ލޯބީގެ ގޮތުން މީހަކާ ގުޅިގެން އުޅޭއިރު ފިރިހެނުން މަކަރުހަދާ ދޯކާ ދޭ ފަހަރު މަދެއް ނޫނެވެ. ފިރިހެނުންނާއި އަންހެނުންގެ ނަޒަރުގައި ފިރިހެނުން މިގޮތަށް ކަންތައް ކުރަނީ ތަފާތު ސަބަބުތަކާ ހެދިއެވެ.

"ވަގުތު" އިންވަނީ ދިވެހި ފިރިހެނުން މަކަރު ހަދާ ސަބަބު ހޯދަން ދިރާސާއެއްކޮށްފައެވެ. މިދިރާސާގައި މައިގަޑުގޮތެއްގައި ސުވާލުކޮށްފައިވަނީ އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ އަންހެނުންނަށާއި ފިރިހެނުންނަށެވެ.

މިދިރާސާއިން ހާމަވެފައިވާ ގޮތުގައި ގިނަ ފަހަރަށް ލޯބީގެ ގޮތުން މީހަކާ ގުޅިގެން އުޅޭއިރު ފުރަތަމަ ލަޑުދެނީ އަންހެން މީހާއެވެ. ނަމަވެސް މި ލިޔުމުގައި މިބަލާާލަނީ ފިރިހެން މީހާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަންހެން މީހާ ނުވަތަ ކައިވެނިކޮށްގެން އުޅޭ އަންހެން މީހާ މަތިން ފޫހިވާ ސަބަބުތަކަށެވެ.

ފިރިހެނުން ބުނާ ގޮތުގައި ފިރިހެނުން މަކަރު ހަދާ މައިގަނޑު ސަބަބަކީ އެމީހުން ބޭނުންވާ ސަމާލުކަން އެމީހުންނަށް ރައްޓެހިވެގެން އަދި އިދެގެން އުޅޭ މީހާ ނުދެވުމެވެ. މީގެ އިތުރުން ބައެއް ފިރިހެނުން ބުނި ގޮތުގައި އެމީހުން އެމީހުންގެ ލޯބިވެރިންނަށް ނުވަތަ އިދެގެން އުޅޭ މީހާއަށް ދޯކާ ދެނީ މާބޮޑަށް ޝައްކުރާތީ ކަމަށެވެ.

" އަސްލު ދެން މާބޮޑަށް ދޯ ޝައްކު ކުރަނީ، ފޭސްބުކްގައި އަންހެން ކުއްޖަކާ ވާހަކަ ދައްކާލެވެނީ ކީ ނޫން. ނުވިތާކަށް ފޭސްބުކް ޕާސްވޯޑްވެސް ދޭން އެބަޖެހޭ ރައްޓެހިވާ ދުވަހު ނޫން އަނެއް ދުވަހު. ބޮޑުވަރުދޯ އެއީ. " އުމުރުން 22 އަހަރުގެ ފިރިހެނަކު ކިޔައިދިނެވެ.

" އަހަރެންގެ އަނބިމީހާއެއް އަހަރެން ބޭނުންވާ ވަރަށް ސަމާލު ކަމެއް ނުދޭ. މިސާލަކަށް އަހަރެން މިއީ މަސްވެރިއެއް. އަބަދު ދޯނީގެ އުޅެން ޖެހެނީ ގެޔަށް އާދެވެނީ މަދު ރެޔަކު. އަންނަ އިރު މި ފެންނަނީ އަނބިމީހާ ގޮޑުކޮށް އޮއްވާ. އަހަރެންވެސް ބޭނުންވާނެ ދޯ އަހަންނަށް ކެއަރ ކުރާ މީހެއް ހޯދަން. އެހެންވެ އަސްލު އިތުރު މީހެއް ލިބޯތޯ މަސައްކަތް ކުރީ. " އުމުރުން 23 އަހަރުގެ ފިރިހެނަކު އޭނާގެ 2 އަހަރުވީ ކައިވެނި ރޫޅުނުގޮތް ކިޔައިދިނެވެ.

ބައެއް ފިރިހިނުން ޤަބޫލު ކުރާގޮތުގައި އެމީހުން މަކަރުހަދާ މައިގަނޑު ސަބަބަކީ ލޯބިވެރިޔާ

ނަމަވެސް އަންހެނުން ޤަބޫލު ކުރާގޮތް މިއާ މުޅިން ޚިލާފެވެ. އަންހެނުން ޤަބޫލު ކުރާ ގޮތުގައި ފިރިހެނުން އަންހެނުންނަށް ދޯކާދޭ މައިގަނޑު ސަބަބަކީ ފިރިހެނުންނަކީ އަބަދުވެސް ލިބޭ އެއްޗަކަށް ޝުކުރު ކުރަން ނޭނގޭ ބަޔަކަށް ވުމެވެ. އަދި ލޯބިވެރިޔާ މަތިން ނުވަތަ އަނބިމީހާ މަތިން ފޫހިވުމެވެ.

" ގިނަ ފިރިހެނުންނަށް ވާ ގޮތަކީ ހުރިހާ މަލަކުން ފޮނިބޯ ހިތްވަނީ. އެއްތަށިން ކައިކައި ފޫހިވީމަ އެހެން މީހުންގެ ތައްޓަށްވެސް އަތް ބާނާނެތާ. " އުމުރުން 20 އަހަރުގެ އަންހެނަކު ކިޔައިދިނެވެ.

ކޮންމެޔަކަސް ކޮންމެވެސް ސަބަބަކާހުރެ ދިވެހި ފިރިހެނުންގެ ތެރޭގައިވާ ލޯބިވެރިޔާއަށް ވަގަށް އެހެން ލޯބިވެރިން ގެންގުޅުމަކީ އާއްމު ކަމެކެވެ. އެކި މީހުން މިކަމުގައި ދައްކާ ބަހަނާ ތަފާތެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ބާރީ

    ގެއަށް އަންނައިރު އަންހެނުން އޮންނާ ނިދާފަ. ޏަުނީ ދުވަހަކުވެސް ބޭނުންވާއިރު ނުލިބޭނެ. ދެންޖެހޭނީ އެހެން އަންހެނަކު ހޯދަން ދުއްވާކަށްނުން. އަންހެނުން ހުރިހާ ކަމެއް ކޮށްދޭނަމަ ޚާއްސަކޮށް އެދަށް ސަމާލުކަންދޭނަމަ ފިރިހެނަކު އެހެން އަންހެނަކާ ވާހަކަ ދައްކާކަށް ނުޖެހޭނެ!

    4
    1
    • އަންހެނަކީމެވެ

      މަގޭ ފިރިމީހާ އަށް އޮންނަނީ އަބަދު ވެސް ތިމާގެ އަނބިމީހާ އަށް ވާވަރު ވެފަ. މަފަކީރު މިޖެހެނީ ބޭނުން ވެގެން ތެޅިފޮޅެން..

      • މުރުތަލޯ

        ޢެހެންވީމާ އަހަރުމެން ދެމީހުން ގުޅެން ހިނގާ؟؟؟؟؟؟

  2. މާނު

    މކަރު ހެދުމެއނޫން ކަމެއްވީމާ ދީނުގަ 4 ހުއްދައީ އެއީވެސް މަކަރުދޯ ވިރިހެނާގެ ތަބީއތް އެއީ މަކަރު ހެދުމަށް ވާނީ 4 މީހުނާ އިދެފަ 5 ވަނަ މީހެއް ގެންގުޅޭނަމާ ފާފާ ކުރުަމަށްވުރެން ރަގަޅީ ސުންނަތްގޮތް

    • ކައްދާދީ

      ސުންނަތަށް އެހެންކަންތައް ތަކުގަވެސް އުޅެވެނީނަމަ ހަމަ އޯކޭ ވާނެ ތިގޮއްވެސް...?

      7
      1
  3. ބުލޫ

    މިއޮއްފަދަ ރޯދަމަހު އަރީހުވެސް މިކަހަލަ ހޫނުގަދަ ލިޔުން ގެނެސްދިނީމަ ކިޔުންތެރިންގެ މެދުގަ އުފެދޭނީ ވަރުގަދަ ފިނިހަނގުރާމައެއް.މަ ވައްސަލާމް

    • ސަންޖޭ ލީލާ ބަންސާލީ
  4. ކައުންސެލަރު

    ދޯކާއަކީ ފޮނިކާއެއްޗެއްތަ؟ ރެސިޕީ ކިޔާދެއްޗެ.

  5. އަޖޭ

    އަހަރެން ބޭރުން އަންނަ އިރު އަންހެނުން މި އިންނަނީ ގޭގައި ބޯ ވިހުރާލައިގެން އިދީކީލި ކުކުޅެއްހެން! ގެއަށް ވަނުމާ އެކު ފުރަތަމަވެސް މަގޭ ހިތުބިރު މިހިފަނީ އަންހެނުން ފެނިފަ! އެހެންވެ ބަލަނީ އަވަހާ ގެއިން ބޭރަށް ދެވޭތޯ!

    • އިޝާ?

      ???????

  6. އަންހެން ކުއްޖާ

    އަނބިމީހާ ނިދީމަ ނިދާ ވާހަކަ ބުނާނެ. އަޅެ އެއީ އިންސާނުންނެއް ނޫންތަ؟ ގޭތެރޭގެ މަސައްކަތްތައް ކޮށް ދަރިން ބަލާ ވަރުބަލި ވެގެން ދޯ އެނިދެނީ؟ ކަލޭމެން ކޮފީތަކަށް ގޮސްފަ އުޅޭނެހާ ގޮތަކަށް އުޅެފަ އަންނަން ދެން ތިބެންވީ ނުނިދާ؟ ކަލޭމެން ކީއްވާނީ އެއްފަހަރުވެސް ގޭތެރޭގެ ކަންކަމުގެ އެހީ ވެދީފިއްޔާ؟ އެއީ ނޫން ވާ ގޮތކީ. މިއުޅޭ ފިރިހެނުންނަށް ހަމަ ކިތަންމެ ރަނގަޅަށް ކަންތައް ކޮށްދިނަސް ދާނެ!

    16
    1
    • ޚކކކ

      ތީހަމަތެދެއް

      5
      1