ކޮވިޑް-19 ދުނިޔެއަށް ފެތުރި ދުނިޔެ ހުއްޓުމަކަށް އައުމުގެ މާކުރިން 2015 ވަނަ އަހަރު ބިލިއަނަރު ބިލް ގޭޓްސް ވަނީ ދުނިޔެއަށް ބޮޑު ބަލިމަޑުކަމެއް ކުރިމަތިވެދާނެ ކަމަށާއި އެފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ ފަސޭހައިން ބަލި ކޮންޓްރޯލް ކުރަން ދުނިޔެ ތައްޔާރު ނޫންކަމުގެ އިންޒާރު ދެއްވާފައެވެ. އަދި އަވަހަށް ބަލިމަޑުކަމަކަށް ތައްޔާރުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ވެސް އޭނާ އޭރު ގޮވާލެއްވިއެވެ.

ބިލް ގޭޓްސްގެ ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ނުދީތިއްބާ ކޮވިޑް-19 ކުރިމަތިވެ ފާއިތުވި ގަރުނެއް ތެރޭގައި ދުނިޔެ އާއި ކުރިމަތިވި އެންމެ ބޮޑު ބަލިމަޑުކަމާއި މިވަނީ ކުރިމަތިވެފައެވެ.

ކޮންމެއަކަސް މިހާރު ކޮވިޑް-19 އިން ސަލާމަތް ވުމުގެ ކޮޅުމަތި ފެންނަން ފަށައިފިއެވެ. ވެކްސިނެއް ލިބި ކުރިއަށް އޮތް ހައެއްކަ މަސް ދުވަހުގެ ތެރޭގައި ބަލި ކޮންޓްރޯލް ކުރެވޭވަރު ވާނެ ކަމަށް ބެލެވެން ފަށައިފިއެވެ. އެހެންކަމުން ދެން އޮތީ ކުރިއަށް އޮތް ދުވަސްތަކަށް ވިސްނުމެވެ.

"އާސްކް ބިގް ކްއެސްޝަން" ގައި ވާހަކަދައްކަމުން ބިލް ގޭޓްސް މިވަނީ ދެން ދުނިޔެ އަށް ބޮޑު ބަލިމަޑުކަމެއް އަންނާނެ ކަމަށް ލަފާކުރެވޭ ދުވަސް ހާމަކޮށްފައެވެ. އޭނާ ވިދާޅުވާ ގޮތުގައި ކުރިއަށް އޮތް 15 ނުވަތަ 20 އަހަރު ތެރޭގައި އަނެއްކާވެސް މިފަދަ ބަލިމަޑުކަމެއް ދުނިޔެ އާއި ކުރިމަތިވެދާނެއެވެ.

"ކޮވިޑް-19 އިން އަހަރެމެން ކަންކަން ދަސްކުރަން އެބަޖެހޭ. އަދި ކުރިއަށް އޮތްތަނުގައި މިފަދަ ކަމެއް ކުރިމަތިވުމުން މިހާރު ދަސްވި ކަންކަމުން ފިޔަވަޅުތައް އަޅަން ޖެހޭނެ." ބިލް ގޭޓްސް ވިދާޅުވިއެވެ.

ކޮވިޑް-19 އާއިއެކު އެތައް ކަމެއް ދުނިޔެއަށް ދަސްވެއްޖެއެވެ. ނަމަވެސް ސުވާލަކީ ދަސްވި އެއްޗެއްގެ ބޭނުން ދެން މިފަދަ ކާރިސާއެއް ކުރިމަތިވުމުން ބޭނުން ކުރެވޭނެ ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ހަސަނު

  އެންމެމުއްސަނދި އެމެރި ކާއާ ޔޫރަޕުން ވ ގިނަބަޔަކަށް ބަލި ޖެހި މަރުވީމާ ކަމެއް ހާމަވޭ.

  34
  6
 2. އަރީ

  އިންޝާ ﷲ ކަލޭކަހަލަ ޖާހިލުން ކުރިއަށް އޮތް 15 20 އަހަރުތެރޭ ނެތި ކުރައްވަވާށި

  56
  33
  • ހުސޭނުބޭ

   އާމީން

   19
   4
  • Anonymous

   ތިހެން ނުބުނެ އޭނާއަށް އިސްލާމްދީނުގެ ހިދާޔަތު ދެއްވުމަށް އެދުނު ނަމަ!.... ތިބާއަށް ހެޔޮ ވިސްނުން ދެއްވާށި.

   42
   3
   • އަރީ

    ކަލޯ އޭނަޔައް ތިޔަހެން ދުއާކޮއްބަލަ.

    8
    2
  • ގެރި ބުއްޅަ

   އާމީން މިފަދަ ދައްޖާލުން ހަލާކުކުރައްވާށި އާމީން

   10
   5
 3. އަންނޯން

  ޔައުނީ ބިލްގޭޓްގެ އެބައިނޭ ޕުލޭންއެއް

  8
  1
 4. ކެޔޮޅު

  އެއީ ބޮޑުދޮވުވެރިއެއް ޖާހިލެއް ކަލެއައް ހަލާކުހުރި!

  15
  4
 5. ލލ

  ބަލިމަޑުކަމުން ވެސް އެންމެ ބޮޑު ފައިދާ ނެގީ ތިބޭފުޅާ ނުންތޯ އެކަމަކު ތިބޭފުޅާ ހެދިގެން އުޅެނީ އިންސާނީ އެހީތެރިއެއްގެ ގޮތުގައި ކޮބައިތޯ ތިބޭފުޅާގެ އިންސާނީ އެހީތެރިކަން މި ބަލި މަޑުކަމުގައި އިންސާނުން ބަޑަށް ޖެހިފައިވާ މިދަޑި ވަޅުގައި ތިބޭފުޅާގެ އެހީތެރިކަން ނުފެނޭ ނުންތޯ ؟

  12
  5
 6. ދަރުމަވެރިޔާ

  ބަލާ އާއި މުސީބާތަށް އެދި ނުވަތަ ލަފާކޮށް ގޮވާ މީހުންނަކީ ހެޔޮ ވިސްނާ ބައެއްނޫން. الله ދެއްކެވި ދީނަށް އެބަހީ އިސްލާމް ދީނަށް އެންމެން ވަދޭ އަދި الله އަށް އަޅުކަން ކުރޭ. ހުރިހާ މުސީބާތަކުން ސަލާމަތް ކުރެއްވުމަށް ދުޢާކުރޭ.

  11
  3
 7. ޖުހާ

  ބިލްގޭޓް ގެ އަމިއްލަ ވައިރަހެއް ފެތުރޭނޭ ދުވަހަކު ދެން ބަލިމަޑުކަމެއް އަނާނީދޯ

  14
  5
 8. އަޙްމަދް

  ކޮވިޑް-19 ޕެންޑަމިކް އަކީ މަކަރާއި ހީލަތްތެރިކަމާއެކު ޓެސްޓު ކިޓުން އުފައްދާފައިވާ "ދޮގުވެރި" ޕެންޑަމިކެއް - 500 އަށް ވުރެ ގިނަ މެޑިކަލް ޑޮކްޓަރުން

  3
  1
 9. Anonymous

  ދައްޖާލު
  ވެކްސިން ވިއްކައިގެން ލާރި ގަނޑު ކާލަން

  3
  1
 10. ޙަރާމް

  މީ ކޮން ދައްނަ ބޭކަލެއްތަ؟ ާ ކަލޭމެން ކަހަލަ ތާގޫތުންނަށްތަ އިގެނީ ވާނެ ގޮތަކާ ނުވާނެ ގޮތެއް .. އަހަ ރުމެން އިންސާނުން އަތުގަ ތަ އޮންނަނީ ވާނެ ްް ގޮއްތަ؟؟ ބަލި މަޑު ކަމެއް ަ އަންނަން އުޅުނަސް އަހަ ރުމެންނަކަށް ވަހީ އެއް ނުބާވާލައްވާނެ... އެއީ ﷲ ސުބްހާނަހޫ ވަތައާލާ އަހަ ރުމެންނަށް ކު ރައްވާ އިމްތިހާނެއް.. އެކަމެއް ވާން އުޅޭ ވަގުތަކާ މުސީބާތެއް އަންނަން އުޅުނަސް ﷲ ސުބްހާނަހޫ ވަތައާލާ ދެނެވޮޑިގެންވާނީ... އިތު ރަށް މު ރުތަށްދު ނުވެބަލަ ތާގޫގުންނޭ.....

  4
  1
 11. އަޙްމަދް

  ދުނިޔެއަށް ޖެހިފައިހުރި ބޮޑު ބަލާވެރިކަމެއް ކަލޭތީ.

  3
  1
 12. ނަހޫ

  2000 ވަނަ އަހަރު ފެށެން އުޅުން އިރުވެސްކި [ވައި 2 ކޭ] ވައިރަސްގެ ވާހަކަވެސް. އޭގެ 20 އަހަރު ފަހުން މިއޮތީ ވައި 2 ކޭ ގެ ކޮވިޑް 19 ނަުވަތަ ކޮރޯނާ ވައިރަސް މުޅި ދުނިޔެއަށް ފެތުރި ބަލިމަޑު ކަމެއްގަ.

  3
  1