މި އަންހެން މީހާއަށް ރަނގަޅު ފިރިއެއް ހޯދުން ވެފައި ވަނީ އުނދަގޫ މަސައްކަތަކަށެވެ. އޭނާ މިހާރު ވަނީ 10 މީހުންނާއި ކައިވެނިކޮށް، ވަރިވެފައެވެ. އަދިވެސް އޭނާ ބޭނުންވާ ރަނގަޅު މީހަކު ނުލިބެއެވެ. އަދިވެސް އެ ދަނީ "ޕާފެކްޓް މެޗް"އެއް ހޯދަމުންނެވެ.

އެމެރިކާއަށް ނިސްބަތްވާ ކެސީ މިހާތަނަށް 10 ކައިވެނިކޮށްފައިވާއިރު، އޭނާ އެންމެ ގިނަ ދުވަސް ވަންދެން މީހަކާއެކު ކައިވެނިކޮށްގެން އުޅެވުނީ އަށް އަހަރު ވަންދެންނެވެ. އަދި އޭނާގެ އެންމެ ކުރު ކައިވެންޏަކީ ހަ މަސް ދުވަހެވެ. މިހާރު އޭނާ ދަނީ އޭނާގެ 10 ވަނަ ފިރިމީހާ ކައިރިން ވަރިވުމުގެ ކަންކަން ކުރަމުންނެވެ.

އުމުރުން މިހާރު 56 އަހަރުވެފައިވާ އެއަންހެން މީހާ ޗެޓް ޝޯވއެއްކަމަށްވާ ޑރ. ފިލްއަށް އަރާ، އަރާފައި ވަނީ އޭނާގެ ފަރާތުން ރިލޭޝަން ޝިޕް އެޑްވައިސް ހޯދުމަށެވެ. އޭނާ ބޭނުންވަނީ ކައިވެނި މަތީގައި ގިނަ ދުވަސް ވަންދެން ނުހުރެވޭ ސަބަބު ހޯދުމަށެވެ.

ކެސީ އެ ޝޯވގައި ބުނެފައިި ވަނީ އޭނާ ކައިވެނިކޮށްގެން އުޅޭއިރު، ވަރިވާން އެދެނީވެސް އަމިއްލައަށެވެ. އޭނާއަށް އެ ގުޅުން ނުދެމެހެއްޓެނީ އެވެ.

ކެސީގެ ފުރަތަމަ ކައިވެންޏަށް އަށް އަހަަރުވީއިރު، ދެވަނަ ކައިވެންޏަށް ވީ ހަތް އަހަަރެވެ. އެ ކައިވެންޏަކީ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން ދެ އަހަރު ވަންދެން އުޅެފައި ކުރި ކައިވެންޏެކެވެ. އެ ކައިވެންޏަށް ފިރިހެން ދަރިއަކުވެސް ލިބިފައިވާއިރު، އެ ކައިވެނި ރޫޅުނީ ކެސީ ކައިރީގައި ލޯބިވާ ވާހަކަ ނުބުނާތީ އެވެ.

އަދި ކެސީގެ މިހާރުގެ ކައިވެނި ރޫޅާލަން އޭނާ ބޭނުންވަނީ ފިރިމީހާ އޭނާއާ ދިމާލަށް އެއްޗެހި ކިޔާތީ އެވެ.

"އަހަރެންނަށް ވަރިހަމަ ކިތަންމެ ކައިވެންޏެއް ކުރަން ޖެހުނަސް، އަހަރެން ދާނީ ކުރިއަށް އަހަރެން ދެކެ ލޯބިވާ މީހަކާއި ދިމާވަންދެން". އޭނާ ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާސިދާ

    މޫދު ކަސްރަތު ނުވަތަ ކަސްރަތު ކްލާހަކައް ފޮނުވީމަ އެންމެ އަވަހައް ލޯބިލިބޭނީ..އެތަނުން ލޯބިދޭނެ ދާތަނުން

    8
    1
  2. އަންނި

    ނިކަން މަށާ އިންނަންވީނުން ތިޔަ ނުލިބިގެން އުޅޭ ލޯބިގަނޑު ހޯދަން.