ފެނަކީ އިންސާނާއަށް ވަރަށް މުހިންމު އެއްޗެކެވެ. ނަމަވެސް ހަ މަސް ނުވާ ތުއްތު ކުދިންނަށް ބޯފެން ދިނުމަކީ ރަނގަޅު ކަމެއްނޫން ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑެނެއްލާ ސްޓްރިންގާ އޭނާގެ ބްލޮގުގައި ލިޔެފައިވެއެވެ.

ހަ މަސް ނުވާ ތުއްތު ކުދިންނަށް އެންމެ ރަނގަޅީ މައިމީހާގެ ގާތުން ކިރު ދިނުންކަމަށާއި ކިރުގައި ތުއްތު ކުއްޖާއަށް ބޭނުންވާ ފެނުގެ80 އިންސައްތަ ހިމެނޭ ކަމަށް ވެސް ޑެނެއްލާ ބުނެފައިވެއެވެ.

ތުއްތު ކުއްޖާއަށް މާގިނައިން ފެން ދިނުމުން އެ ކުއްޖާ ''ވޯޓަރ އިންޓްކްސިކޭޓް'' ވެދާނެއެވެ. މީގެ ސަބަބުން ނޭވާ ކުރުވުމާއި، އަތާއި ފައިން ދާހިއްލުމާއި، އާދަޔާ ޚިލާފަށް ފަލަވުން ފަދަ ކަންތައްތައް ކުރިމަތިވެދާނެކަމަށް ވެސް ޑެނެއްލާގެ ބްލޮގުގައި ފާހަގަ ކޮށްފައިވެއެވެ.

އެންމެ ގިނަވެގެން ވެސް ހަ މަސް ނުވާ ކުދިންނަށް ދޭން ޖެހޭނީ ދުވާލަކު ދެފަހަރު ވަރަށް ކުޑަކުޑަ ފެން ފޮދެއް ކަމަށާއި އަދި ދޭންވާނީ ފެން ކައްކާފައި ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. ފެން ކައްކާއިރު ވެސް ޓެމްޕަރޭޗަރ 70 ސެލްސިއަސްގައި ބެހެއްޓުމަށާއި ރަނގަޅަށް ހިހޫވުމުން ނޫނީ ކުއްޖާއަށް ނުދިނުމަށް ވެސް އޭނާ އިރުޝާދު ދެއްވައެވެ.

މިނަރަލް ވޯޓަރ ފަދަ ފުޅިފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ކުދިންނަށް ނުދިނުމަށް ޑެނެއްލާ އިރުޝާދު ދެއްވައެވެ. އެއީ އޭގައި މާގިނައިން ސޯޑިއަމް ނުވަތަ ސަލްފޭޓް ހުރެދާނެތީއެވެ.

މައިމީހާގެ ގާތުން ރަނގަޅަށް ދެވޭ ކުދިންނަށް އެ ކުދިން ކާން ފެށުމާއި ހަމައަށް ފެންދިނުން އެއީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށް ޑެނެއްލާ ބުނެފައިވެއެވެ.