ބޮލީވުޑްގެ މަޝްހޫރު ތަރި އަދި މަގްބޫލު ނެށުންތެރިޔާ ރިތިކް ރޯޝަން ރާއްޖެ އަތުވެއްޖެއެވެ.
އާއިިލާއާއެކު އޭނާ ރާއްޖެ އައިސްފައި ވަނީ މިއަދު ހެނދުނު އެވެ. އޭނާ ރާއްޖެ އައިސްފައި ވަނީ ގަތަރް އެއާވޭސްގެ ޕްރައިވެޓް ފެލައިޓެއްގައެވެ.
ރިތިކް ރޯޝަން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަކަމަށް މުއުތަބަރު ފަރާތަކުން ވަނީ "ވަގުތު" އަށް ކަށަވަރުކޮށްދީފައެވެ.
އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދަނީ ރަންދެލި ރިސޯޓުގައި ކަމަށް މައުލޫމާތު ދެއެވެ.
ރިތިކް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާއިރު، މަޝްހޫރު ބަތަލާ ކެޓްރީނާ ކެއިފްވެސް ދަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ. އަދި ޓައިގާ ޝްރޮފްވެސް މިހާރު އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ކަމަށް ވެއެވެ. މީގެ އިތުރުން ވަރުން ދަވަން ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު އަނބުރާ ގައުމަށް ގޮސްފައި ވަނީ ދާދި ފަހުންނެވެ.
ރާއްޖެއަކީ ބޮލީީވުޑްގެ ތަރިންގެ މެދުގައި މަޝްހޫރު ފަތުރުވެރިކަމުގެ މަންޒިލަކަށް ވަނީ ވެފައެވެ.
ރިތިކްގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު، ބޮލީވުޑްގައި އަހަރެއް ހޭދަކޮށްފައި، އޭނާ މިހާރު ވަނީ ހޮލީވުޑަށް މިސްރާބު ޖަހާފައެވެ. މީީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުން ހޮލީވުޑުގެ އެކްޝަން ތްރިލާ ފިލުމެއްގައި ލީޑު ރޯލު ''ސްޕައި''އެއްގެ ކެރެކްޓާގައި ކުޅުމަށް އޭނާ ދަނީ ތައްޔާރުވަމުންނެވެ.
ރިތިކް ރޯޝަން މިހާރު ކުޅެމުންދާ ''ކްރިޝް'' ފިލުމުގެ ސީކުއަލްގެ 4 ވަނަ ފިލުމުގެ މަސައްކަތް ނިންމާލުމަށް ފަހު ހޮލީވުޑު ފިލުމުގެ މަސައްކަތް ފެށުމަށް ވަރަށް އަވަހަށް ވެސްޓްވާޑްއަށް ދާނެ ކަމުގެ ވާގަކަތަކެއް ވެސް ދަނީ ދެކެވެމުންނެވެ.
ރިތިކް ރޯޝަންގެ ސްޕަހީރޯ ފިލުމު ''ކްރިޝް''އަށް ހަތް އަހަރު ފުރުން ފާހަގަ ކޮށްފައިވަނީ މިދިޔަ ހަފްތާއެވެ. ރިތިކްގެ ސަޕޯޓަރުންގެ މަރުހަބާ މެސެޖުތަކާއި އެކު ލިބެމުން ދިޔައީ މި ސީކުއަލްގެ ކުރިއަށް އޮތް ފިލުމަށް ސަޕޯޓަރުން ކެތްމަދުވެފައިވާ ކަމުގެ މެސެޖުތަކެވެ.
ރިތިކް އެންމެ ފަހުން ކުޅެފައިވާ ފިލުމަކީ ޓައިގަރ ޝްރޯފް އަދި ވާނީ ކަޕޫރާއިއެކު ކުޅޭފައިވާ ފިލުމު ''ވަރ''އެވެ.
ހޮލީވުޑުންނާ ބޮލީވުޑުއް އެވަރައް މައްޝޫރުތަރިން ރާއްޖެ އަންނައިރު، އެއްވެސް ދީނީ ޝޭހެއް، ގާރީއެއް، އާލިމެއް، ޥާއިޒެއް، މުފްތީއެއް، ގުގުރިއެއް ރާއްޖެއައް ޗުއްޓީ ހޭދަކޮއްލަން ނާންނަނީ ކީއްވެގެންބާ... ފަހަރެއްގަ ވެދާނެ ދީނީ ކަންކަމާ އުޅެފަ، އެހެންކަމެއް ކުރާނެ ވަގުތެއް ނޯންނަނީ ކަމައް. ނޫނީ އެމީހުން އަބަދު ހަނަފަސް ސަހަރާތަކުތެރޭ އުޅެފަ، ރާއްޖޭގެ މޫދައް އެރޭހިތް ނުވަނީ ތޯއްޗެއް....
އެފަދަ މީހަކު އައިމާ ކަލޭމެން ކަހަލަ މީހުން ހުންއަންނަކަން އެންމެންވެސް ދަނޭ، އެހެންވެ އަންނަކަންވެސް އަނގާނުލާ
ތިއެއްނޫން ވާގޮތަކީ. ނޫސްވެރިން ދަންނަ ބައެއްނޫން އެއީކީ. އެހެންނޫން ޕޯންސްޓާރެއް ފޮޑިއެއް ޖެއްސަސް އެވެރިންނަށް ފެނި އެއްއަށް ހެޑިންގްސް ލިޔާނެ.
ރަނގަޅު،، ވިސްނާނެ އެހެން ކަމެއް ނެތިއްޔާ ތި ކަހަލަ ކަން ކަމާ ބޯ ގާނާ ހުސް ކޮށްލާ...
ޅަބޭ ހަމަ ޅަކަމުންތަ ތިކަހަލަ ތާކުން ތާކު ނުޖެހޭ ކޮމެންޓު ތި ކުރަނީ. ނޫނީ ދީނަށް އުޅޭ މީހުންނަށް ނުވަތަ ވަކި ބަޔަކަށް ޖެއްސުމަށްތަ ތިޔަ އުޅެނީ ؟؟
ބޭނުން ރިތިކްއާ ބައްދަލު ކޮއްލަން.