ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު އެންމެ ގިނަ ދުވަސް ވަންދެން ދެމެހެއްޓި ބިލިއަނަރު ބިލް ގޭޓްސް އަށް ކާފަދަރިއަކު ލިބިއްޖެއެވެ. ބިލް ގޭޓްސް އާއި އޭނާގެ ކުރީގެ އަނބިމީހާ މެލިންޑާ ގޭޓްސްގެ އެންމެ ދޮށީ ދަރިފުޅު ކަމަށްވާ ޖެނިފާ ގޭޓްސް އަށް ކުއްޖަކު ލިބުނުކަން މިހާރު ވަނީ އިއުލާން ކޮށްފައެވެ.

ޖެނިފާ އާއި އޭނާގެ ފިރިމީހާ ނަޔެލް ނައްސަރު އަށް ލިބުނު ކުއްޖާގެ ފައި ފެންނަ ފޮޓޯއެއް އާއްމުކޮށް ޖެނިފާ ވަނީ ދަރިފުޅު ވެސް ހިމެނޭހެން އާއިލާ އިން ލޯބީގެ ހެޔޮ އެދުންތައް ފޮނުވާކަމަށް ބުނެފައެވެ. ދަރިފުޅުގެ ނަން އަދި އިއުލާން ކޮށްފައެއް ނުވެއެވެ.

 

View this post on Instagram

 

A post shared by Jennifer Gates (@jenniferkgates)

ޖެނިފާ އަކީ ޑޮކްޓަރެކެވެ. އޭނާ މިހާރު ގެންދަނީ ޕަބްލިކް ހެލްތުގެ ދާއިރާ އިން މާސްޓާސް ހާސިލް ކުރަމުންނެވެ. ޖެނިފާގެ ފިރިމީހާ ނަޔެލް އަކީ ޕްރޮފެޝަނަލް އަސްދުއްވުންތެރިއެކެވެ. ޖެނިފާ އަކީ ވެސް ހުސްވަގުތުތަކުގައި އަސް ދުއްވުމަށް ވަރަށް ލޯބިކުރާ މީހެކެވެ.

ޖެނިފާ އާއި ނަޔެލް ބައްދަލުވީ ދެމީހުން ސްޓެންފޯޑް ޔުނިވަސިޓީގައި ތައުލީމް ހާސިލް ކުރަމުން ދިޔަ ދުވަސްވަރު އެވެ. ދެމީހުން ޑޭޓް ކުރަން ފެށީ 2017 ވަނަ އަހަރު އެވެ. ދެމީހުން ކައިވެނި ކުރީ 2021 ވަނަ އަހަރު އެވެ. އަލަތު ދަރިފުޅަށް ޖެނިފާ ބަލިވެއިންކަން އިއުލާން ކުރީ 2022 ވަނަ އަހަރުގެ ނޮވެމްބަރ މަހު އެވެ.

މެލިންޑާ އޭރު ބުނީ މާމަ ދަރިފުޅު ދެކިލުމަށް ކެތްމަދުވެފައި ހުރި ކަމަށާއި، ޖެނިފާގެ ދެމަފިރިން މައިންބަފައިންނަށް ވުމަކީ ލިބޭނެ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ބިލް ގޭޓްސް އާއި މެލިންޑާ ފުރަތަމަ ފަހަރަށް ކާފަ އާއި މާމައަށް ވާއިރު 30 ވަރަކަށް އަހަރު ވާން ކައިރިވެފައި ވަނިކޮށް ދެމަފިރިން ވަނީ 2021 ވަނަ އަހަރުގެ މެއި މަހު ވަރިވެފައެވެ. ނަމަވެސް އަދިވެސް ދެމީހުން ގިނަ ކަންކަމުގައި މަޝްވަރާކޮށް، އެކުވެރިންގެ ގޮތުގައި ތިބި ކަމަށް އެމީހުން ބުނެއެވެ.