ކައިވެނިކޮށްގެން އުޅޭ އަންހެނެއް ކައިރިން ފޯން ނަމްބަރު ދޭށޭ އެހުމުން އެ އަންހެން މީހާގެ ފިރިމީހާ އާއި އޭނާވެގެން އެ ފިރިހެން މީހާގެ ގައިގާ ތަޅާ މަރާލައިފިއެވެ.

އިންޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މިދިޔަ ހޯމަ ދުވަހު ވަގުތެއްގައި ކްރިޝްނާ މެނަން ނަގަރްގައި މި ހާދިސާ ހިނގަން މެދުވެރިވީ އެ ފިރިހެން މީހާ އޭނާގެ އަވަށުގައި ދިރިއުޅޭ އަންހެނެއްގެ ގެއަށް ގޮސް ނަމްބަރު އެހުމުންނެވެ. އެ އަންހެން މީހާ އެ ފިރިހެން މީހާއަށް ނަމްބަރު ދީފައެއް ނުވެއެވެ.

ނަމަވެސް ޕޫން އިން އޭނާގެ ފިރިމީހާ އައުމުން އެކަން ބޮޑުކަމަކަށް ހަދާ އެ އަންހެން މީހާ ވަނީ އޭނާގެ ފިރިމީހާ ގާތުގައި ބުނެފައެވެ.

އެ ފިރިހެން މީހާ އެކަމާއި ރުޅި އައިސްގެން، ދެމަފިރިން އެކުގައި، އެ އަންހެން މީހާ ކައިރިން ނަމްބަރު އެހި މީހާގެ ގެއަށް ގޮސް ވަނީ އެ ފިރިހެން މީހާގެ ގައިގާ ތަޅާ މަރާލާފައެވެ.

ފުލުހުން މިހާރު ވަނީ އެ ދެމަފިރިން ހައްޔަރުކޮށްފައެވެ. އަދި މަރުވި ފިރިހެން މީހާގެ ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކިޔާ

    ސާބަސް...ނަމްބަރ ދޭން ބުނީމަ ނުދިނީމަ އެނިމުނީނު.ރުޅިގަދަވިޔަސް ތީދެން ބޮޑުވަރު.

    • ކުއްޖެއް

      އޭނަ ރޯދަ

  2. މުހަމްމަދް

    ތިދެން ބޮޑުވަރު

  3. ބްރޯ

    ބަރާބަރަށް އެހެދީ

  4. މީހަކު

    ހިޔެއްނުވޭ ހަމައެކަނި ނަންބަރު އަހައިގެން ތިވަރު ކުރާނެހެނެއް! އިންޑިއާ ވިއްޔާ، ހީވަނީ އެހެން ނިޔަތެއްގަ އައި މީހެއް ހެން!

  5. ބުއްޅަބޭ

    މިކަހަލަ ކޮންނެ ޚަބަރެއްކިޔަންފެށުމުގެ ކުރިންވެސް އިންޑިޔާގެ ޚަބަރެއްކަން އެނގޭ!