ ވަރަށް ރީއްޗޭ މޭކަޕްތައް

"މީހުންގެ ކޮމެންޓްތައް އަސްލު ވަރަށް ރަނގަޅު އެންމެންވެސް ބުނާނެ ވަރަށް ރިއްޗޭ ވަރަށް ރަނގަޅޭ. ދެން ކިޔާވެސް ދޭނެ ރަނގަޅު ކުރަންވީ ކަންތައްތައްވެސް"

މަނާލް ކޮށްފައިވާ މޭކަޕެއް
މަނާލް ކޮށްފައިވާ މޭކަޕެއް

މޭކަޕް ސެލޫނެއް ހުޅުވުމަކީ އަބަދުވެސް ދެކެމުން އަންނަ ހުވަފެނެއް

"އަހަރެންގެ އަބަދުވެސް ޑްރީމެއް އެއީ އަމިއްލަ ސެލޫނެއް ހުޅުވުމަށް. ސްޕާއަކާއި، މީހުންގެ މޭކަޕް ކުރުމާއި ކޮންމެވެސް ދުވަހަކުން އެކަންވެސް ވާނެ ﷲ އިރާދަކުރެއްވިއްޔާ"

މަނާލް – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)
މަނާލް – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

އެންމެ ފާހަގަކޮށްލެވޭ މަސައްކަތް

"އަޅުގަނޑު ފޮޓޯ ނަގަންވެގެން ޕޭޖަށް ކުރި މޭކަޕެއް އެއީ. ރައުލާއަކީ މޮޑެލް. އޭނާގެ މޫނުގެ ގްރީން އިންސްޕަޔާޑް މޭކަޕެއް ކުރީ. އެ ވަރަށް ސަޅި. އެ މޭކަޕް ފެނިފައި އަމިއްލައަށް ވަރަށް ބޮޑަށް ފަހުރުވެރިވެސްވިން"

މަނާލްއަކީ އާޓްގެ މަސައްކަތަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ހުންނަ ޒުވާނެކެވެ. އޭނާގެ މޭކަޕް މަސައްކަތްތައް ވަރަށް ތަފާތެވެ. އޭނާގެ ވިސްނުންވެސް ތަފާތެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޢާމިރު

    މޫދުގަ އޭދީ ހަންޑިއެއްތަ؟

  2. އިބޫ

    ޢެއީ ކަނޑުގެރިއެއް

  3. މަސްވެރިޔާ

    ނަގުލަކާ ދަޅަކާ މަދީ

  4. އިހުގެ ބޭބެ

    ﷲ ތިބާ ދުނިޔެއަށް ފޮނުއްވާފައިވަނީ އެއްމެފުރިހަމަ ކޮށް އެއްމެ ރީތިކޮށް އެއަށްވުރެ ރީތިވަން އުޅުނީމާ ﷲ އަމުރުތަކާއި ޚިލާފްވެވެނީ
    ފަހުން ރޮއެހިތާމަ ކުރަންޖެހޭނެކަން ހަދާން ކުރާތި

  5. ކަރްމާ

    އެއްވެސް ރީއްޗެއް ނޫން

  6. މީހަކު

    ތިބުނާހާ ރީއްޗެއްނޫން، މިއަކީ ބަދުބަހެއް ނޫން އެކަމު ލާރިދީފަ މޭކަޕު ކުރަން ދާ ވަރެއް ނުވޭ!

  7. ދަންތުރަ

    ގައިގާ އަޅިދެލި ކުރެހުމަކީ ކިހާވަރެއްގެ ކަމެއްކަން މަނާލަށް އޮޅުންފިލުވައިދެއްވާނެ ދީނީ ޢިލްމުވެރިއަކު ނެތްބާ! މޭކަޕް ކަމަށް ބުންޏަސް މީ އަޅިދެލި ކުރެހުން.

  8. ޒެޑޭ

    ވަރައް ހުތުރު.!

  9. ޝޭޑީޝެޑް

    ކޮންމެ ކަމެއް ކުރިއަސް ކުރާހިތުން ކުރީމަ އެކަމެއްވާނެ.. ތިޔައީ ވަރަށް ޒުވާން އެހާމެ ޓެލެންޓަޑް ކުއްޖެއް.. ޔޫ ގޯ ގާލް